ފަލަ ސުރުހީ

  • ރާއްޖޭގެ ނަން ވަނީ ކިނލަބުވެފައި
  • ރައީސް ޔާމިނަށް ރައްޔިތުން ފުރުސަތެއް ނުދޭނެ
  • ރައީސް ނަޝީދަށް ފުރުސަތުދޭނީ ރައްޔިތުން
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރާއްޖޭގެ ނަން ވަނީ ކިނލަބުވެފައި

މި ސަރުކާރުގެ ދީނީ ސިޔާސަތު އެނގޭ އާ އަހަރުގެ ޝޯއިން. ރައީސް ޔާމިންގެ ތަޖުރިބާ މިހާރު ރައްޔިތުން ބޭނުމެއް ނުވޭ.

މި ސަރުކާރުގެ ފޮރިން ޕޮލިސީއަކީ ވައްކަމުގެ ފޮތުން ނެރިފައި އޮތް ޕޮލިސީއެއް. ހަމައާ އުސޫލެއް ނެތް އުސޫލު ގެންގުޅޭނަމަ ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިނލަބުވާނެ. މިހާރު މި ފެންނަނީ އެތަން. ގަތަރާ ގުޅުން ކަނޑާލިއިރު ފޮރިން މިނިސްޓްރީއަށްވެސް ނޭނގެ. ރާއްޖެގެ އަގެއް ނެތް.

2 ޖެނުއަރީ 2018 | އަންގާރަ 22:18
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ޔާމިނަށް ރައްޔިތުން ފުރުސަތެއް ނުދޭނެ

މި ސަރުކާރު ބަލިވާނެކަމުގެ އިޝާރާތްތައް ވަނީ ލިބިފައި. އިދިކޮޅު ކޯލިޝަން ނުރޫޅި އޮތުމުގެ އެއް ސަބަބަކީ ސިޔާސީ ތަސައްވަރު ފުދޭކަމުގެ ހެއްކެތް. އެއީ ސިޔާސީ ލީޑަރުން ރައްޔިތުންގެ ބަސް ގަބޫލު ކުރަން ފެށިކަމުގެ ހެއްކެތް. މި ސަރުކާރުގައި ކޮރަޕްޝަނުގައި މިނެއް ނެތްވަރު އެނގި، ކޯލިޝަން އޮތީ ސަރުކާރު ބަދަލު ކުރަން ބޭނުންވެފައި އޮތްކަން އެނގޭ ކޯލިޝަން ނުރޫޅި އޮތުން.

އެމްޑީޕީގައި ހޭދަކުރަމުންދާ ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް. އެމްޑީޕީއާ ގުޅުނީ ޑީއާރުޕީ ރައީސް އަބްދުﷲ ޔާމިން ދަމައިގަންނަވަން މަސައްކަތްކުރައްވަން ފެއްޓެވީމަ. އެމްޑީޕީއާ ގުޅިއްޖެ ނަމަ ސިޔާސީ ހަޔާތް ނިމެނޭ ކަމަށް ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވި. އެންމެ ރަނގަޅު މަސައްކަތެއް ކުރެވޭނެ ޕާޓީއަކީ އެމްޑީޕީ. އެއްވެސް ފަހަރަކު ހިތަކަށްނާރާ ޕީޕީއެމްއާ ގުޅެވުނު ނަމަ އޭ. ޕީޕީއެމްއަކީ ފިތުނައިގެ ޕާޓީއެއް. ރައީސް ޔާމިންގެ ވިސްނުންފުޅަކީ އަޅުގަނޑު ތާއީދުކުރާނެ ފިކުރެއްނޫން.  

ރައްޔިތުންގެ މަޖިލީސް ހިންގަނީ ވަގުތީ ގަވައިދަކަށް. ރައްޔިތުންގެ މަޖިލީހުގެ 14 މެމްބަރުންގެ އަޑު އިއްވުނަ ނުދީ އަބްދުﷲ މަސީހް އެ މަސައްކަތް ކުރައްވަނީ. ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ދުވަސް ވަންދެން މަސައްކަތް ކުރެއްވިއިރު މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ގަދަކަމުން ނެރުއްވި. މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް ކިޔަންވީ އެހެން ނަމެއް.

އަޅުގަނޑުމެން އެންމެ މި ތިބީ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ހޯދަދޭން. ރައީސް ޔާމިނަށް ހީފުޅުވަނީ ރައީސް ނަޝީދަށް އެ ޓިކެޓްގައި ލިބިދާނެ ކަމަށް. އެހެންވެ އަޅުގަނޑުމެންގެ ތެރެ ރޫޅާލުމަށް މަސައްކަތްކުރަނީ. އަޅުގަނޑަކީ މިހާރުވެސް ޝަރީއަތަށް ދަމާ މީހެއް. ދެން ޖެހޭނީ ޖަލަށްލާން. ރައީސް ޔާމިން އުއްމީދު ނުކުރައްވާތި 2018ގެ ނޮވެމްބަރު 11ގެ ފަހުން ރިޔާސީ ގޮނޑީގައި އިންނެވުމަށް.

2 ޖެނުއަރީ 2018 | އަންގާރަ 22:11
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ނަޝީދަށް ފުރުސަތުދޭނީ ރައްޔިތުން

ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދޭނީ ދިވެހި ރައްޔިތުން. ރައީސް ނަޝީދަކީ ފްލެޓް ދޮންބެ. މި ސަރުކާރަކަށް ރައްޔިތުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދޭން. ރައީސް ޔާމިނަކަށް ފުރުސަތުދޭން  ރައްޔިތުން ބޭނުމެއް ނުވޭ. ސަރުކާރުން ބުނި ފަދައިން އެއްލައްކަ ވަޒީފާ އުފެދިފައި ނެތް. ކޮންމެ އާއިލާއަކަށް ދޭން ބުނި ޑޮކްޓަރު ނުދޭ. ރިސޯޓް ހިއްސާ ނުލިބޭ. ރައީސް ނަޝީދު ބޮޑު ތަނުން ރައްޔިތުން އާ އެކޭ ބުނާނެ.

2 ޖެނުއަރީ 2018 | އަންގާރަ 21:50
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އަޅުގަނޑުމެންގެ ބަދަހި، ރައީސް ނަޝީދު ވާދަ ކުރައްވާނެ

އަޅުގަނޑުމެންކުރަމުންދާ މަސައްކަތުގައި ސާބިތުވެ ތިބެން ޖެހޭނެ. މި ގުޅުން ރޫޅާލުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާނެ. އަޅުގަނޑުމެން ޕާޓީ މި ތިބީ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި.

ރައީސް ނަޝީދުގެ ކެންޑިޑެންސީ ޔަގީންކަން ލިބެން ފެށީމަ މި ގުޅުން ރޫޅާލުމަށް ބަޔަކު މަސައްކަތްކުރޭ. އަޅުގަނޑަށް ސައްތައިން ސައްތަ ޔަގީންކަން އޮވޭ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު އޮންނާނެ.  

2 ޖެނުއަރީ 2018 | އަންގާރަ 21:39