ފަލަސުރުހީ: ގއ. އަތޮޅު ކައުންސިލަރުން ސަސްޕެންޑްކުރުން

  • ކައުންސިލުތަކުގެ އިހުސާސް
  • ޗައިނާ ސަފީރުން
  • ގއ. އަތޮޅު
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކައުންސިލުތަކުގެ އިހުސާސް

ގއ. އަތޮޅު ކައުންސިލް މެމްބަރު ހުސެއިން އާދަމް: ސާކިއުލަރ ނެރުއްވިއިރު އަޅުގަނޑުމެންގެ ބަހެއްވެސް ނުނަންގަވާ. އަޅުގަނޑުމެންނަކީ ސަރުކާރާއި ބައްދަލުކުރަން އެދި ބައިވަރު ސިޓީތައްވެސް ފޮނުއްވިން. އެއްވެސް ރަށަކަށް ވަޑައިގެން ރައީސް ޔާމީން އެ ރަށެއްގެ ކައުންސިލަކާއި ބައްދަލެއް ނުކުރައްވާ. ރައީސް އުޅުއްވަނީ ކައުންސިލުތަކާއި ވަރަށް އެކަހެރިވެވަޑައިގެން. ކޮންމެ ޓައީއެއް އަޅައިގެން ތިއްބެވިޔަސް ކައުންސިލަރުން ރައީސް އާއި ބައްދަލުކުރައްވާނެކަން ޔަގީން. އެލްޖީއޭ އިން އަޅުގަނޑުމެންގެ ހާލުތައް ނުބައްލަވާ، ބައްލަވައިފިނަމަ ކައުންސިލުތަކުގެ ހާލު އިނގިލައްވާނެ.

27 ޑިސެންބަރ 2017 | ބުދަ 21:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޗައިނާ ސަފީރުން

ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު: މިހާރުވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް ޗައިނާ ސަފީރުންނާއިވެސް ބައްދަލުކުރެއްވުމަށް. ހޯމް މިނިސްޓަރު އަރިހުން އެދެން އެކަމުގެ އިންތިޒާމުތައްވެސް ހަމަޖައްސަވައިދެއްވުމަށް.

27 ޑިސެންބަރ 2017 | ބުދަ 21:36
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ގއ. އަތޮޅު

ގއ. އަތޮޅު ކައުންސިލް މެމްބަރު ހުސެއިން އާދަމް: އަޅުގަނޑުމެން މިތިބީ ގއ އަތޮޅަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް އުފަލާއިއެކީ މަރުހަބާ ކިޔަން.

27 ޑިސެންބަރ 2017 | ބުދަ 21:35
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަފީރު އާއި ބައްދަލުކުރެއްވުން

ގއ. އަތޮޅު ކައުންސިލް މެމްބަރު ހުސެއިން އާދަމް: އަޅުގަނޑުމެންނަށް ފެނޭ ހޯމް މިނިސްޓަރުވެސް އިންޑިއާ ސަފީރު އާއި ބައްދަލުކުރައްވާ މަންޒަރު. އަޅުގަނޑުމެންނަށް ޔަގީން މިނިސްޓަރުވެސް ދައްކަވާނީ ދާހިލީ ކަންކަމުގެ ވާހަކަތައްކަން.

27 ޑިސެންބަރ 2017 | ބުދަ 21:33
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ: ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން ސަސްޕެންޑްކުރުން

 

27 ޑިސެންބަރ 2017 | ބުދަ 21:18