ފަލަ ސުރުހީ

  • އަބްދުﷲ ސައީދު ކުރައްވާފައިވާ ކަންކަން އެނގުމުން ހޮޑުލަވާ
  • އުއްތަމަ ފަނޑިޔާރުގެ ވާހަކަ ހުއްޓާނުލާ ދައްކާނަން
  • އުއްތަމަ ފަނޑިޔާރު ދެއްކެވީ ސިޔާސީ ވާހަކަފުޅުތަކެއް
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އަބްދުﷲ ސައީދު ކުރައްވާފައިވާ ކަންކަން އެނގުމުން ހޮޑުލަވާ

އިމްތިޔާޒް:- ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒަށް އެނގިވަޑައިނުގެން ކޯޓު އަމުރެއް މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ނެރުއްވި.

23 ޑިސެންބަރ 2017 | ހޮނިހިރު 22:17
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އުއްތަމަ ފަނޑިޔާރުގެ ވާހަކަ ހުއްޓާނުލާ ދައްކާނަން

މަހްފޫޒު ސައީދު:- ރައީސް ޔާމިން ވެރިކަމަށް ގެނައީ އުއްތަމަ ފަނޑިޔާރު. އުއްތަމަ ފަނޑިޔާރު ދެކިވަޑައިގަންނަވާ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާޏު ދެކިވަޑައިގަންވާގެން. އުއްތަމަ ފަނޑިޔާރަކަށް އަޅުގަނޑު މައިތިރިއެއް ނުކުރެވޭނެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަ ދައްކާނަން އެކަން ކަން ބަދަލުނުވާ ނަމަ.

23 ޑިސެންބަރ 2017 | ހޮނިހިރު 22:10
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އުއްތަމަ ފަނޑިޔާރު ދެއްކެވީ ސިޔާސީ ވާހަކަފުޅުތަކެއް

އިމްތިޔާޒް ފަހުމީ:- ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއްކަން ރައްޔިތުން ދައްކަން ޖެހޭ. ކާފަރު ގައުމެއްގައިވެސް ވަގަކަށް ވެރިކަމުގައި ނުހުރޭވޭ. އިސްލާމީ މި ގައުމުގައި އަދުލު އިންސާފު ނެތް ވާހަކަ އުއްތަމަ ފަނޑިޔާރު ދައްކަވަން ޖެހޭނީ. އުއްތަމަ ފަނޑިޔާރު ދެއްކެވީ އާންމު ރައްޔިތުންގެ ކަންބޮޑުވުމެއް ނެތް ވާހަކަތަކެއް. އުއްތަމަ ފަނޑިޔާރު ދައްކަވަން ޖެހޭނީ ރައްޔިތުންނާމެދު އަނިޔާވެރިވަމުންދާ ވާހަކަ. ރައީސް އަބްދުﷲ ޔާމިންގެ ސިޔާސީ އެޖެންޑާގެ ވާހަކައެއް ނޫން އުއްތަމަ ފަނޑިޔާރު ދައްކަވަން ޖެހޭނީ.

މަހްފޫޒު ސައީދު:- ސަރުކާރުން ކުޅޭ ދީނީ ކާޑު ނަންގަވައި، އުއްތަމަ ފަނޑިޔާރު ވަނީ ރައީސް ޔާމިނަކީ ދީނީ ވެރިއެއް ކަމަށް ދައްކަވާފައި. އެއްވެސް މީހަކަށް ހީވެގެން ނުވާނެ އުއްތަމަ ފަނޑިޔާރަކީ ރައީސް ޔާމިނަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަކަށް.

މަހްފޫޒު ސައީދު: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެކޭ ޅިމެކޭ އެއްވަރެއް. އުއްތަމަ ފަނޑިޔާރު ކުރައްވަން ވީ ކަމަކީ މަގާމުން އިސްތިއުފާ ދެއްވުން.

23 ޑިސެންބަރ 2017 | ހޮނިހިރު 22:02