ފަލަސުރުހީ

  • އެލްޖީއޭގެ ސާކިއުލާގެ ނަތީޖާ
  • ޑިޕްލޮމެޓުންނާ ބައްދަލުކުރަން ހުރަސް އެޅުން
  • ޑިޕްލޮމެޓުންގެ މަސައްކަތް
 
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
އެލްޖީއޭގެ ސާކިއުލާގެ ނަތީޖާ

މި ސާކިއުލާއިން ސަރުކާރަށް ލިބުނީ ބޮޅެއް. ދުނިޔޭގެ އެކި ނޫސްތަކަށް މިކަން އަރައިފ. ޗައިނާއެއް ނޫން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމެއް ނޫން. ރާއްޖެ ޗައިނާއަށް ބަރޯސާވެފައިވާ ކަމަށް ސިއްކަ ޖެހިގެންދާނެ. ރިޔާސީ އިންތިހާބު ނިމުމަށްފަހު ލާމަރުކަޒީ ނިޒާމު އަލުން އަނބުރާ އަންނާނެ. 

12 ޑިސެންބަރ 2017 | އަންގާރަ 22:07
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޑިޕްލޮމެޓުންނާ ބައްދަލުކުރަން ހުރަސް އެޅުން

މި ސާކިއުލާއާ ގުޅިގެން އެއްވެސް ބަޔަކު ބިރެއް ނުގަންނާނެ. މިއީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީން ބޭނުންވި ނަތީޖާ ނުނެރެވުމުން އެކަމަށް ބަދަލު ހިފުން. އެލްޖިއޭއަކީ އަދަބު ދޭ އިދާރާއެއް. މިފަހަކަށް އައިސް އެލްޖީއޭއިން ކުރަމުން އަންނަނީ ހުސް ފިޔަވަޅު އެޅުން. މެހެމާނުން ރަށަށް އައިމަ މެހެމާނުން ފަހައެއް ނުލާނެ. ދިވެހިންނަކީ ރަހުމަތްތެރި ބައެއް.

12 ޑިސެންބަރ 2017 | އަންގާރަ 22:05
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޑިޕްލޮމެޓުންގެ މަސައްކަތް

ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ބޭރުގެ ޑިޕްލޮމެޓުން ވަރަށް ބޮޑު ޝައުގެއް ހުރޭ. ލޯކަލް ގަވާނެންސް ވަނީ ވަރަަށް ބޮޑަށް ފުޅާވެގެން ގޮސްފައި. 

12 ޑިސެންބަރ 2017 | އަންގާރަ 22:00
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޗައިނާ ރާއްޖެ ގުޅުން

ޗައިނާއަށް ބަރޯސާވާ ގޮތަށް އެތަކެއް ކަމެއް ނިންމައިފި. ރާއްޖޭގެ ފޮރިން ޕޮލިސީއިން މި ފެންނަނީ ޗައިނާ އަތުގައި ހިފައިން ކުރިޔަށްދާ މަންޒަރު. 

12 ޑިސެންބަރ 2017 | އަންގާރަ 21:57
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޑިޕްލޮމެޓުންނާ ބައްދަލުކުރުން މަނާކުރުން

ޑިޕްލޮމެޓުންނާއި ބައްދަލުުކުރުން މަނާކުރަން އުޅެނީ އެމީހުން ކަމެއް ކޮށްދީފާނެތީ. ބޭނުންވަނީ ސަރުކާރުން ކޮށްދޭ ކަމެއް ނޫން އެހެން ކަމެއް ރަށްތަކަށް ނުކޮށްދޭން. މިފަދަ ކަންކަަމަކީ މުށުތެރެއަށް ހުރިހާ ކަމެއް ލުމަށް ކުރާ ކަންކަން 

12 ޑިސެންބަރ 2017 | އަންގާރަ 21:54
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ލާމަރުކަޒީ ނިޒާމު ފެއިލް ކޮށްލުން

މިއީ ހުދުމުހުތާރު ވެރިކަމެއް. މިހާރު އިންތިހާބެއް އަންނައިރަށް އިދިކޮޅު ފަރާތްތައް ބިޑި އަޅުވާ. ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް މަސައްކަތްތަކެއް ނުކުރޭ. މާރުކޭޓު ގޮޅި ވެސް ހިންގަނީ ސަރުކާރުން.  ގާޑިޔާވެސް ހިންގަނީ ސަރުކާރުން. 

12 ޑިސެންބަރ 2017 | އަންގާރަ 21:52
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޑިޕްލޮމެޓުންނާއި ކައުންސިލަރުން ބައްދަލުކުރުން

ރާއްޖޭގެ ފޮރިން ޕޮލިސީގެ މައުލޫމާތު އެއްވެސް މީހަކަށް ނޭނގޭ. ޑިޕްލޮމެޓުންނަކީ ހުރިހާ މީހުންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ބައެއް. ޑިޕްލޮމެޓުން ކައުންސިލްތަކާއި ބައްދަލުކުރަނީ ކައުންސިލްތަކަކީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ މީހުންނަށް ވާތީ. 

12 ޑިސެންބަރ 2017 | އަންގާރަ 21:48
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ލާމަރުކަޒީ ނިޒާމު ފެއިލްކޮށްލުން

ގާނޫނު އަސާސީއާ އެއްގޮތަށް އެއްވެސް ކަމެއް ނުހިނގާ. ލާމަރުކަޒީ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ވަރަކަށް ތާއިދު ކުރަށްވާ ނިޒާމެއް ނޫން.

12 ޑިސެންބަރ 2017 | އަންގާރަ 21:44
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ލާމަރުކަޒީ އުސޫލް

މާލެ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ވަނީ ނަގާފައި. ހުރިހާ ކަމެއް ނިންމަނީ މިނިސްޓްރީތަކުން. މިކަމުގެ ސަބަބުން އުފެދެނީ ހުސް ޝަކުވާ

12 ޑިސެންބަރ 2017 | އަންގާރަ 21:41
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ކައުންސިލްތަކާއި ސަރުކާރާއި އޮންނަ ގުޅުން

ސަރުކާރުން މަސައްކަތްކުރަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް. ރައްޔިތުންގެ އުއްމީދުތައް ފުނޑާލަނީ ކައުންސިލަރުންނެއް ނޫން، އެކަން ކުރަނީ ސަރުކާރުން. ހުރިހާ ބާރެއް އޮތީ ހޯމް މިނިސްޓަރީގެ ދަށުގައި. ކައުންސިލްތައް ހިނގަނީ ރައީސް ޔާމީން ބޭނުންވާ ގޮތަށް. ރާއްޖެ މި ދަތުރުކުރަނީ މަރުކަޒީ ނިޒާމަކަށް.

12 ޑިސެންބަރ 2017 | އަންގާރަ 21:39
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ކަައުންސިލްތަކާ ދެކޮޅަށް ނިންމާ ނިންމުންތައް

ކައުންސިލްތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދަނީ. މިއީ ޔުނިޓަރީ ދައުލަތެއްކަން ހުރިހާ ކައުންސިލްތަކަށް އެނގޭ. ކައުންސިލްތައް ހިނގަނީ ސަރުކާރު ހިނގާ ގޮތަކަށް ނޫން. 

12 ޑިސެންބަރ 2017 | އަންގާރަ 21:33
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
އެލްޖީއޭއިން ނެރުއްވި ސާކިއުލާ

މި ސާކިއުލާއަކީ އެލްޖީއޭއިން ނެރުއްވި ސާކިއުލާއެއް ނޫން. މިއީ ހޯމް މިނިސްޓްރީގެ ނިންމެވުމެއް. 

12 ޑިސެންބަރ 2017 | އަންގާރަ 21:30