ފ.މަގޫދޫގައި ބާއްވާ ޖަލްސާ

  • އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
  • ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
  • އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

ޝިފާޒް:- މި ސަރުކާރުގައި ވައްކަމާ ކޮރަޕްޝަނާއި ނުލައި އެއްވެސް ކަމެއް ކޮށްފައި ނެތް. މިވެރިކަމުގެ ކޮށްފައިވާ ވައްކަމުގެ ވާހަކަތައް ދައްކާނަން. ރައީސް ނަޝީދު ވެރިކަމުގައި ވައްކަން ކޮށްފައި އޮތް ނަމަ އެކަން ދެއްކުނީސް. އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ކަންކަމުގައި ވައްކަމެއް ނެތް. ދަތުރުފަތުރުގެ ނިޒާމުން ގުޅާލިއިރު އެކަމުގައިވެސް ނެތް ވައްކަމެއް. ލޯނު ނެގުން ނޫން ކަމެއް ރައީސް ޔާމިން ނުކުރައްވާ. އަޅުގަނޑުމެން ނެރޭނީ އެއް ކެންޑިޑޭޓެއް. އެކަމަށް ރައީސް ނަޝީދު އެވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ

މިރޭ ބޭއްވި ޖަލްސާ ނިންމާލައިފި

 

8 ޑިސެންބަރ 2017 | ހުކުރު 23:34
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މެމްބަރު ނާޒިމް:- އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރައީސް ޔާމިން ބަލިކުރެވޭނެ ކެންޑިޑޭޓެއް ނެރުމަށް. އެ ފަދަ ބޭފުޅެއް އެބަ ފެނޭ. ރައީސް ނަޝީދު ވެރިކަމަށް ކުރިމަތިލައްވައިގެން ރައީސް ޔާމިން ބަލިކުރާނެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރެއް 2018ގެ ނޮވެމްބަރު މަހުގެ ރައީސް ކަމުގެ ހުވާ ކުރައްވާނެ.

8 ޑިސެންބަރ 2017 | ހުކުރު 23:20
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު

އަލީ ޒާހިރު:- މިއަދު ހަވީރު ބިލެތްދޫގައި ކުއްލި ގޮތަކަށް ނިޔާވި އިބްރާހިމް ނާހިދުގެ މަރާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މީހުން ދައްކާ ހަގީގަތާ ހިލާފު ވާހަކަ ހުއްޓާލުމަށް ގޮވާލަން.

އަލީ ޒާހިރު:- ފެންނަނީ ރާއްޖެއިން ބޭރުގައި ރާއްޖެ ވިއްކުމަށް ސަރުކާރުން މަސައްކަތްކުރާތަން. މިއަދު އެ ކުރާ މަސައްކަތަކީ ގައުމުގެ އިސްތިގުލާލު ވިއްކާލުން. މި ކަން ހުއްޓުވުމަށް އެންމެ މުހިންމު ބަޔަކީ ރައްޔިތުން. ރައްޔިތުންގެ ބަސް ބުނުމަށް ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަނީ ހުރަސްއަޅާފައި. ރައްޔިތުންގެ މަޖިލިސްވަނީ ހައިޖެކްކޮށް މަޖިލީހުގެ މަސައްކަތްތައްވެސް ހުއްޓުވާފައި. ގައުމަށް ހިޔާނަތްތެރިވަމުންދާއިރު ފުލުހުންނާއި ސިފައިންނަށް އެމަންޒަރު ފެންނަ ކަމަކަށް ނުހަދާ. ގުޅިފައިވާ ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތްނުކުރެވޭ ހާލަތެއް އަޔަސް ރައީސް ޔާމިންގެ ވެރިކަން ބަދަލުވާނެ. އަޅުގަނޑުމެން އުއްމީދު ކުރަނީ މި ހުދުމުހްތާރު ވެރިކަން ނިމުމަކަށް ގެނައުމަށް އިތުރަށް މަސައްކަތް ކުރެވިގެން ދިއުން.

8 ޑިސެންބަރ 2017 | ހުކުރު 23:12
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފު

މެމްބަރު އަރީފު:- މި ސަރުކާރުން ދަނީ ޓެކްސްތަކުގެ ނަމުގައި ރައްޔިތުންގެ އަތުން ފޭރެމުން. އެދެނީ ރައީސް ޔާމިނަށް އިތުރު ފުރުސަތެއް ނުދިނުން. ތަރައްގީއަކީ ވައްކަން ކުރުމެއް ނޫން.

8 ޑިސެންބަރ 2017 | ހުކުރު 23:01
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

މެމްބަރު އަސްލަމް:- މަގޫދޫ އަކީ ފިސާރަ ހިތްވަރު ގަދަ ރަށެއް. އިވެނީ މި ސަރުކާރުން އަބަދުވެސް ކޮންމެވެސް ތަނެއް ވިއްކުމުގެ ވާހަކަ. ފ.އަތޮޅު ވިއްކުމުގެ މަސައްކަތުގެ ވޭތުވި އަހަރުދުވަސް ނިމިގެން ދިޔައީ. މިހާރު މި ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެ ވިއްކާލުމަށް. އެމްޑީޕީ ސަރުކާރުގައި މިނިވަން ކަމާއެކު އުޅެވިދާނެ ކަމަށް އުއްމީދު ކުރެވުނު. އެކަމު އެ ނަސީބު ނުލިބުނު.

އަސްލަމް:- މިނިވަން ތަންތަނުގެ މިނިވަންކަން އެވަނީ ނަގާލާފައި. ފުލުހުންގެ މަދު ބަޔަކު ބޭނުން ކޮށްގެން ޖަރީމާތައް ހިންގަނީ. ފުލުހުންނާއި ސިފައިން ބޭނުން ނުކުރޭ. ކޯޓުތަކުގެ އިންސާފެއް ނެތް. ރައްޔިތުންގެ މަޖިލީގެ މަސައްކަތް ނުކުރޭ. ރައީސް ޔާމިން ވެރިކަން ބަދަލުކުރުމަކީ ގައުމީ ވާޖިބެއް.

8 ޑިސެންބަރ 2017 | ހުކުރު 22:52
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އަމީތު:- މިހާރުގެ ވަޒީރުންނަށް ބޭރުގެ ގައުމަކުންވެސް ހިމާޔަތައް ނުދޭން. ރައީސް ނަޝީދަށް ދެއްވި ފަދަ ސިޔާސީ ހިމާޔަތެއް މިހާރުގެ ވަޒީރުންނަށް ނުދޭނެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ލަދު ގަންނަން ޖެހޭނެ ރައީސް ޔާމިންގެ ދެމަފިރިކަނބަލުންނަށް މަސައްކަތްކޮށްދޭން ތިބެން. ފ.އަތޮޅުގައި ރައީސް ނަޝީދަށް، ރައީސް މައުމޫނަށް، ގާސިމް އިބްރާހިމަށް އިންތިހާއަށް ތާއިދު އޮތްކަން ރައީސް ޔާމިން ދަންނަން ޖެހޭ. ރައީސް ޔާމިނަށް މިއަތޮޅުން ދެދުންކުރަންވީ ސުންޕަސެންޓްގެ ތާއީދު.

8 ޑިސެންބަރ 2017 | ހުކުރު 22:43
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

މެމްބަރު އަމީތު:- ރައީސް ޔާމިން ހީފުޅުކުރެއްވީ 15 ބިލިއަނުގެ ޑޮލަރުގެ ހުވަފެން ދައްކައިގެން ފ.އަތޮޅު ވިއްކާލެވޭނެ ކަމަށް. އެހެން ނަމަވެސް ފ.އަތޮޅު ރައްޔިތުން ހިތްވަރު ދައްކާލާފައިވަނީ. އަނެއްކާވެސް މި އޮތީ އެ މަސައްކަތް ކުރާން ޖެހިފައި. ރައީސް ޔާމިނަށް ތާއީދެއް ނެތް. މިއަދު އެ ކުރައްވާ މަސައްކަތަކީ ބޭރުގެ ނުފޫޒުގެ ދަށަށް ރާއްޖެ ދޫކޮށްލުން. އެއީ ވޯރާވިޔަފާރިވެރިން އަނބުރާ ގެނައުން ގެނައުން ކަހަލަ ކަމެއް. ނުރައްކާތެރި އެއްބަސްވުންތަކުގައި ސޮއި ކުރަނީ ރައީސް ޔާމިނަށް ތާއީދު ނެތީމަ. ފ.އަތޮޅުގެ ރައްޔިތުން ދެއްކި މިސާލު ނަގައިގެން މި ތިބީ އެކަމާ ދެކޮޅަށް.

8 ޑިސެންބަރ 2017 | ހުކުރު 22:38
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ

އަބްދުލް ގަފޫރު މޫސާ:- ރާއްޖޭގައި އޮތީ ވައްކަން. މި ސަރުކާރުގެ ނެތް ގައުމު ތަރައްގީކުރެވޭނެ ބައެއް. ރާއްޖޭގެ އިގުތިސާދު ރަނގަޅެއް ނެތް. ރާއްޖޭގައި 94000 ވަޒީފާ އުފެއްދިފައިނެތް. މި ގައުމުގެ ދަރަނި ހުރީ 200 މިލިއަން ރުފިޔާއަށްވުރެ މަތީގައި. ރައްޔިތުންނަށް އިނގޭ ރެއާދުވާލު ކުރަނީ ވައްކަން ކަން. ވައްކަން ކޮށްގެން ހޯދާފައި ހުރި ތަންތަން އަނބުރާ ދައުލަތައް ނަގާނަން. ރައްޔިތުންނަށް ދެނީ އަނިޔާ.

8 ޑިސެންބަރ 2017 | ހުކުރު 22:32
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ޝިދާތާ ޝަރީފު

 

ޝިދާތާ ޝަރީފު:- ރާއްޖެއާ ޗައިނާ އާ މެދުމެދު ސޮއި ކުރެވުނު އެއްބަސްވުމަކީ ރައްޔިތުން ލޯހުޅުވަން ޖެހޭ މައްސަލައެއް. ގައުމުން އެއްވެސް އިންޗިއެއް އެހެން ގައުމަކަށްދޭން އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެއީ ބޭރުގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ދެކޮޅު ހެދުން. ދުނިޔޭގެ ގައުމެއް ނުހުންނާނެ ރާއްޖެހާ ގައުމުގެ ކަންކަން ދެނެތިބި ބައެއް. ރަށްރަށުގަ އާއި ރާއްޖޭގެ އެކި ހިސާބުން ފެންނަނީ ތަރައްގީގެ ނަމުގައި ވައްކަން ކުރާ މަންޒަރު. ރައީސް ޔާމިންގެ ވިސްނުމާ އަރާރުންވާ ކޮންމެ މީހަކަށްވެސް މި ސަރުކާރުން އަނިޔާދޭ.  

8 ޑިސެންބަރ 2017 | ހުކުރު 22:20
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ތިމަރަފުށީ މުސްތަފާ:- އަޅުގަނޑު ނަމޫނާއަކަށް ބަލައިގެން އެހެން ރަށްތަކުން މެމްބަރުން އިންތިހާބުކުރީ. އެކަމު އެމީހުން ކުރި އުއްމީދު ދިޔައީ ފަނޑުފުލުން. މި ދާއިރާގެ މެމްބަރު ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކުރޭ. ރައީސް ޔާމިނަށް ރައްޔިތުންގެ ތާއީދެއް ނެތް. ރައްޔިތުން ދުއާ ކުރަންވީ މި ވެރިކަމުން ސަލާމަތްވޭތޯ. ސަރުކާރުން ބޭނުންވި ގޮތައް ވޯޓުދީފައިވާނީ ރަށަށް ކަމެއް ކޮށްދޭތޯ.

ރާއްޖޭގެ ކަނޑުތައްވެސް ވިއްކާލައިފި. ރައީސް ޔާމިން ވެރިކަން ނިމޭއިރު އެއްވެސް ފަޅެއް ނޯންނާނެ. ޗައިނާގެ އަޅުވެތިކަމަށް ދާން ދިވެހިން ބޭނުމެއް ނުވޭ. ރައީސް ޔާމިނަށް  ތާއީދުކުރާނީ ކޮރަޕްޓް މީހުން.

8 ޑިސެންބަރ 2017 | ހުކުރު 22:11
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

އަލީ ނިޒާރު :- ރައީސް ޔާމިނަށް ތާއީދެއް ނެތް. މި ހަގީގަތް އެންމެން ގަބޫލުކުރޭ.ރައީސް ޔާމިންގެ އަތޮޅު ތެރެ ތަރައްގީ ކުރުމުގެ ވިސްނުމެއް ނެތް. އެމްޑީޕީގެ ތިން އަހަރު ވެރިކަން ކުރަން ޖެހުނީ މުސީބާތެއްގެ ތެރޭގައި. ފަސޭހައިންނެއް ނޫން ރައީސް ޔާމިން. ރައީސް ޔާމިންގެ ވެރިކަން ނިމެނޭ.

ޖުމްހޫރީ ޕާޓީ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން.

މިހާރު ޑިކްޓޭޓަރޝިޕް ދުނިޔޭގައި މަސައްކަތްކުރަނީ ކުރިން މަސައްކަތްކުރި ގޮތަކަށްނޫން. މިއަދުގެ ޑިކްޓޭޓަރުންނަކީ ހުނަރުވެރި ބައެއް. އެމީހުންގެ މައްޗަށް ގަދަވާން ބޭނުން ނަމަ ޖެހޭނީ އެމީހުނަށްވުރެ ހުނަރުވެރިވާން. އަޅުގަނޑުމެން ރިޔާސީ ކެންޑިޑޭޓަކު ދައްކާނަން. އިރާދަ ކުރެއްވިއްޔާ ދެން އިންތިހާބުވާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތާއިދުކުރާ ކެންޑިޑޭޓެއް.

8 ޑިސެންބަރ 2017 | ހުކުރު 21:59
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މަގޫދޫގައި ކުރިއަށްދާ ޖަލްސާ

މަގޫދޫގައި ބާއްވާ ޖަލްސާ

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފ.މަގޫދޫގައި ބާއްވާ ޖަލްސާ ފެށިއްޖެ އެވެ. މި ޖަލްސާގައި ސަރުކާރާ ދެކޮޅު ގިނަ އަދަދެއްގެ މީހުން ބައިވެރިވެ އެވެ. މި ޖަލަސާގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ އިސްވެރިން ބައިވެރިވެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަ އެވެ. މަގޫދޫގައި ބާއްވާ މި ޖަލްސާއަށް މި އަތޮޅުގެ ކައިރި ރަށްތަކުން މީހުން ބައިވެރިވެ އެވެ.

 

މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އިސް ބޭފުޅުން:-

  • އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު
  • ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން
  • އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
  • އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު
  • އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
  • ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް
8 ޑިސެންބަރ 2017 | ހުކުރު 21:55