ފަލަ ސުރުހީ

  • މަގޫދޫ ޖަލްސާއިން ސަރުކާރަށް ސިހުން ލިބިގެންދާނެ
  • އައިހެވަން ޕްރޮޖެކްޓް މި ސަރުކާރުގައި ހިނގާފާނެ ކަމަށް ގަބޫލު ނުކުރެވޭ
  •  އިތުރު ފަސް އަހަރު ދީފި ނަމަ އިތުރަށް ލިބޭނީ ނިކެމެތިކަން
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މަގޫދޫ ޖަލްސާއިން ސަރުކާރަށް ސިހުން ލިބިގެންދާނެ

އެމްޑީޕީގެ ހިންގުން ވަރަށް ހަރުދަނާކަމާއެކު އެބަދޭ. ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކުގެ ކުރިއަށްދާ ގޮތުން ސަރުކާރުން ޖެހިލުންވޭ. ފ.މަގޫދޫގައި މާދަމާ ރޭ ބާއްވާ ޖަލްސާއިން ސަރުކާރަށް ސިހުން ލިބިގެންދާނެ. މާދަމާ ވޯޓެއް ލިޔަސް މި ސަރުކާރު ބަލިކުރާނަން. ފްރީ ޓްރޭޑް އެއްބަސްވުމުގެ ނަމުގައި ކުރިއަށްދާ ހަރަކާތައް ދިވެހިން ނޫނެކޭ ބުނަން ޖެހޭ. 

7 ޑިސެންބަރ 2017 | ބުރާސްފަތި 22:20
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އައިހެވަން ޕްރޮޖެކްޓް މި ސަރުކާރުގައި ހިނގާފާނެ ކަމަށް ގަބޫލު ނުކުރެވޭ

އައިހެވަން ޕްރޮޖެކްޓް މި ސަރުކާރުގައި ކުރިއަށް ގެންދާނެ ކަމަށް ގަބޫލެއް ނުކުރެވޭ. އެމްޑީޕީ ސަރުކާރަށް ފްލެޓް އެޅުނީ އެކަން ކުރާނެ ގޮތްރޭވި ހިންގަމުން ދިޔައީމަ. ރައްޔިތުންނަށް އިހްތިރާމް ކުރުމުގެ ސިފަ މި ސަރުކާރުގައި ނެތް.

7 ޑިސެންބަރ 2017 | ބުރާސްފަތި 22:16
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
 އިތުރު ފަސް އަހަރު ދީފި ނަމަ އިތުރަށް ލިބޭނީ ނިކެމެތިކަން

އިތުރު ފަސް އަހަރު އިތުރަށް 500 މިލިއަން ރުފިޔާ ދަރުވާލާފާނެ ކަމާމެދު ޝައްކެތް ނުކުރަން. ފާއިތުވި ހަތަރު އަހަރަކީ ރައްޔިތުން އެންމެ ނިކަމެތިވި ހަތަރު އަހަރު. ރައްޔިތުން އިތުރު ފަސް އަހަރު މި ސަރުކާރަށް ދޭން ބުނުމަކީ މޮޔަ ވާހަކަ އެއް.

7 ޑިސެންބަރ 2017 | ބުރާސްފަތި 22:13
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މި ސަރުކާރުގައި އިގުތިސާދީ ވިސްނުމެއް ނެތް

2008 ފެށިގެން ރާއްޖޭގައި ވެރިކަމުން އައީ ވަރަށް ވަރުގަދަ ސިޔާސަތުތަކަކާއެކު. އެކަމު މިހާރު ދަނީ ތަރައްގީގެ ނަމުގައި ރާއްޖޭގެ ކުންފުނިތައް ބަނގުރޫޓު ކުރަމުން. ގައުމު ވިއްކާލަނީ ކުންފުނިތަކަށް ޓަވަރުއަޅަން ވެގެން. ކުންފުނިތަކުގައި އެވަރުގެ ފެންވަރެއް ނެތް. މި ސަރުކާރުން ބިންގާ އަޅައިގެން އެޅި ފްލެޓްތަކެއްގައި މީހުން ދިރިއުޅެން ފެށިތޯ ސުވާލު އުފައްދަން ޖެހޭ.

7 ޑިސެންބަރ 2017 | ބުރާސްފަތި 22:09
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފި

ބައެއް މީހުން ފިހާރަތައް ބަންދުކުރާ ހިސާބަށް ގޮސްފި. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ކަމަށް ބުނާ މީހުން ގިނަވެއްޖެ. މި ސަރުކާރުން ވަޒީފާތަކެއް އިތުރު ވެގެނެއް ނުދޭ. އެސްއީޒެޑްގެ ގާނޫނާއެކުވެސް ރާއްޖެއަށް އިންވެސްޓަރަކު ނާދެ. އެސްއީޒެޑްގެ ސަބަބުން ރާއްޖެއަށް ކުރިއެރުވުމެއް ނުލިބޭ. ހުސް ތާކުން ތާކުން ނުޖެހޭ ވާހަކަ ދައްކައި ދިވެހި ހަޒާނާއަށް ހިތިހުރި ގޮތަކަށް ހަދަނީ. ޗައިނާއެކު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މަސްވެރިކަމާއި ފަތުރުވެރިކަމަށް ވާނެ ގޮތާއިމެދު ވިސްނަން ޖެހޭ.  

7 ޑިސެންބަރ 2017 | ބުރާސްފަތި 22:00
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ފަލަ ސުރުހީ

ގައުމު އިގުތިސާދީ އަނދަވަޅަކަށް ވައްޓާލައިފި. މިއީ މިނިވަން ގައުމެކޭ ނުބުނެވޭ ހިސާބަށް ގޮސްފި. ކުރީ ސަރުކާރުގެ ލޯނުތައް ދެއްކުމަށް ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން. އެއީ ހަގީގަތެއް ނަމަ މިހާރު މި ސަރުކާރުގެ ލޯނުގެ ގޮތުގައި އޮންނަން ޖެހޭނީ އެއް ބިލިއަން ރުފިޔާ.

7 ޑިސެންބަރ 2017 | ބުރާސްފަތި 21:52