މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނިޒާރު

  • ޔާމީނަށް ވުރެ މެޑަމް ފާތުން މާ ދަހިވެތި
  • ކޮމިޝަންތައް ޒިންމާދާރު ކުރުވުން
  • އެންމެ ގިނަ ބަޔަކު ތާއީދު ކުރަނީ ރައީސް ނަޝީދަށް
 
Writer Profile Picture
އާމިނަތު ނުޒުހާ
ޔާމީނަށް ވުރެ މެޑަމް ފާތުން މާ ދަހިވެތި

ނޫސްވެރިން ބަންދުކޮށްގެން ސިޔާސީ މީހުން ހައްޔަރުކޮށްގެން ހިންގާ ވެރިކަމެއްގައި ރައްޔިތުންނަށް އުފަލެއް ނެތް، ފެންނަ މަންޒަރު ތަކާއި އިވޭ އަޑޫތަކަށް ބަލާއިރު ވެރިކަމަށް ވަރަށް ދަހިވެތިކޮށް ފެންނަނީ، އަދި ރައީސް ޔާމީނަށް ވުރެ މެޑަމް ފާތުން މާ ދަހިވެތި، އިޖުތިމާއީ ކަންކަމުގައި ކޮންމެ ރައްޔިތަކުވެސް ޒިންމާ އޮވޭ، ނުކުންނަންވީ، މީގެ ކުރިން ދުވަހަކު އަޑެއްވެސް ނާހަން މެޑަމް ފާތުން އެއްގެ ވާހަކަ، ޔާމީން ވެރިކަމަށް ވަޑައިގަތީމައި ފައިސާ ހިތްޕަވައިގެން ސޮދަގާތް ކުރައްވަނީ، މީ ތާއީދު ގަންނަން އުޅޭ ގޮތް، ސިޓީ އުރައިގައި ހަމަ ލާރި ބަހަނީ، ހިތާނު ކުރަނީވެސް ދައުލަތުގެ ތަކެތި ބޭނުންކޮށްގެން، ވޯޓަށް ކުރާ ކަންކަން.

16 ފެބްރުއަރީ 2017 | ބުރާސްފަތި 03:14
Writer Profile Picture
އާމިނަތު ނުޒުހާ
ކޮމިޝަންތައް ޒިންމާދާރު ކުރުވުން

އެންމެ ގަދީމީ ޒަމާނުއްސުރެ ވައްކަންކުރުމަކީ ބަލައިގަންނަ ކަމެއް ނޫން، މިރާއްޖޭގެ ގާނޫނު އަސާށސީގައި ހައްގުތައް ހުރީ ކަށަވަރުކޮށްދީފައި، އެކި އެކި ކޮމިޝަންތައް އެބަހުރި، އަޅުގަނޑުމެންނަށް އެބޭފުޅުން ޖަވާބުދާރީވެސް ވާންޖެހޭ، މިކަން ކުރުވަންޖެހޭ މިކަން ކުރުވަން ބަޔަކު ބޭނުން ނުވަނީ، އަޅުގަނޑުމެންގެ ހައްގު ކޮބާތޯ، އެބޭފުޅުންގެ ޒިންމާއަކީ އެބޭފުޅުންގެ އާއިލާއަށް ކާންދިނުން ކަމަށް ވަންޏާ ކޮބާތޯ އަޅުގަނޑުމެންގެ އާއިލާގެ ހައްގުތައް

16 ފެބްރުއަރީ 2017 | ބުރާސްފަތި 03:09
Writer Profile Picture
އާމިނަތު ނުޒުހާ
އެންމެ ގިނަ ބަޔަކު ތާއީދު ކުރަނީ ރައީސް ނަޝީދަށް

ރައީސް ޔާމީން ވިދާޅުވަނީ ރައީސް ނަޝީދުގެ ސިޔާސަތު ކަމުނުދާކަމަށް، ކިތަންމެ ވަރަކަށް އެހެން ވިދާޅުވިޔަސް ހަގީގަތަކީ ރައީސް ނަޝީދަކީ މިގައުމުގައި އެންމެ ތާއީދު އޮތް ލީޑަރުކަން، ސިޔާސީ ޕޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތް އިރު އެޕާޓީއަށް އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތެއް ނުދޭ، މަކަރުގަދަ ސިޔާސަތުތައް މިތަނަށް ގެންނަން މި މަސައްކަތް ކުރަނީ، އަޅުގަނޑުމެންގެ ދަރީންނަށް މިނިވަންކަމާއި އުފަލުގައި ދިރި އުޅެވޭނެ ގޮތާއި، ރައީސް ނަޝީދަށް ވެސް އެ ފުރުސަތު އޮންނަން ވާނެ އެބޭފުޅުންނަށް ނޫޅެވެންޏާ އަޅުގަނަޑަށްވެސް އުޅެވިގެން ނުވާނެ، ރައީސް ޔާމީން ގެ އެއްވެސް އިޚްލާސްތެރިކަމެއް ރައްޔިތުންނަކަށް ނެތް، މިރާއްޖޭގެ ޖުޑީޝަރީ ގައި ޝަރީއަތް ހިނގާ ގޮތާއިމެދު ރައްޔިތުން ސުވާލު އުފައްދާ

16 ފެބްރުއަރީ 2017 | ބުރާސްފަތި 03:06
Writer Profile Picture
އާމިނަތު ނުޒުހާ
ސަލާމަތް ނުވާވަރަށް ދަރަނި

ފައިސާ ލިބިގެން އިންވެސްޓަރުން އަިއްގެން ހިންގާ ޕްރޮޖެކްޓެއް ނުފެނޭ، މުޅި އާބާދީގެ ތިންބައިކޮށްފައި ދެބައި މާލޭގައި އުޅޭއިރު، ފެން ބިލާއި ކަރަންޓް ބިލު ދެގުނަ ކުލި ދެގުނަ، ދެން ކޮށް އުފަލެއްތޯ، އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމްކުރުވުމަކީ އުފާތޯ

16 ފެބްރުއަރީ 2017 | ބުރާސްފަތި 03:00
Writer Profile Picture
އާމިނަތު ނުޒުހާ
ފެނާއި ނަރުދަމާ ނެތި ކީއްކުރާ ބްރިޖެއް

އިލެކްޝަން ކޮމިޝަނަށް ހީވާ ކަހަލަ ޕީޕީއެމް އަކީ އެބޭފުޅުންގެ އަމިއްލަ ޕާޓީއޭ، ސިޔާސީ ހައްދުފަހަނަ އަޅާފައިވާ ފިކުރުގައި އެބޭފުޅުން އެ ތިއްބަވަނީ، މީ މިގައުމުގެ ހާލަތަކީ

 

އަިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ބްރިޖަށް ބަލާފައެއް ނޫނެއް ނޫންތޯ ވޯޓް ދޭންވީ، އައްޑޫ ސިޓީގެ ރައްޔިތުން މިތަކެއްޗަށް ބަލާފައި ވޯޓް ދޭން ވީ ކޮން ސަބަބެއްގައިތޯ، މިތިބީ ފެނާއި ނަރުދަމާ ނެތި

16 ފެބްރުއަރީ 2017 | ބުރާސްފަތި 02:59
Writer Profile Picture
އާމިނަތު ނުޒުހާ
މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނިޒާރު

ފެނާއި ނަރުދަމާ ނެތި ކީއްކުރާ ބްރިޖެއް

 

އިލެކްޝަން ކޮމިޝަނަށް ހީވާ ކަހަލަ ޕީޕީއެމް އަކީ އެބޭފުޅުންގެ އަމިއްލަ ޕާޓީއޭ، ސިޔާސީ ހައްދުފަހަނަ އަޅާފައިވާ ފިކުރުގައި އެބޭފުޅުން އެ ތިއްބަވަނީ، މީ މިގައުމުގެ ހާލަތަކީ

 

އަިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ބްރިޖަށް ބަލާފައެއް ނޫނެއް ނޫންތޯ ވޯޓް ދޭންވީ، އައްޑޫ ސިޓީގެ ރައްޔިތުން މިތަކެއްޗަށް ބަލާފައި ވޯޓް ދޭން ވީ ކޮން ސަބަބެއްގައިތޯ، މިތިބީ ފެނާއި ނަރުދަމާ ނެތި

16 ފެބްރުއަރީ 2017 | ބުރާސްފަތި 02:55