ފަލަސުރުހީ

  • ރާއްޖޭގެ އިގްތިސާދީ މައްސަލަތައް
  • ލުއި ލޯނު
  • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް އެމްޑީޕީ ސަރުކާރުން ނިންމި
 
Writer Profile Picture
ސިމާހާ ނަސީމް
ރާއްޖޭގެ އިގްތިސާދީ މައްސަލަތައް

އެންމެ ބޮޑު ކަމަކީ ރާއްޖޭގައި މަސައްކަތެއް ނުކޮށް ތިބޭ މީހުން ކުއްލިއަކަށް މުއްސަނދި ވެގެންދާ މަންޒަރު. އެކި އެކި މިނިވަން މުއައްސަސާތައް މިކަހަލަ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާއިރު އެކަން އެގޮތަށް ކުރައްވާ ތަނެއް ނުފެނޭ. އިގްތިސާދީ ސަރަހައްދޭ ކިޔާފައި ވަރަށް ގިނަ ބޭރު މީހުން އާދޭ ރާއްޖޭގެ ބިންތައް ގަންނަން. ބޭރުގެ ފަރާތްތަކުން ވަރަށް ކަންބޮޑުވޭ ރާއްޖޭގައި އިންވެސްޓުކުރަން ޝިފާ ވިދާޅުވިއެވެ.  

4 ނޮވެންބަރ 2017 | ހޮނިހިރު 22:02
Writer Profile Picture
ސިމާހާ ނަސީމް
ލުއި ލޯނު

ލުއި ލޯނު ދޭން ނިންމިއިރު ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ލޯނު ލިބޭ ގޮތަކަށް ނޫން ހަމަޖައްސާފައި ވަނީ. ބޭންކުތަކުން ވިސްނާނީ ވިޔަފާރި އުސޫލުން ކަމަށް ޝަމާއު ވިދާޅުވިއެވެ.  

4 ނޮވެންބަރ 2017 | ހޮނިހިރު 21:58
Writer Profile Picture
ސިމާހާ ނަސީމް
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް އެމްޑީޕީ ސަރުކާރުން ނިންމި

ފުލެޓްގެ ވާހަކަ މިސަރުކާރުން މާބޮޑަކަށް ނުދައްކާ އަދި އޮޑިޓް ރިޕޯޓްގެ ވާހަކަވެސް މިސަރުކާރުން ނުދައްކާ ސަބަބަކީ ޓާޓާ ފްލެޓްގެ އެގްރީމަންޓަށް ބަދަލު ގެނެސްފައި ހުރުމުން. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް އެމްޑީޕީ ސަރުކާރުން ނިންމި. ރައްޔިތުންނަށް ލުއި ގޮތްތަކަށް ހޯދައިދޭން ޖެހޭނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

 

4 ނޮވެންބަރ 2017 | ހޮނިހިރު 21:51
Writer Profile Picture
ސިމާހާ ނަސީމް
ފްލެޓުތަކުގެ މައްސަލަ

ފްލެޓުތަށް އިންސާފުވެރި ގޮތަކަށް ދީފައިނުވާ ވާހަކަ އަޅުގަނޑުމެން ދައްކަމުން އައީ. ދައުލަތުގެ ގިނަ މުއައްސަސާތަކުގެ އިސްވެރިންނަށް ފްލެޓް ލިބިފައި ހުރިކަމަށް ފެންމަތިވި. ވަރަށް ސާފުކޮށް އިނގޭ ފްލެޓްތައް ދިނުމުގައި ވަރަށް ބޮޑަށް ގޯސް ހަދާފައި ހުރިކަން. މިއަދުވެސް ސަރުކާރުގެ ބޮޑެތި އިހުމާލުތަކެއް މިކަމުގައި އުޅާ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް ޝިފާ ވިދާޅުވިއެވެ. 

4 ނޮވެންބަރ 2017 | ހޮނިހިރު 21:31
Writer Profile Picture
ސިމާހާ ނަސީމް
ފަލަސުރުހީ

މިރޭގެ ފަލަސުރުހީ މައުޟޫއަކީ މާލޭގެ މައްސަލަތައް. މިރޭގެ މެހެމާނުންނަކީ މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު އާއި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު.

4 ނޮވެންބަރ 2017 | ހޮނިހިރު 21:15