ވަގުތުން : ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ

  • ވޯޓް ކަރުދާން ލިބޭނެ، ބޭނުންވާ ކެނޑިޑޭޓަކަށް ކުރިމަތިލެވޭނެ: އަފީފް
  • ވެރިކަން ބަދަލުކުރަން ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަންވީ: އަސްލަމް
  • ްއަބްދުﷲ ރަޝިދުގެ މަރުގެ ޒިންމާ، ހުކުމް ކުރި ފަނޑިޔާރު ނަގަންޖެހޭ: ހިސާން
 
Writer Profile Picture
މުހަންމަދު ވިސާމް
ވޯޓް ކަރުދާން ލިބޭނެ، ބޭނުންވާ ކެނޑިޑޭޓަކަށް ކުރިމަތިލެވޭނެ: އަފީފް

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި، ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ކުރިމަތިލައްވަން ބޭނުންވާ ކެނޑިޑޭޓަކަށް ކުރިމަތިލުމުގެ ފުރުޝަތު ފަހިވެގެންދާނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރ އަފީފް ވިދާޅުވެއްޖެއެވެ. އަފީފް އެ ގޮތަށް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބްގައި ވާހަދަ ކުރޭވޭނެ ކަމުގެ އިޝާރަތެއް ކުރައްވަމުނެވެ. އަދި އެކަން އެގޮތަށް ކުރެވޭނީ ބައިނަލް އަގްވާމީ ޖަމިއްޔާ ޖަމާއަތް ތަކުގެ އެހީތެރިކަމާއި އެކުގައި ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

13 އޮކްޓޯބަރ 2017 | ހުކުރު 22:39
Writer Profile Picture
މުހަންމަދު ވިސާމް
ވެރިކަން ބަދަލުކުރަން ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަންވީ: އަސްލަމް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނީ އިމުގެ ތެރެއިން ނުމުމަކަށް ގެނެމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބްކުރުމުގެ ގޮތުން ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ގޮވާލާފައެވެ.

13 އޮކްޓޯބަރ 2017 | ހުކުރު 22:26
Writer Profile Picture
މުހަންމަދު ވިސާމް
ްއަބްދުﷲ ރަޝިދުގެ މަރުގެ ޒިންމާ، ހުކުމް ކުރި ފަނޑިޔާރު ނަގަންޖެހޭ: ހިސާން

އަބްދުﷲ ރަޝީދު މަރުވީ ބައެއްގެ އިހްމާލުން، މިފަދަ އިންސާނިއްޔަތުކަން ނެތް ގޮތަކަށް ކަންކުރުމުން، މިކަމުގެ ޒިންމާ ނަގަން ޖެހޭ ބައެއް ތިބެންޖެހޭނެ. ރައީސް އަބްދުﷲ ޔާމީނާއި ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން އަރީފާކީ މާތް ﷲ ގައްދީ ހުވާއިކޮށްގެން ގައުމުގެ ކަންކަންހަމަ މަގަމަށް އެޅުވުމަށް ތިއްބެވި ބައެއް. އަބްދުﷲ ރަޝިދުގެ މަރުގެ ޒިންމާ އެނާގެ މައްޗަށް ދޮގު ހެކި ބަސް ދިން ފުލުސް މީހާ ވެސް ނަގަން ޖެހޭ. އަދި ދައުވާ ކުރި ޕީޖީގެ ވަކީލްވެސް ޒިންމާނަގަން ޖެހޭ، ދޮގު ހަދާއި އިޅުވައިލައިގެން އެކަންކަން ކުރީ، ދައުވާ ސާބިތުކުރަން. އަބްދުﷲ ރަޝިދުގެ މަރުގެ ޒިންމާ އެނާގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރު ވެސް ނަގަން ޖެހޭ، އަޅުގަނޑުމެން ދެ އަތް އުރާލާއިގެން ނުތިބޭނަން، ޒިންމާ ނަގަންޖެހޭ ފަރާތަށް އިންސާފްގެ ކުރިމައްޗަށް ގެންނާނަން.

13 އޮކްޓޯބަރ 2017 | ހުކުރު 21:54
Writer Profile Picture
މުހަންމަދު ވިސާމް
އައްޑޫ އޮތީ އަދިރިކަމެއްގެ ތެރޭގައި: ސޯބެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަރަންޓް ޔަގީން ކޮށްދޭން ވައުދު ވިއަސް، އެ އެ ވައުދު ނުފުއްދޭކަން އައްޑޫ ސިޓީން ހާމަވެއްގެންދާ ކަމަށެވެ. އައްޑޫ ސީޓީން ކަރަންޓްގެ މައްސަލަ އަކީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް ސޯބެ ވިދާޅުވީ މުޅި އައްޑޫ ސިޓީ އޮތީ އަދިރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ރޭގަނޑު ގަޑީގައި ކަރަންޓް ދާތީ ކުޑަކުދިންނަން ނުނިދިގެން އުޅޭ ކަމަށެވެ. އަދި ޖީސީއޯލެވެލް ފަދަ އިމްތިހާނެން ކުރިއަށްދާ ދުވަސްވަރު ، ކަރަންޓް ކެނޑޭތީ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަން ޓެސްޓަށް ތައްޔާރުވުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި ، ބެލެނިވެރިންގެ ފަރާތުން ޝަކުވާ ކުރާ ކަމަށެވެ.

 

13 އޮކްޓޯބަރ 2017 | ހުކުރު 21:53
Writer Profile Picture
އާމިނަތު ނުޒުހާ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސިޓީގައި ބާއްވާ ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސިޓީގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވާއިރު، ޕާޓީތަކުގެ އިސްބޭފުޅުންވެސް ބައިވެރިވަމުންގެންދެ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސިޓީގައި ޖަލްސާއެއް ބާއްވަނީ ގިނަ ދުވަސްތަކަކަށްފަހުގަ އެވެ. 

13 އޮކްޓޯބަރ 2017 | ހުކުރު 21:49