ފަލަސުރުޚީ

  • ރައީސް ޔާމިނަށް ރައްޔިތުންގެ ލޯބި ނުލިބޭ.
  • ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
  • މިނިވަން އިންސާފްވެރި އިންތިކާބެއް ނުލިބޭނެ
 
Writer Profile Picture
ރިޒްނާ ޒަރީރު
ރައީސް ޔާމިނަށް ރައްޔިތުންގެ ލޯބި ނުލިބޭ.

ރައީސް ޔާމިން ދެކެ ރައްޔިތުން ލޯބި ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން. ރައީސް ނަޝީދު ދެކެ ރައްޔިތުން ލޯބި ވަނީ ހިތުން ރުހުމުން. އެމްޑީޕީ މީހުން އެނބުރެނީ. އަޅުގަނޑަކަށް ކަމަކު ނުދޭ އެސްއޯ މީހުން މާސްކު އަޅައިގެން ތިބޭކަށް. ވަރަށް އިންސާފްވެރިކޮށް ދެއްކޭނެ ވާހަކައެއް ނޫން. މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުން ބެލެނިވެރިންނަށް އިނގެންވާނެ. ޑޮކްޓަރުން ޕޭޝަންޓުންނަށް އިނގެންވާނެ.

14 ފެބްރުއަރީ 2017 | އަންގާރަ 03:30
Writer Profile Picture
ރިޒްނާ ޒަރީރު
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް

ސިޔާސީ ޕާޓީތައް ފުނޑު ފުނޑުކޮށްލާ ކަސްތޮޅު އެވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުން. ރައީސް ޔާމިްނގެ ވެރިކަން ދެމެހެއްޓުމަށް އީސީން މިދަނީ މަސައްކަތް ކުރަމުން. ފުރުޞަތު ބޭނުން ހިފަމުން މިދަނީ. ޑިމޮކްރަސީއަކީ މިގައުމަށް ބޭނުން ނޫން އެއްޗެއް ނޫން ކަމަށްވެސް ބައެއް ފަހަރު އެބަ ބުނެވޭ މި ސަރުކާރަށް.

14 ފެބްރުއަރީ 2017 | އަންގާރަ 03:21
Writer Profile Picture
ރިޒްނާ ޒަރީރު
މިނިވަން އިންސާފްވެރި އިންތިކާބެއް ނުލިބޭނެ

ރިޔާސީ އިންތިޚާބެއް މިނިވަން ކަމާއި އެކު ނުލިބޭނެ. އެމިނިވަން އިންސާފްވެރިކަން ލިބޭތޯ މަސައްކަތް ކުރުން މިއީ މިކުރާ ކަމަކީ. އަދުލު އިންސާފުގެ ސިސްޓަމް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން. މިނިވަން އިންސާފްވެރި އިންތިހާބެއް މިހާރު މި އޮތް ޖުޑީޝިއަރީ އޮވެގެން ނުލިބޭނެ

14 ފެބްރުއަރީ 2017 | އަންގާރަ 03:17
Writer Profile Picture
ރިޒްނާ ޒަރީރު
އާސަންދަ ހުރިހާ ރައްޔިތުންނަށް ނުލިބޭ

އިގްތިސާދީ މާހިރުންނަކީ ޚިޔާލު ލިޔުއްވާ ބޭފުޅުން. އިކޮނޮމިސްޓެއް ވެރިކަމާއި ހަވާލުވުމުން ގައުމު ފުނޑުފުނޑުވެގެންދާނެ. އެމްއެމްއޭ އިން މިދަނީ މިކަން ފޫއްބައްދަމުން. އެންމެންނަކީ ރިޒާވްއަށް ބަލާ ބައެއް ނޫން. މުޅި ގައުމު މި ހިނގަމުން މިދަނި ކްރެޓިކްގެ މައްޗަށް. ރައްޔިތުންނަށް ހަޤީޤަތުގައި އާސަންދައެއް ނުލިބޭ. ކޮންމެ ތަނެއްގައި ހުރެގެންވެސް އާސަންދަ ލިބެންޖެހޭ ގޮތަށް އޮންނަނީ.

14 ފެބްރުއަރީ 2017 | އަންގާރަ 03:14
Writer Profile Picture
ރިޒްނާ ޒަރީރު
ފުލުހުންނަކީ ފިނޑި ބައެއް

ފުލުހުންނާއި ސިފައިންނަށް ނުފެންނަނީ ތޯ މިސަރުކާރުން ޤާނޫނު އަސާސީއާއި ޚިލާފަށް ކަންކަން ކުރަމުންދާތަން. ފުލުހުންނާއި ސިފައިންނަށް ވުރެ މާ ހިތްވަރު ގަދަ. އެމީހުންނަކީ ފިނޑި ބައެއް. ދިހަ ވަރަކަށް ފަނޑިޔާރުންނާއި ޤާޒީންނާއި ހެދި ޖުޑިޝިއަރީ މިދަނީ ހަލާކުވެގެން.

14 ފެބްރުއަރީ 2017 | އަންގާރަ 03:06
Writer Profile Picture
ރިޒްނާ ޒަރީރު
ޚާލިދު ބުން ވަލީދު އަބޫޖަހުލަށް ވުން

ގައުމާއި ކުރިއަށް ދިޔުމަށް މަސައްކަތް ކުރަނީ. މިސަރުކާރުން އަދިބާއި ޒިޔަތާއި އަދި އެހެން މީހުންގެ މައްޗަށް ޝަރީއަތް ހިންގީ ރައީސް ޔާމިންއާއި ދެކޮޅުވުމުން. ޚާލިދު ބުން ވަލީދު އަބޫޖަހުލަށް ވުން މިއީ ހަމަ ހުރެފައި ވީ ކަމެއް ނޫން. ކުރިން މިވާހަކަ އިދިކޮޅު މީހުން ދެއްކުމުން އެކަން ކީއްވެގެންތޯ ނުބެލުނީ. ޤާނޫނު އަސާސީގެ ދަށުން މިއަދު ކަންކަން ހިނގާ ނަމަ މިއަދު އެމަނިކުފާނު ވެރިކަމުގައި ނުހުންނަވާނެ. އެމަނިކުފާނުގެ ވެރިކަން ދަމަހައްޓަނީ ފުލުހުންނާއި ސިފައިން ޤަނޫނު އަސާސީއާއި ޚިލާފަށް ކަންކަން ހިނގާތީ. ނާޗަރަންގީ އެކުޅުއްވަނީ މަޖުބޫރުކަން އޮތީމައި.

14 ފެބްރުއަރީ 2017 | އަންގާރަ 03:02
Writer Profile Picture
ރިޒްނާ ޒަރީރު
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

ދުނިޔޭގައި އެންމެ އަބުރާއި ބެހުނު ބޭފުޅަކަށް ހުންނެވީ ރައީސް ޔާމިންއޭ ވިދާޅުވުމަކީވެސް ހަމަ ވާހަކައެއް ދައްކާލެއްވީ. އެމްޑީޕީ އަދި ރައީސް މައުމޫނުގެ ފެކްޝަނުންވެސް އެބަ ފާޑު ކިޔާ. މަސައްކަތް ކުރަމުން މިދަނީ ޑިމޮކްރަސީއެއް ޤާއިމް ކުރުމަށް. ފާޑު ކިޔަނީ ކިޔަން ޖެހުނީމަ. ދިވެހި ތާރީހުގައި އެންމެ ގިނަ ވައްކަން ކޮށްފައިވަނީ މިސަރުކާރުން. އެމަނިކުފާނު އަމިއްލަފުޅަށްވެސް ވަނީ މިވާހަކަ ވިދާޅުވެފައި. ވައްކަމަކީ ދިވެހިންގެ ލޭގެ ތެރޭގައި ހިނގާ ކަމެއް ކަމަށް މިވަނީ ވެފައި.

14 ފެބްރުއަރީ 2017 | އަންގާރަ 02:58
Writer Profile Picture
ރިޒްނާ ޒަރީރު
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުން

ބޭނުންވަނީ ނުކުޅެންދުންތެރިކަން ހުރި ފަރާތްތަކަށް އަޅާލާތަން ދައްކަން. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 5000 ރުފިޔާގެ އިނާޔާތް ދޭން ހުށަހެޅި ބިލް ވަނީ މަޖިލީހުން ވަނީ ބޭރުކޮށްލާފައި. އެކަންވެސް ކުރީ މިސަރުކާރުން. ބޭނުންވަނީ ދައްކާލާނެ ވާހަކައެއް.

14 ފެބްރުއަރީ 2017 | އަންގާރަ 02:54
Writer Profile Picture
ރިޒްނާ ޒަރީރު
ޕީޕީއެމްގެ އެގާރަ ހާސްއޮތް ކަމަށްވެސް ޝައްކު

ފިޒިކަލީ އެއްދުވަސް ތެރޭގައި އެގާރަހާސް ފޯމަކީ ވާނެ ކަމެއް ނޫން. މި ފޯމްތަކުގެ ތެރޭގައި ތިބީ މުޅިންވެސް ސަރުކާރުގެ މުވައްޒަފުން. އެމްޑަބްލިޔު އެސްސީގެ މުވައްޒަފުން، ފެނަކަ މުވައްޒަފުން. ކޯޓްތަކުން ކަންކަން ވާ ގޮތް އެބަ އިނގޭ. އެގާރަ ހާސް އޮތް ކަމަށްވެސް ޝައްކު. އޭގަ އަށްޑިހަ އިންސައްތަ ފޯމަކީ މަޖްބޫރީ ހާލަތުގައި ސޮއިކޮށްފައިވާ ފޯމްތަކެއްކަން ޔަޤީން. ތިން ލައްކަ މީހުން އުޅޭ ގައުމެއްގައި އެއްލައްކަ ފަންސާސް ހާސް މީހުން ހޯދުމަކީ ނާދިރު ކަމެއް. ޑިމޮކްރަސީއޭ ބުނީމާ ޑިމޮކްރަސީ. ކަންކަން ކުރައްވަނީ ދިމާ އިދިކޮޅަށް. އެންމެ ހުދުމުޚުތާރު ވެރިންވެސް ބޭނުން ކުރަނީ ޑިމޮކްރަސީގެ ނަން.

14 ފެބްރުއަރީ 2017 | އަންގާރަ 02:50
Writer Profile Picture
ރިޒްނާ ޒަރީރު
ބާރާއި ނުފޫޒު ބޭނުންކުރޭ

ބާރާއި ނުފޫޒު ބޭނުންކޮށްގެން ކަންކަން މިދަނީ ކުރަމުން. ދައުލަތް ހިންގުމުގައި ތިން ބާރުގެ މައްޗަށް ވަކި ވަކިން ފާރަވެރިވާން ތިބި މުއައްސަސާތަކުގެ ބާރު ހިންގައިގެން މިދަނީ ކަންކަން ކުރަމުން. މުޅި ދައުލަތް ހިންގުމުގެ ހުރިހާ ކަންތަކަށް މިގެންދަނީ ނަހަމަ ގޮތުގައި. ޤާނޫނު އަސާސީން ބަޔާންކޮށްފައިވާ ތިން ބާރު ނަހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތައް ލިޔެފައެއް ނެތް.

14 ފެބްރުއަރީ 2017 | އަންގާރަ 02:45
Writer Profile Picture
ރިޒްނާ ޒަރީރު
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް

ރާއްޖޭގައި އެހެން ސިޔާސީ ޕާޓީތަކެއް އެބައުޅޭ ކަމަށް ރައީސް ޔާމިން ވިދާޅުވުމަކީ މިހާރު ހައިރާންވާ ކަމެއް ނޫން. ސަބަބަކީ ވަރަށް ސާފްކޮށް މިގައުމުގެ ކަންކަން ވާ ގޮތް އެބަ އިނގޭ. އިދިކޮޅު ފަރާތްތަކުގެ ހުރިހާ ހަރާކަތްތަކެއް ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން. މިދިޔަ ދުވަސްކޮޅުގެ ތެރޭގައި އެމްޑީޕީ ނެގި މަޑުވެފައި އޮވެދާނެ. އެމްޑީޕީ އަކީ ވަރަށް ހިންގުންތެރި މަސައްކަތެއް ކުރާ ބައެއް. ރައީސް ޔާމިން އެ ވިދާޅުވެފައިވާ ވާހަކަފުޅުން ދޭހަވަނީ ރައީސް ޔާމިން އަކީ ސްޕިލްޓް ޕާރސަނަލީ ޑިސްއޯޑޯރގެ އާލާސްކަން ފުޅަށް ހުންނަ ކަމަށް.

14 ފެބްރުއަރީ 2017 | އަންގާރަ 02:42
Writer Profile Picture
ރިޒްނާ ޒަރީރު
ފަލަސުރުޚީ

މިރޭގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް

14 ފެބްރުއަރީ 2017 | އަންގާރަ 02:37