ފަލަސުރުހީ

  • ރާއްޖެޓީވީގެ މައްޗަށް ފިޔަވަޅު އެޅުން
  • ނޫސްވެރިންގެ މިނިވަންކަން
  • ބްރޯޑްކާސްޓިންގ ކޮމިޝަން
 
Writer Profile Picture
ސިމާހާ ނަސީމް
ރާއްޖެޓީވީގެ މައްޗަށް ފިޔަވަޅު އެޅުން

ރާއްޖެޓީވީގެ މައްޗަށް އުސޫލުން ބޭރުން ފިޔަވަޅު އަޅާފައިވަނީ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންސާފުން ބޭރުން ކަންތައްތައް ކުރަމުންދާ ކަމަށް ނިޝާން ވިދާޅުވި.

8 އޮކްޓޯބަރ 2017 | އާދީއްތަ 21:51
Writer Profile Picture
ސިމާހާ ނަސީމް
ނޫސްވެރިންގެ މިނިވަންކަން

ދިވެހިރާއްޖޭގެ ނޫސްވެރިންގެ މިނިވަންކަން މަރައެއް ނުލެވޭނެ ކަމަށް ހުޝާމް ވިދާޅުވި.

8 އޮކްޓޯބަރ 2017 | އާދީއްތަ 21:48
Writer Profile Picture
ސިމާހާ ނަސީމް
ބްރޯޑްކާސްޓިންގ ކޮމިޝަން

  ބްރޯޑްކާސްޓިންގ ކޮމިޝަނުން ޤާނޫނުތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ ކަމަށް ނިޝާން ވިދާޅުވި.

8 އޮކްޓޯބަރ 2017 | އާދީއްތަ 21:47
Writer Profile Picture
ސިމާހާ ނަސީމް
ރާއްޖޭ ނޫސްވެރިކަމަށް ޖާގައެއް ނެތް

ޝަހީބުގެ އިޚްލާސްތެރިކަމެއް ނެތް އަދި ޤާބިލިއްޔަތު ކަމެއް ނެތް. ރާއްޖެޓީވީ މަދަނީ ގޮތުން ނައްތާލުމަށްޓަކައި ޝަހީބު އުޅުއްވަނީ. އެއީ ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގައި ނޫސްވެރިކަމަށް ޖާގައެއް ނެތް ކަމަށް ހުޝާމް ވިދާޅުވި.

8 އޮކްޓޯބަރ 2017 | އާދީއްތަ 21:45
Writer Profile Picture
ސިމާހާ ނަސީމް
އިންސާފު ގެއްލުން

ފިޔަވަޅު އަޅާއިރު ފެންނަން އޮންނަ އުސޫލެއް އޮންނަންވާނެ. ފެންނަން އޮންނަ ކަމެއްގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭނީ. ތަނެއްގައި އިންސާފު ގެއްލުމަކީ ފަސާދައަށް މަގުފަހިވާ ކަމެއް ކަމަށް ނިޝާން ވިދާޅުވި.

8 އޮކްޓޯބަރ 2017 | އާދީއްތަ 21:39
Writer Profile Picture
ސިމާހާ ނަސީމް
އަބުރުގެ ޤަނޫނު

އަބުރުގެ ޤާނޫނު ދިވެހި ސަރުކާރުން ގެޒެޓް ކޮށްފައިވާ މަންޒަރެއް ނުފެނޭ. އެހެންވުމުން ރާއްޖެޓީވީ ޖޫރިމަނާ ކުރަން ޖެހޭނެ ސަބަބެއް ނުފެނޭ ކަމަށް ނިޝާން ވިދާޅުވި.

8 އޮކްޓޯބަރ 2017 | އާދީއްތަ 21:34
Writer Profile Picture
ސިމާހާ ނަސީމް
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޝަހީބު

އަބުރުގެ ޤާނޫނާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނަކީ ޝަހީބުގެ އަމިއްލަ ބޭނުމަށް ހަދާފައިވާ ޤާނޫނެއް ނޫން. ރާއްޖެޓީވީ އަންދާލިތާ 4 އަހަރު ފުރުނު ދުވަސް 7 އޮކްޓޯބަރ އަކީ. އަނެއްކާ އޮގަސްޓް 8 ވަނަ ދުވަހު މި އޮތީ ޖޫރިމާނަ ކޮށްފައި. ޝަހީބު އުޅުއްވަނީ ރާއްޖެޓީވީ އާއި ދެއްކޮޅަށް މަދަނީ ހަނގުރާމެއް އިއުލާން ކޮށްގެން ކަމަށް ހުޝާމް ވިދާޅުވި.

8 އޮކްޓޯބަރ 2017 | އާދީއްތަ 21:32
Writer Profile Picture
ސިމާހާ ނަސީމް
ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކާސްޓިންގ ކޮމިޝަން ރާއްޖެޓީވީ ފަހަތުން ނެއްޓެން ނޭނގިގެން އުޅޭ މަންޒަރު މި ފެންނަނީ. ލޮލުކޮޅަށް ފެންނަށް ނެތް ބާރެއް އޮތްކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ދެކޭ ކަމަށް ނިޝާން ވިދާޅުވި.

8 އޮކްޓޯބަރ 2017 | އާދީއްތަ 21:28
Writer Profile Picture
ސިމާހާ ނަސީމް
ފަލަސުރުހީ

މިރޭގެ ފަލަސުރުޙީ މެހެމާނަކީ ޤާނޫނީ ވަކީލް ނިޝާން އާއި ރާއްޖެޓިވީގެ ނިއުސް ޑައިރެކްޓަރ މުހައްމަދު ހުޝާމް . މިރޭގެ ޕްރޮގްރާމްގައި ވާހަކަދައްކާނީ ރާއްޖޭގެ ޓީވި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން މި މއުޞޫއަށް 

8 އޮކްޓޯބަރ 2017 | އާދީއްތަ 21:08