ފަލަސުރުހީ

  • އިންސާފުވެރި ޝަރީއަތް
  • މީހުން މެރުން
  • ފަންޑު ރެއިޒިން އިވެންޓު
 
Writer Profile Picture
ސިމާހާ ނަސީމް
އިންސާފުވެރި ޝަރީއަތް

އިންސާފުވެރި ޝަރީއަތެއް ނުލިބޭ މަރުގެ މައްސަލަތަކުގައި އެ މައްސަލަތައް ނުބަލާ ސަރުކާރުން އުޅެނީ ސިޔާސީ މީހުންގެ ފަހަތުން ދުވަން ކަމަށާއި މި ސަރުކާރުން ފެނިގެންދަނީ އިންސާފުވެރިކަން ދުވަހެއް ދުވަހަކަށް ނެތިގެންދާ މަންޒަރުކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެންބަރ 2017 | އަންގާރަ 22:06
Writer Profile Picture
ސިމާހާ ނަސީމް
މީހުން މެރުން

މީހުން މެރުމުންވެސް އެކަމުގައި ޔާމީންގެ ސަރުކާރުން އިންސާފެއް ނުލިބޭ. އެންމެ ފުރަތަމަ މީހުން މެރުމުގެ ކަންތައްތައް މި ޤައުމުގައި ފެށުނީ ޑރ. އަފްރާޝީމް މަރާލެވުނު ހިސާބުން. މީހުން ޙައްޤުތައް ހޯދަން އަޑު އުފުލާއިރު އެކަންތައްތަކަށްވެސް އަޅާނުލާ މި ސަރުކާރުން. ރާއްޖޭގެ މާރާމާރި ގިނަ ވުމަކީ ވިސްނަން ޖެހޭ ނުރައްކާތެރި ކަމެއް ކަމަށް މުހައްމަދު ހަމީދު ވިދާޅުވި.  

26 ސެޕްޓެންބަރ 2017 | އަންގާރަ 22:00
Writer Profile Picture
ސިމާހާ ނަސީމް
ފަންޑު ރެއިޒިން އިވެންޓު

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ސަރުކާރުން ފަންޑު ރެއިޒިން އިވެންޓުތައް ކުރިއަށް ގެންދާއިރު ސަރުކާރުގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދޭ ސަބަބަކީ ސަރުކާރުން އދގެ ވޯޓްގައި ބައިވެރިނުވުން ކަމުގައި ޔުމްނާ ވިދާޅުވި.

26 ސެޕްޓެންބަރ 2017 | އަންގާރަ 21:55
Writer Profile Picture
ސިމާހާ ނަސީމް
އަނިޔާ ލިބޭ ވަގުތު

ކޮންމެ މީހަކަށްވެސް އަނިޔާ ލިބޭ ވަގުތު ހުއްޓުވަން މަސައްކަތް ނުކުރާ ކަމުގައި ވާނަމަ އެއީ އާދައިގެ ކަންތައްތަކަށް ޤަބޫލު ކުރެވެން ފަށާނެ ކަމަށާއި ސަރުކާރުން އަސްކަރިއްޔާއަށް ހިތްވަރު ދޭ ކަމުގައި ވާނަމަ އަނިޔާވެރިކަން އިންތިހާއަށް ދޭނެ ކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެންބަރ 2017 | އަންގާރަ 21:52
Writer Profile Picture
ސިމާހާ ނަސީމް
މިޔަންމާގެ މިލިޓަރީ ސިފައިން

މިޔަންމާގެ މިލިޓަރީ ސިފައިން މަސައްކަތް ކުރަމުންދަނީ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމަށް ކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެންބަރ 2017 | އަންގާރަ 21:47
Writer Profile Picture
ސިމާހާ ނަސީމް
ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންނަކީ ވަރަށް ނިކަމެތި ފަޤީރު ބައެއް. އެމީހުންގެ އަސާސީ ޙައްޤުތައް ވަނީ ނިގުޅައިގަނެވިފައި ކަމަށް މުހައްމަދު ހަމީދު ވިދާޅުވި

26 ސެޕްޓެންބަރ 2017 | އަންގާރަ 21:45
Writer Profile Picture
ސިމާހާ ނަސީމް
އދގެ ވޯޓް

ދިވެހިން ރައްޔިތުންގެ ޝުއޫރުތަކާއި އިހުސާސުތައް ހުރި ގޮތަށް އިހްތިރާމް ކުރާނަމަ ސަރުކާރުން އދގެ ވޯޓުގައި ބައިވެރިވާނެ ކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެންބަރ 2017 | އަންގާރަ 21:42
Writer Profile Picture
ސިމާހާ ނަސީމް
އެއްވުމުގެ މަޤްސަދް

އެއްވުމުގެ މަޤްސަދަކީ ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ލިބެމުންދާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމާއި ދިވެހިން ތިބީ ރޮހިންޖާ މުސްލިމުންނާއި އެކީ ކަން ހާމަކުރުން ކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެންބަރ 2017 | އަންގާރަ 21:33
Writer Profile Picture
ސިމާހާ ނަސީމް
ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނުންނަކީ، ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން އާއި ޖެޕީގެ ކައުންސިލް މެމްބަރު މުހައްމަދު ހަމީދު. މިރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކާނީ އިދިކޮޅު ޕާޓީތަކުން ބާއްވާ ބޮޑު އެއްވުމާއި ގުޅޭގޮތުން

26 ސެޕްޓެންބަރ 2017 | އަންގާރަ 21:20