ފަލަސުރުހީ

  • އާސަންދަ
  • ޖަލަށްލުން
  • ދުއްވާލަން ބޭނުންވާ މީހެއްގެ މައްސަލަ .
 
Writer Profile Picture
ސިމާހާ ނަސީމް
އާސަންދަ

އާސަންދައިން ލިބެން ޖެހޭ އަސާސީ ޙިދުމަތްތަކެއް ނުލިބޭ. ގިނަ ކްލިނިކް ތަކަށް ސަރުކާރުން ވަނީ ފައިސާ ނުދައްކާ.

25 ސެޕްޓެންބަރ 2017 | ހޯމަ 22:12
Writer Profile Picture
ސިމާހާ ނަސީމް
ޖަލަށްލުން

  އަޅުގަނޑުމެން ކަންބޮޑެއް ނުވޭ ޖަލަށްލާފާނެ ކަމަށް. އަޑެއް ނުހުއްޓުވޭނެ.

 

25 ސެޕްޓެންބަރ 2017 | ހޯމަ 22:08
Writer Profile Picture
ސިމާހާ ނަސީމް
ދުއްވާލަން ބޭނުންވާ މީހެއްގެ މައްސަލަ .

ދުއްވާލަން ބޭނުންވާ މީހެއްގެ މައްސަލަ އެކަނި މި ސަރުކާރުން ޝަރީޢަތަށް ފޮނުއްވަނީ.

25 ސެޕްޓެންބަރ 2017 | ހޯމަ 22:03
Writer Profile Picture
ސިމާހާ ނަސީމް
ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ބިރު ދެއްކުމުގެ ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވާ

ރައީސް ޔާމީންގެ ވިސްނުމަކީ އަބަދުވެސް މީހުންނަށް ބިރު ދައްކައިގެން ޙުދުމުހުތާރުކޮށް ވެރިކަން ކުރުން. އެސީސީން ރަނގަޅު ރިޕޯޓުވެސް ރަގަޅަށް ނުރެވިގެން އުޅެނީ މިހެން ވެގެން. ވަރަށް ބޮޑަށް މެމްބަރުން މި އޮތީ ދެމަފިރިން ދޭތެރެއަށް ލާ ފިތިފައި. މެޑަމް ފާތުންނާއި ރައީސް ޔާމީންގެ ދޭތެރޭގައި މެންބަރު ތިބެނީ ފިތިފައި. ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ބިރު ދެއްކުމުގެ ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވާ.

25 ސެޕްޓެންބަރ 2017 | ހޯމަ 21:59
Writer Profile Picture
ސިމާހާ ނަސީމް
ދަޢުލަތުގެ މީޑިއާ

ދަޢުލަތުގެ މީޑިއާއިން 30 އަހަރު ވެރިކަން ކުރައްވާފައިވާ ބޭފުޅަކާއި ޖައްސާލުމުގެ އެއްވެސް ބޭނުމެއް ނެތް. ސަރުކާރުން ހިންގާ ނެދެވޭ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.

25 ސެޕްޓެންބަރ 2017 | ހޯމަ 21:54
Writer Profile Picture
ސިމާހާ ނަސީމް
ރައްޔިތުން މަޖިލީހަށް 24 ވަނަ ދުވަހު މެމްބަރުން ވަތް މައްސަލަ

އިބޫ އަދި އަބްދުﷲ ޝާހިދު ރައްޔިތުން މަޖިލީހަށް 24 ވަނަ ދުވަހު ނުވަންނޭނެ އެއީ މަނާކަމެއް ކަމުގައި ވާނަމަ. ސަރުކާރު ހިންގަން ތިބި ފަރާތްތަކަކީ ތަޖުރިބާ ހުރި ބައެއް ނޫން.

25 ސެޕްޓެންބަރ 2017 | ހޯމަ 21:50
Writer Profile Picture
ސިމާހާ ނަސީމް
މެމްބަރުންގެ މައްސަލަ

12 މެމްބަރުންގެ މައްސަލަ ނިންމައިފި ނަމަ އެ ކުރެވެނީ ވަރަށް ބޮޑު ކުށެއް. ކުރިއަށް އޮތް ތާނގައި އެމީހުންނާއި ދޭތެރޭ ފިޔަވަޅު އަޅަން ވަރަށް ފަސޭހަވެގެންދާނެ.

25 ސެޕްޓެންބަރ 2017 | ހޯމަ 21:45
Writer Profile Picture
ސިމާހާ ނަސީމް
ތަރައްޤީ

ތަރައްޤީއެއް ނުދޭ ކުރިއަކަށް މި ސަރުކާރުގައި. އެމްއެމްޕީއާރްސީ، ފެނަކަ، އެމްޕީއެލް، އިމިގްރޭޝަން، އެމްއާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް އަޅުގަނޑުމެންނަށް ހަޖަމް ނުކުރެވެނީ. މި ފައިސާ ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.

25 ސެޕްޓެންބަރ 2017 | ހޯމަ 21:43
Writer Profile Picture
ސިމާހާ ނަސީމް
ސަރުކާރުން ކިތަންމެ ވަރަކަށް ކަންތައްތައް ފޮރުވަން އުޅުނަސް ނުފޮރުވޭނެ

ގިނަ އަދަދެއްގެ ބަޔަކު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ތެދު ހަޤީޤަތެއްކަން ޤަބޫލުކުރައްވާ، މި ސަރުކާރުން ކިތަންމެ ވަރަކަށް ކަންތައްތައް ފޮރުވަން އުޅުނަސް ނުފޮރުވޭނެ.

25 ސެޕްޓެންބަރ 2017 | ހޯމަ 21:40
Writer Profile Picture
ސިމާހާ ނަސީމް
ސަރުކާރުގެ ކޮރަޕްޝަން

.މިއަދުގެ މި ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން ގޮސްފައިވާ ހިސާބު ޙުދު ފުލުހުންނާއި ސިފައިންނަށްވެސް އެނގިވަޑައިގަންނަވޭނެ

25 ސެޕްޓެންބަރ 2017 | ހޯމަ 21:38
Writer Profile Picture
ސިމާހާ ނަސީމް
ސަރުކާރުގެ މަޤްސަދް

ސަރުކާރުގެ މަޤްސަދަކީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދުއްވާލުން. ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ރައްޔިތުންނާއި ދެކޮޅަށް ޓެރަރިޒަމްގެ އެއްވެސް އަމަލެއް ނުހިންގާނެ. އެއްވެސް ހައިސިއްޔަތެއް ފުލުހުން އަދި އެމްއެންޑީއެފް އަކަށްވެސް ލިބިގެންނެއް ނުވޭ މަޖިލިސް ތެރެއަށް ވަނުމަކަށް.

25 ސެޕްޓެންބަރ 2017 | ހޯމަ 21:38
Writer Profile Picture
ސިމާހާ ނަސީމް
ކޮރަޕްޝަނާއި ވައްކަން

ކޮރަޕްޝަނާއި ވައްކަމުގެ ކަންތައްތައް އިންތިހާއަށް ކުރަމުން އެބަދޭ. ޤައުމުގެ ކަންތައް ރަނގަޅުކުރުމަށް މަސައްކަތް ފެށި ހިސާބުން ސަރުކާރަށް މިކަންތައްތައް ކަމަކު ނުދިޔަ

25 ސެޕްޓެންބަރ 2017 | ހޯމަ 21:32
Writer Profile Picture
ސިމާހާ ނަސީމް
އާ ޤާނޫނު އަސާސީ

ރައްޔިތުންނަށް ވަކި ޙައްޤުތަކެއް އާ ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި.

25 ސެޕްޓެންބަރ 2017 | ހޯމަ 21:30
Writer Profile Picture
ސިމާހާ ނަސީމް
ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ، "12 މެމްބަރުންގެ މައްސަލަ ކޯޓުގައި ތާވަލު ކުރުން" އެވެ.

25 ސެޕްޓެންބަރ 2017 | ހޯމަ 21:19