ފަލަސުރުހީ

  • ފްލެޓްގެ މައްސަލަ
  • ފްލެޓްގެ މައްސަލަ
  • ޕީޕީއެމްގެ ރައީސް އަކީ ކާކު؟
 
Writer Profile Picture
ސިމާހާ ނަސީމް
ފްލެޓްގެ މައްސަލަ

ފްލެޓްތަކަކީ ރައީސް ޔާމީންއާ މިނިސްޓަރ މުއިއްޒުގެ ފައިސާއިން ހަދާފައިވާ ފްލެޓްތަކެއް ނޫން. ފޯމް ލީ ރައްޔިތުންގެ ހައްގެއް އެއީ ސައްޙަ މައުލޫމާތު ލިބުމާއި ހޯދުން. ކައިރީގައި ގެންގުޅޭ އަޅު ކުދިންނަކަށް ނޫން ފްލެޓްތައް ދޭންވީ ކީ. މަކަރާއި ހީލަތް ހަދާފައި ރައްޔިތުންގެ ބޮލުގައި އެ ޒިންމާ އަޅުވާނެ ކަމެއް ނެތް. މި ކަމުގެ ޒިންމާ މުއިއްޒު ނަންގަވަން ޖެހޭނެ ނާދިރާ ވިދާޅުވި.

18 ސެޕްޓެންބަރ 2017 | ހޯމަ 22:24
Writer Profile Picture
ސިމާހާ ނަސީމް
ފްލެޓްގެ މައްސަލަ

ފްލެޓްގެ މައްސަލާގައި އިންސާފުވެރިކަން ގޮތަކަށް ކަންތައް ކުރެއްވީ ކީ. ނޫސްވެރިން ހައުސިންގް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ހިތްވަރުގަދަ ކަމާއި އެކީ ސުވާލު ކުރެއްވީ އެހެން ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ ޔުމްނާ ވިދާޅުވި.

18 ސެޕްޓެންބަރ 2017 | ހޯމަ 22:21
Writer Profile Picture
ސިމާހާ ނަސީމް
ޕީޕީއެމްގެ ރައީސް އަކީ ކާކު؟

ރައީސް މައޫމުން ހޮވިވަޑައިގަތީ އިންތިޙާބަކުން 5 އަހަރުގެ މުއްދަތަށް. މެމްބަރުން އިންތިޙާބު ކުރެއްވި ރައީސްއަކު ވަކި އެއް ނުކުރެވޭނެ އެންމެ 5 މެމްބަރުންނަކަށް. މުއްދަތު ހަމަވަންދެން ރައީސް ކަމުގައި ހުންނަވާނީ ރައީސް މައުމޫން ޔުމްނާ ވިދާޅުވި.

18 ސެޕްޓެންބަރ 2017 | ހޯމަ 22:18
Writer Profile Picture
ސިމާހާ ނަސީމް
ސިޔާސީ ލީޑަރުން ހައްޔަރުކުރުން

އިންސާފުވެރި ފަނޑިޔާރުގެ ގެ އެއް އޮވެ އިންސާފުވެރި މޯލްޑިވްސް ޕޮލިސް ސާރވިސް އިދާރާއެއް ހުރިނަމަ މިއަދު ސިޔާސީ އިސް ލީޑަރުން ޖަލުގައި އޮންނަވާ ކަމެއް ނުޖެހޭނެ ނާދިރާ. ދޫވެސަށް ފައިސާ ވެއްދި މައްސަލަ ބެލެން ޖެހޭނެ ނާދިރާ ވިދާޅުވި.

18 ސެޕްޓެންބަރ 2017 | ހޯމަ 22:12
Writer Profile Picture
ސިމާހާ ނަސީމް
ވަކީލުންގެ ފެޓިޝަން

މައުމޫން ހަމީދާއި ޝާހިން ހަމީދު ނިކުމެވަޑައިގަތީ ކަންތައްތައް އިސްލާހު ކުރުމަށް ޔުމްނާ ވިދާޅުވި.

18 ސެޕްޓެންބަރ 2017 | ހޯމަ 22:09
Writer Profile Picture
ސިމާހާ ނަސީމް
ވަކީލުން ސަސްޕެންޑުކުރުން

ގިނަ ބަޔަކު ވާހަކަ ދައްކާފިއްޔާ އެ ވާހަކަ އަޑުއަހާނެ މީހުން ގިނަވާނެ. ވަކީލުންނަށް ސާބަސް ދަންނަވަން. ކަމެއް ގޯސްކޮށް ހިނގައިފިއްޔާ އެކަން ބެލެންވާނެ އަދި މަޝްވަރާވެސް ކުރެވެން ވާނެ. ސަސްޕެންޑު ކުރެވުނު 56 ވަކީލުންނަކީ ރައްޔިތުންގެ ވަކީލުން. ވަކީލުން ސަސްޕެންޑު ކުރުމުން މިއީ އެ ބޭފުޅުންގެ އާއިލާތަކަށްވެސް ދެވުނު އަނިޔާ އެއް. ޖުޑިޝަރީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ވަކީލުން ތެދުވީ. ފަހުން ގުޅިވަޑައިގަތް 35 ވަކީލުންވެސް ހިތްވަރުގަދަ ނާދިރާ ވިދާޅުވި.

18 ސެޕްޓެންބަރ 2017 | ހޯމަ 22:07
Writer Profile Picture
ސިމާހާ ނަސީމް
ފާރިސް ހައްޔަރުކުރުމުގެ ބޭނުން

ފާރިސް ހައްޔަރުކުރުމުގެ ބޭނުމަކީ ރައީސް މައޫމުންވެސް ފަހަތަށް ޖައްސާލުމުގެ ނިޔަތުގައި. އެކަމަކު ފާރިސްއާ މައުމޫންވެސް ތިއްބެވީ ސާބިތުކަން މަތީ ޔުމްނާ ވިދާޅުވި.

18 ސެޕްޓެންބަރ 2017 | ހޯމަ 22:02
Writer Profile Picture
ސިމާހާ ނަސީމް
ފާރިސް އަކީ ހިތްވަރުގަދަ ބޭފުޅެއް

ފާރިސްއާ މެދު އަމަލުކުރެވެމުންދަނީ އުސޫލުގެ ބޭރުން. މައްސަލަ ޙުކުމާއި ހިސާބަށް ދިޔުމުން ފަނޑިޔާރުގެ މޭޒަށް މައްސަލަ ބަދަލުވިތަން މި ފެންނަނީ. ކުށެއް ކޮށްފިނަމަ ޤާނޫނު އަރާ ހަމަކުރާނެ. އަނިޔާވެރިކަމަށް އެއްވެސް އިރަކު ކުރިއެރުމެއް ނުލިބޭނެ. އަނިޔާ އިސްނުކުރައްވާ އިންސާފުން ކަންކުރުމަށް ގޮވާލަން ނާދިރާ ވިދާޅުވި. ރައީސް މައުމޫނަށް އަނިޔާ ދިނުމުގެ ނިޔަތުގައި މިހެން ފާރިސްއާ މެދު އަމަލުކުރަނީ. ފާރިސް އަކީ ހިތްވަރުގަދަ ބޭފުޅެއް ނާދިރާ ވިދާޅުވި.

 

18 ސެޕްޓެންބަރ 2017 | ހޯމަ 22:00
Writer Profile Picture
ސިމާހާ ނަސީމް
ފާރިސް މައްސަލަ

މަޖިލިސް ތެރޭގައި ނެތް ކަންތައްތައް އިސްލާހު ކުރުމުގެ ފުރުސަތެއް. މިކަންތައް އަޅުގަނޑުމެން ފެށީ ގުޅިފައިވާ ޕާޓީތަކުން. ފާރިސް ވެސް މިކަމުގައި އުޅުއްވަނިކޮށް މިކަންތައް ހުއްޓާލަން ފާރިސް ހައްޔަރުކުރީ. ފާރިސް ބަންދުގައި ހުންނަވާތާ 63 ދުވަސް މި ވީ ޔުމްނާ ވިދާޅުވި.

 

18 ސެޕްޓެންބަރ 2017 | ހޯމަ 21:55
Writer Profile Picture
ސިމާހާ ނަސީމް
ޔޫއެން ވޯޓްގައި ރާއްޖެ ވަނީ ފިލާފަ

ޔޫއެން ވޯޓްގައި ރާއްޖެ ވަނީ ފިލާފަ. ދިވެހި ރައްޔިތުންގެ އަގު މުޅި ދުނިޔެ ކުރިމަތީގައި މި ވައްޓާލީ ސަރުކާރުން ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވި. ދިވެހި ސަރުކާރުން އަނިޔާވެރިކަން އިސްކުރާ މަންޒަރު މި ފެންނަނީ.

18 ސެޕްޓެންބަރ 2017 | ހޯމަ 21:49
Writer Profile Picture
ސިމާހާ ނަސީމް
ޔޫއެން ވޯޓްގައި ރާއްޖޭން ބައިވެރިނުވި

ޔޫއެން ވޯޓްގައި ދިވެހި ސަރުކާރުން ބައިވެރި ނުވެ ކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. ޔޫއެން ވޯޓާއި ރޮހިންޖާގައި ހިންގަމުންދާ ލާ އިންސާނީ އަނިޔާއާ ގުޅުން އެބައޮތް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން ވިދާޅުވި 

18 ސެޕްޓެންބަރ 2017 | ހޯމަ 21:47
Writer Profile Picture
ސިމާހާ ނަސީމް
ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނުންނަކީ، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ، "ފާރިސްގެ ދިފާއުގައި ކުރެވޭ ކަންކަމަށް ބީރު ކަންފަތެއް" އެވެ.

18 ސެޕްޓެންބަރ 2017 | ހޯމަ 21:24