ފަލަސުރުހީ

  • ގާނޫނުތަކުގެ ބާރު އެންމެންނަށްވެސް ހިނގަޖެހޭ
  • ބާތިލް ކަންކަމުގެ މައްޗަށް ފާރިސް އަށް ދައުވާ ކޮށްފައިވަނީ
  • ފުލުހުންނަށް ފާރިސް ހައްޔަރު ކުރެނީ ޕްރޮސެކިއޓަރ ޖެނެރަލްއާ ހެދި
 
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ގާނޫނުތަކުގެ ބާރު އެންމެންނަށްވެސް ހިނގަޖެހޭ

ކަމެއް ވެގެން ގާނޫނު ހެދިފައިވަނީ. ގާނޫނާ ހިލާފަށް ކަންކަން ކުރާނަމަ އަޅާނެ ފިޔަވަޅުތައްވެސް އެވަނީ ގާނޫނުއަަސަސީގައި ބަޔާންކޮށްފައި.މުއައްސަސާތަކުން އެބަޖެހޭ އެފަރާތްތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަން

6 ސެޕްޓެންބަރ 2017 | ބުދަ 21:55
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ބާތިލް ކަންކަމުގެ މައްޗަށް ފާރިސް އަށް ދައުވާ ކޮށްފައިވަނީ

ފާރިސްއަށް ކުރި ދައުވާ ބާތިލް ކުރުމުގެ ފުރުސަތުވެސް އެބަ އޮތް.މިއަދު ފެންނަނީ ގާނޫނީ ބާރު ނުހިނގާ ކަން. މިއީ ވަރަށް ކަންބޮޑުވާ މައްސަލަ.

6 ސެޕްޓެންބަރ 2017 | ބުދަ 21:52
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ފުލުހުންނަށް ފާރިސް ހައްޔަރު ކުރެނީ ޕްރޮސެކިއޓަރ ޖެނެރަލްއާ ހެދި

ފާރިސް ގާނޫނާ ހިލާފަށް ބަންދުކުރީމަ، ދިއްގަރު ދާއިރާގެ ހުރިހާ މެންބަރުންގެ ހައްގުތައް އެވަނީ ގެއްލިފައި

6 ސެޕްޓެންބަރ 2017 | ބުދަ 21:46
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ފުލުހުން އެވަނީ ޖިނާއީ ކުށެއް ކޮށްފައި

ފާރިސް ހައްޔަރުކުރުމުގެ ހުރިހާ ކަމެއް ކުރުމަކީ ފުލުހުން ކޮށްފައިވާ ޖިނާއީ ކުށެއް. ޕީޖީވެސް މަސައްކަތް ކުރަނީ މަގާމު ދިފާއުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި. އިންސާފުވެރިކަމާ އެކު އިހްލާސްތެރިކޮށް މަސައްކަތް ކޮށްފައެއްނުވޭ.

 

6 ސެޕްޓެންބަރ 2017 | ބުދަ 21:43
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ގާނޫނީ ނިޒާމު އެވަނީ ގެއްލުވާލާފައި

ފާރިސް ހައްޔަރުކުރުމުގެ ހުރިހާ ކަމެއް ކޮށްފައިވާގޮތުން ގާނޫނީ ރައްކާތެރިކަމެއް ފާރިސްއަކަށް ލިބިފައެއް ނެތް.ފާރިސް މިހާރު އެހުރީ ގާނޫނީ ނިޒާމުން އެކަހެރިކޮށްފައި.

6 ސެޕްޓެންބަރ 2017 | ބުދަ 21:39
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ފާރިސް ބަންދުކޮށްފައި ހުރުމަކީ ނޭއްގާނީ އަމަލެއް

      ފާރިސްއަށް ޝަރީއަތް ހިންގަން ފެށުމުގެ ކުރިން އެވަނީ ހައްޔަކޮށްފައި. އަދި އޭނާ ހައްޔަރުކުރި މައްސަލައަކަށް ނޫން އޭނާ ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ

6 ސެޕްޓެންބަރ 2017 | ބުދަ 21:38
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމުގައި ބައިވެރިވަނީ ގާނޫނީ ވަކީލު މުއުމޫން ހަމީދު. މައުލޫއު އަކީ ފާރިސްގެ މައްޗަށް ކުރާ ދައުވާ ބަދަލުކުރުން

6 ސެޕްޓެންބަރ 2017 | ބުދަ 21:24