ފަލަސުރުހީ

  • އިލެކްޝަންސް ކޮމިޝަންގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނީންނާނެ ގޮނޑިއާމެދު ގޮތެއް ނިންމުމުގައި: ހަނީފާ
  • ސަބަބެއް ވިދާޅުނުވެ ސިއްރުކުރުމަކީ އިންސާފު ޤާއިމްކުރުމަށް އޮތް ހުރަހެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ: ހަނީފާ
  • ކޮންމެ ޝަރީއަތެއް ސިއްރުކުރުމަކީ ޤާނޫނީ މަފްހޫމެއް ނޫން: ނިޝާމް
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިލެކްޝަންސް ކޮމިޝަންގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނީންނާނެ ގޮނޑިއާމެދު ގޮތެއް ނިންމުމުގައި: ހަނީފާ

އިލެކްޝަންސް ކޮމިޝަންގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނީންނާނެ، ކައުންސިލަރެއްގެ ނަމަވެސް މެމްބަރެއްގެވެސް ގޮނޑި ގެއްލިއްޖެކަމަށް ކަނދައެޅުމަކަށް. އެއީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލިބިދީފައިވާ ބާރެއް ނޫން. ގޮނޑީގެ މައްސަލާގައި ސުވާލެއް އުފެދިއްޖެނަމަ އިލެކްޝަންސް ކޮމިޝަނުންދާވެސް ޖެހޭނީ ސުޕްރީމް ކޯޓަށް. އެއީ ޤާނޫނު ބުނާގޮތަކީ. އިންތިހާބުގައި ވާދަކުރުމާއިމެދުވެސް ގޮތެއް ނިންމަންޖެހެނީ ކޯޓުން. އެހެންގޮތަކަށް އިލެކްޝަންސް ކޮމިޝަނަށް ވަކި ގޮތްތަކަށް ނުނިންމޭނެ. އިލެކްޝަންސް ކޮމިޝަނުން ވަކި ބަޔަކު ބުނާގޮތަށް ކަންތައްތައް ކުރާކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

31 އޯގަސްޓް 2017 | ބުރާސްފަތި 22:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަބަބެއް ވިދާޅުނުވެ ސިއްރުކުރުމަކީ އިންސާފު ޤާއިމްކުރުމަށް އޮތް ހުރަހެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ: ހަނީފާ

ސަބަބެއް ވިދާޅުނުވެ ސިއްރުކުރުމަކީ އިންސާފު ޤާއިމްކުރުމަށް އޮތް ހުރަހެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ސަރީއަތްތައް ސިއްރުކުރަނީ ކީއްވެކަން އެނގޭނީ ފަނޑިޔާރުންނަށް. ނަމަވެސް އެނގޭކަމަކީ އުސޫލެއް ނެތި އެކަން ކުރާކަން. ހަމަ ކުއްލި ކުއްލިއަށްވެސް ޝަރީއަތްތައް ސިއްރުކޮށްފާނެ

31 އޯގަސްޓް 2017 | ބުރާސްފަތި 21:57
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮންމެ ޝަރީއަތެއް ސިއްރުކުރުމަކީ ޤާނޫނީ މަފްހޫމެއް ނޫން: ނިޝާމް

ސިއްރުކަމެއް ކުރަންޖެހޭނީ އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖަތަކެއް ނިކުންނަ ކަންކަމުގައި. ޝަރީއަތްތައް ސިއްރުކުރާއިރު، އެކަންކަމަށްވެސް ބަލަންޖެހޭ. ކޮންމެ ޝަރީއަތެއް ސިއްރުކުރުމަކީ ޤާނޫނީ މަފްހޫމެއް ނޫން. އެއީ ދުނިޔޭގައިވެސް އަމަލުކުރާގޮތެއް ނޫން. ސިސްޓަމުގައިވެސް ކަންކުރަންޖެހޭ ގޮތް ލިޔެފައި އެބަހުރި. ނަމަވެސް އަމިއްލަ އަމިއްލައަށް ކަންކަން ކުރަން އުޅޭތަން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ. އެހެންވެ މައްސަލަތައްޖެހިގެން އުޅޭތަން މި ފެންނަނީ. ދިމާވެގެން މި އުޅޭ މައްސަލައަކީ އަޅުގަނޑުމެންގެ ވިސްނުމުގައި ހުރި މައްސަލަތައް.

31 އޯގަސްޓް 2017 | ބުރާސްފަތި 21:55
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އަޅުގަނޑު ވަކި ބަޔެއް ކުށެއް ނުކުރަން، މުޅި ނިޒާމްގެ ތެރޭގައި ހުރި މައްސަލަތަކުގެ ވާހަކަ މި ދައްކަނީ: ނިޝާމް

ޖިނާއީ އިޖުރާތުގެ ޤާނޫނު ބައިތަކަށް ބަހާފައި އެބަހުރި. ހައްޔަރުކުރަންޖެހޭ މީހާ ހައްޔަރުކުރާނެ ގޮތާއި، ދައުވާކުރާނެ ގޮތާއި، ހެކި އެއްކުރާނެ ގޮތުގެ ތަފްސީލްތައްވެސް. އެހެންގޮތަކަށް އެ ކަންތައްތައް ކޮށްފިނަމަ އެ ދައުވާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައިވޭ. އެހާވެސް ތަފްސީލްކޮށް ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވޭ.. އެންމެ ފަހުންވެސް އަޅުގަނޑު ކޯޓަށްދިޔަ މައްސަލާގައި ކޯޓުން ގާޒީ ހުކުމްކުރެއްވީ ޖިނާއީ އިޖުރާތުގެ ޤާނޫނާއި ހިލާފަށާއި، ހައްޔަރުކުރީ. އެހެންވީމަ އޭނާ ދުކޮށްލަން ގާޒީ ހުކުމްކުރެއްވީ. ނަމަވެސް އޭނާ ކަސްޓޯޑިއަލް އިން ނިކުތްތާ ދެ ގަޑިއިރުގެ ތެރޭގައި މީހަކު ހައްޔަރުކުރީ. މިހުރީ ކަންތައްތައް ހުރި ގޮތް.

31 އޯގަސްޓް 2017 | ބުރާސްފަތި 21:47
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މުއްދަތު މަޖިލީސްތައް ތުހުމަތުކުރެވޭ މީހާ ޖަލުގައި ބަހައްޓައިގެންވެސް މުއްދަތުޖެހާ: ހަނީފާ

ދޫނިދޫގައި މިދިޔަ އަހަރުވެސް މުއްދަތުޖެހި. ނަމަވެސް އާންމުކޮށް މުއްދަތު މަޖިލީސްތައް ކުރިއަށްގެންދަނީ ކޯޓުގައި މިހާރު. މިހާރު އަޅުގަނޑުމެންނަށް ފެންނަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ޖަލުގައި ބެހެއްޓުމަށްފަހު މުއްދަތުޖަހާތަން. އަޅުގަނޑުގެ މުވައްކިލެއްގެ މައްސަލަވެސް ކޯޓުގައި ކުރިއަށްގެންދަވާފައިވޭ، ކާށިދޫގައި މުވައްކިލު ބައިންދައިގެން ވީޑިއޯ މެދުވެރިކޮށް. އެއީ މި އަހަރުގައި. އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމަކީ ޕީޖީގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް. ނަމަވެސް އެ ދުވަހުވެސް ކޯޓުގައި ޕީޖީގެ ފަރާތުން އެގޮތަށް ކަންތައްތައްކޮށްފައެއް ނުވޭ.

31 އޯގަސްޓް 2017 | ބުރާސްފަތި 21:42
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އަދުލު އިންސާފު ޤާއިމްކުރުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: ހަނީފާ

 

31 އޯގަސްޓް 2017 | ބުރާސްފަތި 21:38
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ

ފަލަސުރުހީ ޕްރޮގްރާމްގެ މިރޭގެ މެހުމާނަކީ، ޤާނޫނީ ވަކީލް ހަނީފާ ހާލިދާއި، ޤާނޫނީ ވަކީލް މުހައްމަދު ނިޝާމް އިބްރާހިމް އެވެ. މިރޭގެ މައުޟޫއަކީ ޤައުމުގައި އަދުލު އިންސާފު ޤާއިމްކުރުން އެވެ.

31 އޯގަސްޓް 2017 | ބުރާސްފަތި 21:33