ފަލަސުރުޚީ ލައިވް ބްލޮގް

  • ވޯޓް ވިއްކާ ނަފްސު ގުރުބާން ކުރުން
  • ވެރިޔާއަށް ރައްޔިތުންގެ އިހްސާސް އެނގެން ޖެހޭ
  • ދެމެހެއްޓެނިވި އިގްސޯދަކަށް ވިސްނަން ޖެހޭ
 
Writer Profile Picture
އާމިނަތު ނުޒުހާ
ވޯޓް ވިއްކާ ނަފްސު ގުރުބާން ކުރުން

ވޯޓް 500 އަށް ވިއްކާލުމުގެ ނަތީޖާ މިއަދު މި ފެންނަނީ، ރައްޔިތުންނަށް އުފާ ފާގަތިކަން އޮތީ އެ ރައްޔިތުން އެކަން ކަމަށް ވިސްނައިގެން، ވޯޓް ވިއްކާ ނަފްސު ގުރުބާން ކުރުމުގެ ނަތީޖާ އަޅުގަނޑުމެން މިއަދު މި ތަޖުރިބާ ކުރަނީ

12 ފެބްރުއަރީ 2017 | އާދީއްތަ 03:24
Writer Profile Picture
އާމިނަތު ނުޒުހާ
ވެރިޔާއަށް ރައްޔިތުންގެ އިހްސާސް އެނގެން ޖެހޭ

އެ ވިދާޅުވާ 8000 ޑޮލަރު ބޮލަކަށް ޖެހޭނަމަ ފޮތްފަންސުރާއި، ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދަން ސަލާން ޖަހަން ނުޖެހޭނެ، ނުކައި ތިބެ ރަށުގެ ބަދަރުގައި ބޮޑު ހިލަ ޖެހުމަކީ ރައްޔިތުން ފުދިގެން ތިބުމެއް ނޫނެއް ނޫންތޯ، ސަރުކާރެއް ހިންގަން ވަނީ ދައުލަތަށް ލިބޭ އާމް ދަނީއަށްބަލާ އެއާ އެއްވަރަށް، ރައްޔިތުން ނިކަމެތިވާ ގޮތަށް ބޭރުގައުމުތަކުން ލޯނު ނަގައި ދަރުވައިގެނެެއް ނޫން، ލިބޭ އަމްދަނީ އާ އެއްވަރަށް އެކަން ކުރާނީ ދައުލަތް ހިނގާނީ ރަނގަޅަށް ހިސާބު ޖަހައިގެން ގާނޫނާއި ގަވާއިދުތަކަށްވެސް ހުރުމަތްތަކެއްގެ ތރެއިން، ތިން ބާރު ވަކިވެ ޕޮލިސީ ލެވެލް އެއްގައި މިކަން ކުރެވެން ޖެހޭ، ތިޖޫރީ ތަކަށް ވަންނަ ފައިސާ ދާ ތަނެއް އެނގެން ޖެހޭ، ދައުލަތުގެ ވެރިޔާ ވާން ޖެހޭނީ ރައްޔިތުންނަށް ވަފާތެރި ބޭފުޅެއް، ޗެކް އެންޑް ބެލެންސް ނިޒާމެއްނެތް.

12 ފެބްރުއަރީ 2017 | އާދީއްތަ 03:21
Writer Profile Picture
އާމިނަތު ނުޒުހާ
ދެމެހެއްޓެނިވި އިގްސޯދަކަށް ވިސްނަން ޖެހޭ

ބޮޑެތި އިންވެސްޓްމެންޓްތައް އަންނަ ވާހަކަ ދެކެވެނީ، އެންމެ އިންވެސްޓްމެންޓެއް ދައްކަބައްލަވާ، އިންވެސްމެންޓެކޭ ކިޔާ. ބްރިޖް ދައްކަނީ އެއީ އިންވެސްޓްެމެންޓެއް ނޫން, އެއީ ރައްޔިތުން ދަރަނިވެރި ކުރުވައިގެން އެ ރައްޔިތުންގެ ޓެކްސް ފައިސާއިން އަޅާ ދަރަނި ބްރިޖެއް، ދައުލަތަށް ލިބޭ އާމްދަނީގެ ހިއްސާ ނިކަމެތިމީހާއަކަށް ނުލިބޭ - ސައުދުﷲ

12 ފެބްރުއަރީ 2017 | އާދީއްތަ 03:16
Writer Profile Picture
އާމިނަތު ނުޒުހާ
ކުންފުނިތައް ދަރަނިވެރިވަނީ

މިފްކޯ ދަރަނިވެރި ވީމާ މިދަނީ އެސްޓީއޯގެ ދަށަށް، ފެނަކަ ދަރަނިވީމާ އެހެން ކުންފުންޏެއްގެ ދަށަށް، އެމްއެމްޕީއާރުސީ ބަނގުރޫޓްވީމާ އެހެން ކުންފުންޏެއް ރައީސް އުފެއްދީ، ކިތަންމެ ވަރަކަށް އާ ކުންފުނި އުފެއްދިޔަސް ޖެހޭނީ ޖެހޭތާ، މިރާއްޖޭގެ އިގްތިސާދަކީ ރަނގަޅުގޮތުގައި ބޭނުންކޮށްފިނަމަ ރައްޔިތުން އުޅޭނީ އުފަލުގައި، އެކަމު މިރާއްޖޭގައި ރައްޔިތުން އުޅެނީ ވަރަށް ނިކަމެތިކޮށް، އަޅުގަނޑު ދުށިން އޭޑީކޭގައި މީހަކު ބޭސްސިޓީ ނުނެގިގެން އޭޑީކޭގައި ރޯން ހުއްޓާ - ސައުދުﷲ

12 ފެބްރުއަރީ 2017 | އާދީއްތަ 03:10
Writer Profile Picture
އާމިނަތު ނުޒުހާ
ބިން ވިއްކުން

90 އަހަރަށް ބިން ވިއްކައިފިނަމަ 3 އަހަރަށް ދައުލަތް ހިފަހައްޓާލެވިދާނެ، މީ ދެމެހެއްޓެނިވި ތަރަށްގީއެއް ނޫން، އިގްތިސާދު މިގޮތަށް ނުހިފެހެއްޓޭނެ، ޖީޑީޕީއަށް 8000 ޑޮލަރޭ ވިދާޅުވާއިރު، އެއީ ދޮގެއް، އެއީ ނުބައި ހިސާބެއް. އެވަރަށް ފައިސާ ޖެހޭނަމަ، ރައްޔިތުން ސަލާންޖަހަން ނުޖެހޭނެ. 

12 ފެބްރުއަރީ 2017 | އާދީއްތަ 03:05
Writer Profile Picture
އާމިނަތު ނުޒުހާ
ރައްޔިތުންގެ މަންދޫބުން

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މި ހުރިހާ ކަމެއް މި ކުރަނީ، މިގައުމުގައި މިހާރު މި ހިންގާ ހުރިހާ ކަމަކަށް މަޖިލީހުގައި ތިއްބެވި މެންބަރުން 100 ޕަސެންޓް ޒިންމާވާން ޖެހޭ، މަޖިލީހަކީ ޒިންމާދާރު ބައެއްނަމަ، ވެރިމީހާ ބޭނުން ގޮތަކަށް ގާނޫނު އަސާސީ ބަދަލެއް ނުކުރެވޭނެ، އެބޭފުޅުންގެ ޒިންމާއަކަށް ވެގެން  ނުވާނެ ދައުލަތުން ހުށައަޅާ ކޮންމެ ބިލަކަށް ވޯޓް ދޭން، މަޖިލީހަށް މެންބަރުން ޒިންމާދާރު ނަމަ މިއަދު މިގައުމުގައި ބިންވެސް ނުވިއްކޭނެ، ކޮރަަޕްޝަނަކަށް ޖާގައެއް ނޯންނާނެ، ޖުޑީޝަރީ މި ދަރަޖައަށް ނުދިޔައީސް, ނުބައިކޮށް ހުކުމެއް ވެސް ނުކުރެވޭނެ- ސައުދުﷲ

12 ފެބްރުއަރީ 2017 | އާދީއްތަ 03:01
Writer Profile Picture
އާމިނަތު ނުޒުހާ
ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު

މީޑިއާއިން މި ވާހަކަތައް ތިލަ ނުވާ ދުވަހެއް ނުދޭ، ދައުލަތުގެ ވެރިއަކަށް ހުންނަވާ ކޮރަޕްޝަން އޮތް މިންވަރާމެދު ލަދު ގަންނަން ޖެހޭ، މީގެ ކުރީގެ ރިޔާސީ ބަޔާންތަކުގައި އެވާހަކަ ވަނީ ދައްކަވާފައި، މިފަހަރު ލަދުގަތީ، މެމްބަރުން ދިޔައީ ވިދާޅުވަމުން ގޯނި ގޯންޏަށް ލާރި އަޅައިގެންެ މެންބަރުގެ ގާތަށް ދިޔަ ކަމަށް، އެ މައްސަލަތަކެއް ނުބެލޭ. އެ މައްސަލަތައް ނުބެލުމުގެ ޒިންމާ މަޖިލީހުގެ މެމްބަރުން ނަގަންޖެހޭ- ސައުދުﷲ

12 ފެބްރުއަރީ 2017 | އާދީއްތަ 02:57
Writer Profile Picture
އާމިނަތު ނުޒުހާ
ކުދި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބޮޑެތި ވާހަކަތައް ދެކެވުނު

ސަރުކާރުން އިއުލާނުކުރި ރަހުނު ނުބަހައްޓާ އެއްމިލިއަނާއި ހަމައަށް ލޯނު ދޭނެ ކަމަށް، އެ ލޯނު ލިބުނު މީހަކު ހުރިތޯ ބައްލަވަން ބޭންކްތަކަށް ވަޑައިގަންނަވާ ތިބޭފުޅުން ބައްލަވާ

12 ފެބްރުއަރީ 2017 | އާދީއްތަ 02:55
Writer Profile Picture
އާމިނަތު ނުޒުހާ
ފަލަސުރުޚީ ލައިވް ބްލޮގް

ފަލަސުރުޚީގެ މިރޭގެ މެހުމާނުންނަންނަކީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ  ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދާއި، އެ ޔޫނިއަންގެ މެންބަރު އަހުމަދު ނިޔާޒް

12 ފެބްރުއަރީ 2017 | އާދީއްތަ 02:50