ވަގުތުން ފަލަސުރުޚީ

  • މިހާރު ކުރަންޖެހޭ މަސައްކަތް ވަރަށް އިތުރު
  • އެމްޑީޕީގެ ހުރިހާ މެންބަރުން އިއްތިފާގުވޭ ރައީސް ނަޝީދަށް ކުރިމަތި ލެއްވޭނެ ކަމަށް
  • މި ޕާޓީ ފަހަތަށް ހެހި މާޔޫސް އެއް ނުވާނެ
 
Writer Profile Picture
އަހުމަދު ފައިރޫޒު
މިހާރު ކުރަންޖެހޭ މަސައްކަތް ވަރަށް އިތުރު

ގެެލުނު އިތުބާރު ހޯދަން ވަރަށް އުދަނގޫވަނެ، ބާޣާވާތެއް ގެނެސްގެން ވައްޓާލެވުނު ސަރުކާރެއްގައި ތިބި ބަޔަކީ އެމްޑީޕީ އެހެންވީމައި އެކަންކަމަށް އިތުބާރު ކުރަން ރައްޔިތުންނަށް އުދަނގޫވާނެ، ޝަރުޢީ ނިޒާމަށް އިތުބާރު ހޯދުންވެސް ވަރަށް އުނދަގޫވާނެ، ރާއްޖޭ މިހާރު މިވަނީ ވަރަށް ފަހަތުގައި، ރައީސް މައުމޫންގެ ވެރިކަމުގައިވެސް ކަންކަން ނުހިނގާވަރުގެ ދަރަޖައެއްގައި، އެހެންވީމާ ގެއްލިގެން ދިޔަ ތަން ހޯދަން ދަތިވަނެ

9 ފެބްރުއަރީ 2017 | ބުރާސްފަތި 03:08
Writer Profile Picture
އަހުމަދު ފައިރޫޒު
އެމްޑީޕީގެ ހުރިހާ މެންބަރުން އިއްތިފާގުވޭ ރައީސް ނަޝީދަށް ކުރިމަތި ލެއްވޭނެ ކަމަށް

ޕާޓީގގައި މިވަގުތު ތިއްބެވި  49 ހާސް މެންބަރުން އިއްތިފާގުވާ ކަމެއް ރައީސް ނަޝިދަށް 2018 ވަނަ އަހަރު ވާދަުރެވެން ޖެހޭނެކަން، ހަމައެއާއެކު ރައީސް ނަޝީދު ޖަލުގައި ހުންނަވަން ނުޖެހޭނެ ކަމަށްވެސް މި ހުރިހާ މެންބަރުން އިއްތިފާގުވޭ، އެހެން ވީމާ ރައީސް ޔާމިން ފާޑުފާޑުގެ ވާހަކަފުޅު ވިދާޅުވާނެ، އެމަނިކުފާނަށް ހީފުޅުވަނީ އެމަނިކުފާނުގެ ފަހަތުގައި ވަރަށް ބައިވަރު މީހުން ތިއްބެވި ކަމަށް، އެހެންވީމާއި ރައީސް ޔާމިންއަށް ރައީސް ނަޝީދާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެ، ރައީސް ނަޝީދަށް ފުރުސަތު ނެތް ކަމަށް ރައީސް ޔާމިން ވިދާޅު ވެއްޖެނަމަ އަޅގަނޑު ބުނާނީ އަލްހަމްދުލިއްލާހިޔޭ، އެ އުޅެނީ ރައީސް ނަޝީދަށް ފުރުސަތު ލިބިވަޑައިގަންނަވާށޭ، އެހެން ވިދާޅުވި ޖަލުގައި ހުންނެވި އިރު ގެޔަށްވެސް ބަދަލު ނުވެވޭނެއޭ، އެކަމަކު ގެޔަށް ވެސް ބަދަލުވި، ދެން ވިދާޅުވީ ބޭހަކަށް ރާއްޖޭން ބޭރަކަށް ނުދެވޭނެއޭ، އެކަމަކު އެކަންވެސް ދިމާ އިދިކޮޅަށް ދިޔައީ، އެހެންވީ އެގޮތަށް ވިދާޅުވިއްޔާ އޭގެ މާނައަކީ ރައީސް ނަޝީދު ދޫކޮށްލަވަން ޖެހިވަޑައިގެންނެވައިގެނޭ އެ އުޅެނީ

9 ފެބްރުއަރީ 2017 | ބުރާސްފަތި 03:03
Writer Profile Picture
އަހުމަދު ފައިރޫޒު
މި ޕާޓީ ފަހަތަށް ހެހި މާޔޫސް އެއް ނުވާނެ

ކިތަންމެ ވަރަކަށް ފިއްތިއަސް އެެމްޑީޕީއަކީ ކުރިއަށްދާނެ ޕާޓީއެއް، ފަހަތަށްޖެހި މާޔޫސްވާނެ ޕާޓީއެއް ނޫން އެމްޑީޕީއަކީ، ސަރުކާރުން ފިއްތަން ކުރާ ކޮންމެ ކަމަކާއިއެކު އެމްޑީޕީން ދާނީ ކުރިއަށް، އައްޑޫ ސޯބެ ހައްޔަރުކުރިޔަސް ބިރުދެއްކިޔަސް ދައުވާކުރިއަސް މަސައްކަތް ކުރައްވަމުން ގެންދަވާ ރޫޙަކަށް ބަދަލެއް ނާންނާނެ، ހަމަ އެގޮތަށް އުކުޅަހަށް ބަލާލިއަސް ކަންތައްތައް އޮތީ.

9 ފެބްރުއަރީ 2017 | ބުރާސްފަތި 02:57
Writer Profile Picture
އަހުމަދު ފައިރޫޒު
މަންޒަރު ފެންނަނީ ވަރަށް އުޖާލާކޮށް

އަޅުގަނޑުމެނަށް ފެންނަނީ ވަރަށް އުޖާލާކޮށް. މާލޭގައި ތިބިގެނެއް މުޅި އެމްޑީޕީއެއް ނުފެންނާނެ، އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކޮށްލީމަ މި ފެންނަނީ އެމްޑީޕީން ކައުްންސިލް އިންތިޚާބަށް ތައްޔާރުވަމުންދާތަން، ޖަލްސާތަކާއި ކަންކަން ނުބޭއްވެނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން، އޭގެ މާނައަކީ ޕާޓީގެ މައްސަލައެއް ނެތޭ.

9 ފެބްރުއަރީ 2017 | ބުރާސްފަތި 02:55
Writer Profile Picture
ހުސެން ފިޔާޒް
ބަދަލުތައް ގެންނާނަން

ޗެއާޕާސަން ކަމަށް ހޮވިއްޖެ  ނަމަ، އިދާރީ ގޮތުން ޕާޓީގެ ހިންގުން ވަރުގަދަ ކުރާނަން، ގޮފިތަކުގެ ހިންގުން ހަރުދަނާކޮށް ވަރުގަދަ ކުރާނަން. އަދި އިންތިހާބުތައް ކާމިޔާބުކުރަން ކުރަންޖެހޭ ކަންކަމާއި ތައްޔާރީތައް ކުރިއަށް ގެންދާނަން. މި ހުރިހާ ކަމަކީ އަޅުގަނޑު އެކަނި ކުރާނެ ކަމެއް ނޫން. ޕާޓީތެރޭގައި އެކި ގުނަންތައް އެބަހުރި. އަޅުގަނޑުމެންނަށް ކެމްޕޭން ކުރަން އެނގޭ، ނަމަވެސް އެންމެ އެދޭ ގޮތަކަށް އިންތިހާބެއް ކާމިޔާބެއް ނުވޭ،. އެހެންވެ އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް އިސްކަން ދޭނެ ކަމެއް. 

9 ފެބްރުއަރީ 2017 | ބުރާސްފަތި 02:53
Writer Profile Picture
ހުސެން ފިޔާޒް
މެމްބަރުންނާ ގާތުން ހިދުމަތް ކުރާނަން

ޕާޓީތަކުން ރަށްރަށް ދަތުރުކުރުން ވަރަށް މުހިންމު. ޕާޓީގެ ގުނަންތަކުގެ ބޭފުޅުން ރަށްރަށަށް ވަޑައިގަތުމަކީ ފުޅާ ދާއިރާއެއްގައި ކުރަންޖެހޭ ކަމެއް. އެކަން އިރާދަކުރެއްވިއްޔާ ފަށާނަން. އެމްޑީޕީއަކީ ރައްޔިތުންނާ ވަރަށް ގާތުން ހިދުމަތްކުރާ ޕާޓީއެއް. 

9 ފެބްރުއަރީ 2017 | ބުރާސްފަތި 02:51
Writer Profile Picture
ހުސެން ފިޔާޒް
ޖޯޝް އިތުރުކުރެވޭނެ، އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުގެ ކޮރަޕްޝަން

އެމްޑީޕީ ވުޖޫދަށް އައިއިރު، އެ ފޯރިއާއި ޖޯސް ހުރިކަން އަޅުގަނޑަށް އެބަހުރި، ޖެހެނީ ކުޑަ ހިތްވަރެއް މެމްބަރުންނަށް ދޭން. އިންތިހާބުތައް ކާމިޔާބުކުރަން އެމްޑީޕީގެ ރޫހު ވަރުގަދަކުރަންޖެހޭ. ރަށްރަށުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް އެބަ އޮތް ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން. ބައެއް ރަށްރަށުގައި ޕީޕީއެމްގެ މެމްބަރުން، ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން އަޅުގަނޑުގެ ގާތުގައި ވެސް ވާހަކަ ދައްކާ. ރައްޔިތުންގެ ފައިސާ މި ސަރުކާރުން ނުހަމަ ގޮތުގައި ބޭނުންކުރާކަން ރައްޔިތުންނަށް އެނގޭ. އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ. 

9 ފެބްރުއަރީ 2017 | ބުރާސްފަތި 02:50
Writer Profile Picture
ހުސެން ފިޔާޒް
އެމްޑީޕީގެ ގޮފިތައް ވަރުގަދަކުރުން

ޕާޓީގެ ގޮފިތައް ރަނގަޅަށް ހަރަކާތްތެރިއެއް ނުވޭ. އެހެންވެ، ރަށްރަށުގެ ގޮފިތަކުގެ މަސައްކަތް އެބަ ޖެހޭ ހަރަކާތްތެރިކުރަން. ކޮންމެ ރަށަކުން ވެސް ލިބުނު މައުލޫމާތަކީ ޕާޓީގެ ހަރަކާތްތައް މަދުވެފައިވާކަން. އެކަމަކު ޕާޓީގެ ހަރަކާތްތައް، ގޮފިތައް ވަރުގަދަ ކުރަން މެމްބަރުން ބޭނުންވޭ. ގޮފި ނެތިއްޔާ، ރަށްރަށުގައި ގޮފި ހަދައިގެން ވެސް ހަރަކާތްތައް ވަރުގަދަ ކުރަން އެބަޖެހޭ

9 ފެބްރުއަރީ 2017 | ބުރާސްފަތި 02:45
Writer Profile Picture
އަހުމަދު ފައިރޫޒު
ސަރުކާރަށް ސައިޒް ދައްކާލަން ޖެހޭ

އެކަކު ކުރިމަތި ލިޔަސް ގިނަަބަޔަކު ކުރިަމތިލިޔަސް އެމްޑީޕީގެ ސްޓައިލްގައި ކެމްޕޭން ކުރަންޖެހޭނެ، ވޯޓްގައި ބައިވެރުިވާންޖެހެނީ ސަރުކާރާއި ރައީސް ޔާމިންއަށް އެމްޑީޕީގެ ސައިޒް ދައްކާލަން، އެހެންވެ ހުކުރު ދުވަހު އޮންނަ އެތެރޭގެ އިންތިޚާބު ވަރަށް މުހިތްމުވާނެ، ރާއްޖޭގެ ރައްތަކަށް ކުރި ދަތުރުތަކުން ފެނުންނީ ޕާޓީއަށް އޮތް ތާޢީދު އިތުރުވަމުންދާތައް، ހަރަކާތްތައް މަދުން ފެންނަނީ ސަރުކާރުގެ ފިއްތުންތައް ބޮޑުވުމުގެ ސަބަބުން، ރައްޔިތުން ތިބީ ވަރަށް ބޮޑަށް ސަރުކާރުގެ ދެކެ ފޫހިވެފައި

9 ފެބްރުއަރީ 2017 | ބުރާސްފަތި 02:42
Writer Profile Picture
އަހުމަދު ފައިރޫޒު
ވަގުތުން ފަލަސުރުޚީ

ރާއްޖޭޓީވީ މިރޭގެ ފަލަސުރުޚީ ޕްރޮގްރާމްގެ މެހެމާނަކީ ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލައްވާފައިވާ  ހަސަން ލަތީފްއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އަޅުގަނޑު ކުރިމަތިލީ ކީއްވެގެންތޯ ކޮންމެ މެންބަރެއްގެ ހިތުގައި ސުވާލު އުފެދޭނެ، އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެމްޑީޕީގެ އެފަދަ މަޤާމެއް ހުސްކޮށް އޮވެގެންނުވާނެ، އެމްޑީޕީގެ ޗެއާޕާސަން ފަދަ މަޤާމެއް ހުސްކޮށް ބާއްވައިގެން ނުވާނެ، ޕާޓީގެ އަސާސީ ޤަވައިދު ބުނާގޮތުން ޕާޓީގެ ހިންގުމުގެ ބޮޑު ޒިންމާއެއް އެ މަޤާމުގައި ހުންނަ ފަރާތެއްގެ ކޮނޑުގައި އެޅިފައި އޮވޭ، އެމަޤާމަށް ހުސްކޮށް އޮވެގެން ޕާޓީގެ ހަރަކާތަކެއް ކުރިއަކަށް ނުދާނެ: ހަސަން

9 ފެބްރުއަރީ 2017 | ބުރާސްފަތި 02:39