ކ. މާލެ
|
10 މެއި 2017 | ބުދަ 14:15
 ޖޭމްސް ކޯމޭ
ޖޭމްސް ކޯމޭ
ގޫގުލް
ޖޭމްސް ކޯމޭ
އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި
 
ކޯމޭ މަގާމުން ވަކި ކުރެއްވުމަކީ އެމެރިކާގެ ސިޔާސީ މަޝްރަަހަށް ލިބިގެން ދިޔަ ކުއްލި ސިހުމެއް

އެމެރިކާގެ އެތެރޭގެ އިންޓެލިޖެންސް އަދި ސެކިޔުރިޓީ ކަންކަން ބަލަހައްޓާ މައި އިދާރާ ކަމަށްވާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފިއެވެ.

 

ރައީސް ޓްރަމްޕް، ކޯމޭ މަގާމުން ވަކިކުރެއްވުމުގެ ސަބަބުން ކުއްލި ޝޮކެއް އެމެރިކާގެ ސިޔާސީ މަޝްރަހަށް ލިިބިިގެންގޮސްފައިވާއިރު އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ކޯމޭ މަގާމުން ވަކިކުރެއްވީ އެންމެ ފަހުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަން ގެ އީމެއިލް މައްސަލައިގެ ތަހްގީގު ގެންދެވި ގޮތުން ކަމަށެވެ. އެހެނެްނަމަވެސް ޑިމޮކްރޭޓުން ބުނަމުން ދަނީ ޖޭމްސް ކޯމޭ މަގާމުން ވަކިކުރެއްވީ އެފްބީއައި އިން ތަހްގީގު ކުރަމުންދާ، ރައީސް ޓްރަމްޕާއި ރަޝިއާގެ ގުޅުމުގެ ތުހުމަތުގެ މައްސަލައިގައި ކަމަށެވެ.

 

ކޯމޭ މަގާމުން ވަކިކުރެއްވިއިރު، މިދޔަ ހަފްތާގައި އެމެރިކާގެ ކޮންގްރެސް އަށް ހިލަރީ ކްލިންޓަންގެ އީމެއިލް މައްސަލައިގައި ކޯމޭ ކުށްމައުލޫމާތު ދެއްވިކަމަށް ހާމަވެފައިވެއެވެ.

 

ކޯމޭ މަގާމުން ވަކިކުރެއްވިކަން އެންގެވި ސިޓީފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ރައީސް ޓްރަމްޕް އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް އާއި އެއްްބަސްވެވަޑައިގެންފައި ވަނީ ކޯމޭއަށް،  އެކަށީގެންވާ ގޮތެއްގައި މުައައްސަސާ ހިންގެވުމަށް ނުކުޅެދިފައިވާ ކަމަށެވެ.

 

ކޯމޭއަށް ފަހު އެފްބީއައިގެ ޑައިރެކްޓާ ކަމަށް ދެން ވަޑައިގަންނަވާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ހާމަކޮށްފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ކޯމޭ މަގާމުން ވަކިކުރެއްވުމުގެ ނޯޓު އޭނާޔާ ހަވާލުކުރެއްވިއިރު އޭނާ ހުންނެވީ ލޮސް އެންޖަލީސް ގައި އެފްބީއައިގެ އެޖެންޓުންތަކަކަށް ތަގުރީރެއް ދެއްވުމަށެވެ.

 

އުމުރުން 56 އަހަރުފުޅުގެ ކޯމޭގެ މަގާމުގެ ދައުރަކީ 10 އަހަރު ކަމަށްވާއިރު، މަގާމުން ވަކިކުރެއްވިއިރު އޭނާ މަގާމުގައި ދެމި ހުންނަވާތާ ވީ ހަަތަރު އަހަރެެެވެ.

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
0%
0%
0%
0%
0%
0%
ކޮމެންޓް