ކ. މާލެ
|
10 މެއި 2017 | ބުދަ 13:57
ދެކުނުކޮރެއާގެ 19 ވަނަ ރައީސްގެ ގޮތުގައި އެ މަނިކުފާނު ހުވާކުރައްވާފައިވަނީ ނޭޝަނަލް އެސެމްބްލީ ބިލްޑިންގ ގައި ބުދަ ދުވަހު
ދެކުނުކޮރެއާގެ 19 ވަނަ ރައީސްގެ ގޮތުގައި އެ މަނިކުފާނު ހުވާކުރައްވާފައިވަނީ ނޭޝަނަލް އެސެމްބްލީ ބިލްޑިންގ ގައި ބުދަ ދުވަހު
އަލްޖަޒީރާ
ދެކުނުކޮރެއާގެ ރިޔާސީ އިންތިޚާ
ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި
 
މޫން ވަނީ އެ މަނިކުފާނަކީ އެ އެ ގައުމު ކޮރަޕްޝަނުން ސަލާމަތް ކުރައްވާނެ ފަރާތްކަމަށް ވިދާޅުވެފަ
 
ދެކުނުކޮރެއާގެ 19 ވަނަ ރައީސްގެ ގޮތުގައި އެ މަނިކުފާނު ހުވާކުރައްވާފައިވަނީ ނޭޝަނަލް އެސެމްބްލީ ބިލްޑިންގ ގައި
 
އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މޫންއަށް 41.1 އިންސައްތަ ވޯޓް ލިބިވަޑައިގެންނެވި

ދެކުނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން އެ ގައުމުގެ ރައީސްކަމުގެ ހުވާކުރައްވައިފިއެވެ.

އޭނާވަނީ ހަތުރުވެރި އުތުރުކޮރެއާއަށް "ރަނގަޅު ދަނޑިވަޅެއްގައި" ޒިޔާރަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ވަކީލެއްކަމަށްވާ އުމުރުފުޅުން 64 އަހަރުފުޅުގެ މޫން ޖެއި އިން ފާހަގަކުރެވިފައިވަނީ ލިބަރަލް ވިސްނުންފުޅެއް ގެންގުޅުއްވާ އުތުރުކޮރެއާއާމެދު ގެންގުޅެމުންދާ ސިޔާސަތުން ދުރަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

މީގެ އިތުރުން އޭނާވަނީ ބައިބައިވެފައިވާ ދެކުނު ކޮރެއާ އެކަތި ގަނޑަކަށް ހައްދަވައި އެންމެ ކޮރަޕްޝަން ނައްތާލައްވައި އިގްތިސާދު ރަނގަޅުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އެ މަނިކުފާނުވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ޕާކް ގިއުން ހައިގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާއެކު މަގާމުން ދުރުކުރެވުމުން މި މަހު ބޭއްވި އިންތިޚާބުގައެވެ.

ދެކުނުކޮރެއާގެ 19 ވަނަ ރައީސްގެ ގޮތުގައި އެ މަނިކުފާނު ހުވާކުރައްވާފައިވަނީ ނޭޝަނަލް އެސެމްބްލީ ބިލްޑިންގ ގައި ބުދަ ދުވަހުއެވެ.

ޑެމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުމެ ވަޑައިގެންނެވި މޫން ވަނީ އެ މަނިކުފާނަކީ އެ އެ ގައުމު ކޮރަޕްޝަނުން ސަލާމަތް ކުރައްވާނެ ފަރާތްކަމަށް ވިދާޅުވެ އަދި އެކުވެރި ގައުމެއް ބިނާ ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އުތުރުކޮރެއާއިން ކުރިޔަށް ގެންދާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް މީގެ ކުރީގެ ދެ ސަރުކާރަށް ވެސް ހުއްޓުވާލެވިފައި ނުވާއިރު މި ސަރުކާރަށްވެސް އެ ފާޑުކިއުންތައް އެ މައްސަލަ ނުހުއްޓުވިއްޖެ ނަމަ ފާޑުކިއުން އަމާޒުވުމުގެ ފުރުސަތުބޮޑެވެ.

 

 

އުތުރުކޮރެއާގެ ރެފިއުޖީއެއްގެ ދަރިއެއްގެ ގޮތުގައި ދެކުނުކޮރެއާގައި އުޅުއްވި މޫން އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވުމުގެ ކުރިންވަނީ ދެކުނުކޮރެއާގެ ސްޕެޝަލް ފޯސަސްގައި މަސައްކަތް ކުރައްވާފައެވެ.

ދަރިވަރެއްގެ ގޮތުގައި ހުންނަވަނިކޮށް 1970 ވަނަ އަހަރު އަސްކަރީ ވެރިޔާ ޕާކް ޗުންގ ޗީ އާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި އިސްކޮށް މަސައްކަތް ކޮށްފައިވާތީ  މޫން ވަނީ ޖަލަށްލެވިފައެވެ.

ދެކުނުކޮރެއާގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާއިންވަނީ އާ ރައީސް އަށް މަރުހަބާ ވިދާޅުވެފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ދެކޭކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ދެ ގައުމަށްވެސް ދިމާވެފައިވާ އެއް މައްސަލައަކީ އުތުރު ކޮރެއާގެ މައްސަލަ ކަމަށްވާއިރު ސަރަހައްދުގެ ސުލްހައާ ހަމަޖެހުމަށް ދެ ގައުމުންވެސް ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ކަމަށެވެ.

 

ޗައިނާގެ ރައީސް ޝީ ޖިން ޕިން ވިދާޅުވީ ދެ ގައުމުގެ ގުޅުމަށް އެ މަނިކުފާނު އަބަދުވެސް އަހައްމިއްޔަތުކަން ދެއްވާކަމަށެވެ.

ދެ ގައުމުގެ ފައިދާއަށްޓަކައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޝީ ވިދާޅުވި ކަމަށް ޗައިނާގެ ނޫސް އިދާރާ ޒިންހުއާއިން ރިޕޯޓްކޮށްފައިވެއެވެ.

އުތުރުކޮރެއާއިން ކުރިންވަނީ މޫންއަކީ އެ ގައުމުން ތާއީދުކުރާ ކެނޑިޑޭޓްކަން އިޝާރާތްކޮށްފައެވެ. ނަމަވެސް އެ މަނިކުފާނުގެ ކާމިޔާބީއަށްފަހު ރަސްމީ އެއްވެސް ހައިސިއްޔަތަކުން މަރުހަބާ ކިޔާފައެއް ނުވެއެވެ.

އަންގާރަ ދުވަހު ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މޫންއަށް 41.1 އިންސައްތަ ވޯޓް ލިބިވަޑައިގަންނަވާއިރު ކޮންޒަރވެޓިވް ކެނޑިޑޭޓް ހޮންގ  ޗޫން ޕިޔޯ އަށް ލިބިވަޑައިގެންފައިވަނީ 25.5 އިންސައްތަ ވޯޓެވެ.

ވާދަވެރިވާނެ ކަމަށް ބެލެވުނު އަން ޝިއޯލް ސޫއަށް ލިބިވަޑައިގެންވަނީ 21.4 އިންސައްތަ ވޯޓާއެކު އިންތިޚާބުގެ ތިންވަނައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް