ކ. މާލެ
|
10 މެއި 2017 | ބުދަ 13:43
އިންޑިއާގައި ޑޮކްޓަރަކު ބަލި މީހަކު ބަލަނީ
އިންޑިއާގައި ޑޮކްޓަރަކު ބަލި މީހަކު ބަލަނީ
އޭޕީ
އިންޑިއާ
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
 
އިންޑިއާގައި ޑޮކްޓަރުންނަށް ދޭ އަނިޔާ ދަނީ އިތުރުވަމުން

އިންޑިއާ ސަރުކާރުން ހިންގާ މަޝްހޫރު ހޮސްޕިޓަލެއް ކަމުގައިވާ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް  ސައިންސް (އޭއައިއައިއެމްއެސް)ގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދޭން ނިންމައިފި އެވެ.

ކޮރެއާގެ މާޝަލް އާޓުގެ ހުނަރެއްކަމުގައިވާ ޓައެކްވަންޑޯ ދަސްކޮށްދިނުމުގެ ބޭނުމަކީ، ހޮސްޕިޓަލުން ބުނި ގޮތުގައި ޑޮކްޓަރުން ޑިއުޓީގައި އުޅޭއިރު، ބަލި މީހުންގެ އެހީތެރިންގެ ފަރާތުން ކުރިމަތިވާ ހަމަލާތަކުން ރައްކާތެރިވުމަށް ކަމަށެވެ.

އޭއައިއައިއެމްއެސް ރެސިޑެންޓް ޑޮކްޓާސް އެސޯސިއޭޝަންގެ ރައީސް ވިޖޭ ކުމާރު ވިދާޅުވީ ހަށި ރައްކާތެރިކުރުމުގެ ތަމްރީނު 1،500 ޑޮކްޓަރުންނަށް ދިނުމަށް ބޭނުންވާ ކަމަށެވެ. ބަލި މީހާގެ އެހީތެރިޔާގެ ހަމަލާއެއް އަރާނެ ވަގުތެއް ޑޮކްޓަރުންނަށް ނޭނގޭނެ ކަމަށާއި އެހެންވެ، އެ ޑޮކްޓަރުންނަށް ހަށި ރައްކާތެރިކުރުމުގެ ތަމްރީނު ދިނުން މުހިންމު ކަމަށް ވިޖޭ ވިދާޅުވި އެވެ.

މާޗް މަހު ވެސް އިންޑިއާގެ ޑޫލޭ އަވަށުގެ ޑޮކްޓަރަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ޒަހްމްކޮށްލި އެވެ. އެ ޑޮކްޓަރަށް، ބަލި މީހާގެ އެހީތެރިން އަނިޔާކޮށް ޒަހަމްކޮށްލީ، ހޮސްޕިޓަލްގައި ސީޓީ ސްކޭން ހެދެން ނެތިގެންނެވެ.

އިންޑިއާގައި ޑޮކްޓަރުންނަށް ގޯނާ ކުރުމާއި ޖެއްސުން ކުރުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
0%
ކޮމެންޓް