ކ. މާލެ
|
8 މެއި 2021 | ހޮނިހިރު 19:12
އިނގިރޭސިވިލާތުގެ އެހީ ބަރުކޮށްގެން އިންޑިއާއަށް ފުރަން ތައްޔާރުވެފައިވާ ދުނިޔޭގެ އެންމެ ބޮޑު ކާގޯ ފްލައިޓް
އިނގިރޭސިވިލާތުގެ އެހީ ބަރުކޮށްގެން އިންޑިއާއަށް ފުރަން ތައްޔާރުވެފައިވާ ދުނިޔޭގެ އެންމެ ބޮޑު ކާގޯ ފްލައިޓް
އިންޑިއާ ޓައިމްސް
ކޮވިޑް-19
ދުނިޔޭގެ އެންމެ ބޮޑު ކާގޯ ފްލައިޓްގައި އިންޑިއާއަށް އިނގިރޭސިވިލާތުގެ އެހީ
 
މި ފްލައިޓްގައި 3 ޓަނު އޮކްސިޖަން ޖެނެރޭޓަރާއި 1000 ވެންޓިލޭޓަރު އިންޑިއާއަށް ފޯރުކޮށްދޭނެ

ދުނިޔޭގެ އެންމެ ބޮޑު ކާގޯ ފްލައިޓްގައި އިނގިރޭސިވިލާތުން އިންޑިއާއަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުން މި ފްލައިޓްގައި 3 ޓަނު އޮކްސިޖެން ޖެނެރޭޓަރާއި 1000 ވެންޓިލޭޓަރު އިންޑިއާއަށް ފޯރުކޮށްދޭނެއެވެ.

ލަންޑަން އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ކާގޯ ފްލައިޓަށް އިންޑިއާއަށް ފޯރުކޮށްދޭ އެހީގެ ސާމާނު ބަރުކުރަމުން އަންނަ ކަމަށެވެ. އަދި އާދީއްތަ ދުވަހުގެ ވަގުތެއްގައި ފްލައިޓް އިންޑިއާއަށް ފުރުވާލެވޭނެ ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިންޑިއާއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ހިމެނޭ އޮކްސިޖެން ޖެނެރޭޓަރުތަކަކީ 500 ލީޓަރު އޮކްސިޖެން މިނެޓެއްގެ ތެރޭގައި އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ޖަނަރޭޓަރުތަކެއް ކަމަށެވެ. އަދި މިއީ 50 މީހުނަށް އެއްފަހަރާ ބޭނުން ކުރެވޭނެ ވަރަށް އޮކްސިޖެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ޖަނަރޭޓަރުތަކެއް ކަމަށެވެ.

އިންޑިއާގައި ކޮވިޑް ފެތުރޭ މިންވަރު ރެކޯޑް އަދަދަކަށް އިތުރުވެފައިވާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

އިންޑިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާއިރު އެ ގައުމުގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ލިބުން ދަތިވެ، ބަލިޖެހޭ މީހުންނަށް އެންމެ އެކަށޭނެ ގޮތުގައި ފަރުވާ ނުލިބެއެވެ.

އިންޑިއާއިން އޮކްސިޖަންގެ ސަޕްލައި މަދުވަމުންދާ މައްސަލައާ ކުރިމަތިލާއިރު، އެގައުމުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20 މިލިއަން ފަހަނައަޅައި ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
4%
71%
0%
4%
17%
4%
ކޮމެންޓް