ކ. މާލެ
|
9 މެއި 2017 | އަންގާރަ 17:48
ޝަލަބީ ގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޕޯސްޓަރ
ޝަލަބީ ގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޕޯސްޓަރ
ޓްވިޓަރ
ޝަލަބީ އިބްރާހިމް
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ
 
ލަވަ ހަދަން ތިން މަސްދުވަސް ހޭދަވި
 
އެ ލަވައަކީ "ޑިޕްރެޝަން ލަވްސްޓޯރީއެއް"

ޝަލަބީ އިބްރާހިމްގެ ފުރަތަމަ ވީޑިއޯ ލަވަ "އާދޭސް" މިމަހުގެ 13 ވަނަ ދުވަހު ނެރޭނެ ކަމަށް ޝަލަބީގެ މެނޭޖަރ ޝަފީގް އަލީ (ސައްޕެ) ބުނެފިއެވެ.

އެލަވައާއި ބެހޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އޭނާ ބުނީ އެ ލަވައަކީ "ޑިޕްރެޝަން ލަވްސްޓޯރީއެއް" ކަމަށެވެ.

މި ލަވައިގެ ޝޫޓިން 3 މަސްދުވަހުން ނިންމާލާފައިވާއިރު ބޮޑުބައެއް ނަގާފައިވަނީ ގުދަނެއްގެ ތެރޭގައި ބޮޑު ސެޓެއްގައެވެ. ސައްޕެ ބުނާގޮތުން އެއީ ފިލްމެއް ހަދާލުމަށް ދާ ވަގުތަށްވުރެ ދިގު ވަގުތެކެވެ.

"އާދޭސް" ގެ ލިރިކްސް ހަދާފައިވަނީ ޝަލަބީގެ ބޭންޑް ކަމަށްވާ "ހައުސްއޮފް މިއުޒިކް" އިންނެވެ. މި ލަވައިގައި ޝަލަބީގެ އިތުރުން ފެނިގެން ދާނީ މޮޑެލް ޝައްމަތު އިބްރާހިމް އަދި ހައުސް އޮފް މިއުޒިކް ބޭންޑެވެ. ޝައްމަތަކީ ދާދި ފަހުން ނިކުތް މުންކޮގެ ފިލްމު ކަމަށްވާ "އިލްނޮއިސް" އިންވެސް ފެނިގެންދިޔަ ފަރާތެކެވެ.

ޝަލަބީ އާންމުކޮށް ކިޔަނީ ވަރަށް މަޑުމައިތިރި ލަވައެވެ. އެހެން ނަމަވެސް ސައްޕެ ބުނީ މިލަވައަކީ އާންމުކޮށް ޝަލަބީ ނުކިޔާ ވައްތަރުގެ ލަވައެއްކަމަށެވެ.

ސައްޕެ ބުނީ މި ލަވައިގެ ސަޕްރައިޒެއް އެބައޮތްކަމަށެވެ. އެހެން ނަމެވސް އަދި އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެން ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް