ކ. މާލެ
|
9 މެއި 2017 | އަންގާރަ 16:16
ޖަޕާނަކީ ބިންހެލުން އަންނަ ސަރަހައްދެއްގައިވާ ގައުމެއް
ޖަޕާނަކީ ބިންހެލުން އަންނަ ސަރަހައްދެއްގައިވާ ގައުމެއް
ޖަޕާން ބިންހެލުން އައުން
ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ
 
ޖަޕާނަކީ އާންމުކޮށް ބިންހެލުން އަންނަ ގައުމެއް

ޖަޕާނުގެ ދެކުނުގެ ސަރަހައްދަށް  އަންގާރަ ދުވަހު ދެބިން ހެލުމެއް އަތުވެއްޖެއެވެ.

ދެބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް އައިސްފައިނުވާއިރު މިއިން އެއްވެސް ބިންހެލުމެއްގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

ފުރަތަމަ ބިންހެލުން އައިސްފައި ވަނީ އޮކިނާވާ ޕްރިފެކްޗާ ގެ ވެރިރަށް ކަމަށްވާ ނިހާގެ ރަށްބޭރުން 250 ކިލޯމީޓަރު ދުރުގައިވާ ސަރަހައްދަކަށެވެ. ރިކްޓާ ސްކޭލުން 6.4 މެގްނިޓިއުޑް ގައި އައި ބިންހެލުމުގެ ސަބަބުން އޭގެ އަސަރު ކުރި މިޔަކޮޖިމާ ސިޓީ އަކީ 56،000 މީހުންގެ އާބާދީއެއްގެ މަައްޗަށް އެކުލެވޭ ސިޓީއެކެވެ. މާގިނައިރުތަކެއް ނުވެ ދެވަަނަ ބިންހެލުން އައީވެސް ހަަމަ ފުރަތަމަ ބިންހެލުން އައި ސަރަހައްދަށެވެ. ދެވަަނަ ބިންހެލުން އައީ ރިކްޓާ ސްކޭލުން 5 މެގްނިޓިއުޑްގައެވެ. 

ޖަޕަނަކީ، ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ އެއް ސަރަހައްދުގައިވާ ގައުމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް