ކ. މާލެ
|
8 މެއި 2017 | ހޯމަ 17:26
ޖަސްޓިން ބީބާ އަދި ކަރަން ޖޯހަރު
ޖަސްޓިން ބީބާ އަދި ކަރަން ޖޯހަރު
ގޫގުލް
ކޮފީ ވިތު ކަރަން
"ކޮފީ ވިތު ކަރަން"ގެ ސީޒަން 6 ގައި ފުރަތަމަ އެޕިސޯޑަށް ޖަސްޓިން ބީބާ
 
ޓުއާގައި އިންޑިއާގެ މުމްބާއީއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު

"ކޮފީ ވިތު ކަރަން" ގެ ސީޒަން 6 ގެ ފުރަތަމަ އެޕިސޯޑް ގެ ގެސްޓަކީ ޖަސްޓިން ބީބާ ކަމަށް ޚަބަރުތައް ބުނެފިއެވެ. ޖަސްޓިން ބީބާ ވަނީ އިންޑިއާ އަށް ޓުއާއަކަށް ދިއުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

"ކޮފީ ވިތު ކަރަން" ގެ 5 ސީޒަން ވަނީ މިހާރު ދައްކާ ނިންމާފައެވެ. ޖަސްޓިން ބީބާ އެޝޯގައި ބައިވެރިވުން ވެގެންދާނީ އިންޑިއާ ނޫން އެހެން ގައުމެއްގެ ސެލެބްރިޓީއެއް އެޝޯގައި ބައިވެރިވި ފުރަތަމަ ފަހަރަށެވެ.

ބީބާގެ އިންޑިއާ ޓުއާގައި އިންޑިއާގެ މުމްބާއީ ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. އެގޮތުން މުމްބާއީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. ޚަބަރުތައް ބުނާގޮތުން ޖަސްޓިން ބީބާގެ ޓުއާގައި 500 އަށްވުރެ ގިނަ އިންޑިއާގެ ފުލުހުން ސެކިއުރިޓީ ބެހެއްޓަމުން ގެންދާނެއެވެ.

މީގެ އިތުރުން ބީބާގެ އިންޑިއާ ޓުއާގައި ދޭ ޝޯގައި 45،000 އޯޑިއެންސް ބައިވެރިވާނެކަމަށް ވެއެވެ. މި ޝޯއަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މިހާރު ވަނީ މިޝޯގެ ޓިކެޓްތައް ވިއްކާފައެވެ. ޝޯގެ ޓިކްޓްގެ އަގު ބޮޑުވެގެން އެވާހަކަ ޓްވީޓާގައި ވަނީ ވަރަށް ގަދައަށް ދައްކާފައެވެ. ޖަސްޓިން ބީބާގެ ޓުއާ ޝޯގެ އަގަކީ 1149 ޑޮލަރެވެ.

އޭނާ ގެ ޓުއާގައި އިންޑިއާގެ މުމްބާއީއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
8 މެއި 2017 | ހޯމަ 20:21
ރިޗާރޑް ގިޔާރ
މަވެސް ތިޝޯގައި ބައިވެރިވިން.