ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 22:32
އިންޑިއާގެ ސްޕޯޓްސް މިނިސްޓަރ ކިރެން ރިޖިޖު
އިންޑިއާގެ ސްޕޯޓްސް މިނިސްޓަރ ކިރެން ރިޖިޖު
ހިންދުސްތާނީ ޓައިމްސް
އިންޑިއާ
އިންޑިއާގެ ސްޕޯޓްސް މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
ވޯޓަރ ސްޕޯޓްސް އެންޑް އެޑްވެންޗަރ އިންސްޓިޓިއުޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ވަނީ ބައިވެރިވެފައި
 
މިނިސްޓަރު މިހާރު ހުންނެވީ ކަރަންޓީނުގައި

އިންޑިއާގެ ސްޕޯޓް މިނިސްޓަރ ކިރެން ރިޖިޖު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

އެކަން ހާމަކުރައްވާ މިނިސްޓަރ ކިރެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮވިޑް-19ގެ ޓެސްޓު އެތައް ފަހަރަކު ހެދުމަށް ފަހު މިއަދު ލިބުނު ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކަމަކު އޭނާގެ ހާލު ރަނގަޅު ކަމަށާއި "ފިޓް އެންޑް ފައިން" ކަމަށް ވިދާޅުވިއެވެ.

އުމުރުން 49 އަހަރުގެ މިނިސްޓަރ ކިރެން ވިދާޅުވީ އޭނާ މިހާރު ކަރަންޓީނުގައި ހުންނަވައިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އަމަލުކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ އާ ބައްދަލުވެފައިވާ މީހުން ވީހާވެސް އަވަހަށް ޓެސްޓުކޮށް އަމިއްލައަށް ކަރަންޓީންވާން އިލްތިމާސް ކުރައްވާފައިވެއެވެ.

ކޮވިޑް-19ށް މިނިސްޓަރު ކިރެން ޕޮޒިޓިވްވެފައިވާއިރު އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އޭނާ ވަނީ ދާދިފަހުން އިންޑިއާގެ ތެހްރީގައި ބޭއްވި ވޯޓަރ ސްޕޯޓްސް އެންޑް އެޑްވެންޗަރ އިންސްޓިޓިއުޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތުގައި އުއްތަރަކަންޑް ސްޓޭޓުގެ ޗީފް މިނިސްޓަރ ތިރަތު ސިންގ ރާވަތު ބައިވެރިވެވަޑައިގެންނެވި އިރު އޭނާ އަށް ވެސް ކޮވިޑް-19ޖެހި އެ ބަލިން ރަނގަޅުވިތާ އަދި މާ ގިނަ ދުވަސްނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން ކޮވިޑް-19ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ 234,692 މީހުންނަށް ކޮވިޑް ޖެހިގެން ހޮނިހިރު ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށާއި ފާއިތުވި ނުވަ ދުވަހު ހައިރާންވާ ވަރަށް ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާކަމަށެވެ. އެގައުމުގައި ހަލުވި ކަމާއިއެކު ބަލި ފެތުރި، ގިނަ އަދަދެއްގެ ބަޔަކު ޕޮޒިިޓިވްވަމުންދާތީ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އެނދުގެ ދަތިކަމާއި އޮކްސިޖަންގެ ދަތިކަމާ އެގައުމަށް މިހާރު ވަނީ ކުރިމަތިލާންޖެހިފައެވެ. އިންޑިޔާއިން 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް