ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 19:50
ދަންބައި - މި ޕްރޮގުރާމް ދައްކާނީ ހޮނިހިރު ދުވަހުގެރޭ 00:30 ގައި
ދަންބައި - މި ޕްރޮގުރާމް ދައްކާނީ ހޮނިހިރު ދުވަހުގެރޭ 00:30 ގައި
ރާއްޖެއެމްވީ
ދަންބައި
ހެއްވާ މަޖާ "ދަންބައި" މިރޭ 00:30 ގައި!
 
ކުރީގައި ހިމެނިފައިވާ ބައިތަކުގެ އިތުރުން، އިތުރު ބައިތަކެއް މި އަހަރުގެ ޕްރޮގުރާމުގައި ހިމެނޭ
 
މި އަހަރުގެ ދަންބައި ޕްރޮގުރާމުގައި ހަތަރު އެޕިސޯޑް ފެނިގެންދާނެ

ރަމަޟާން މަހަށް ހާއްސަކޮށްގެން ރާއްޖެޓީވީން ގެނަސްދޭ "ދަންބައި" ޕްރޮގްރާމް ހޮނިހިރު ދުވަހުގެރޭ 00:30 ގައި ދައްކާނެއެވެ.

ދަންބައި ޕްރޮގުރާމަކީ ހެއްވާ މަޖާ ކޮންސެޕްޓަކަށް ތައްޔާރުކޮށްގެން ރާއްޖެޓީވީން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ގެނެސްދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމުގެ ޕްރޮޑިއުސަރ، އެސިސްޓެންޓް ޗީފް ކެމެރާމަން އާދަމް ޒަރީރު ބުނީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު ދަންބައިގައި ފެނިގެންދާއިރު، މި އަހަރުގެ ޕްރޮގުރާމް އެހެން އަހަރުތަކަށްވުރެ ހުރިހާ ގޮތަކުންވެސް ތަފާތު ވާނެ ކަމަށާއި، އެގޮތުން މީގެ ކުރިން ހިމެނުނު ބައިތަކުގެ އިތުރުން، އިތުރު ބައިތަކެއް މި އަހަރުގެ ޕްރޮގުރާމުގައި ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ޓިކްޓޮކް ޗާޓާއި، ކެއްކުމުގެ ސެގްމެންޓް އިތުރުވާނެ ކަމަށް ބުންޏެވެ. އަދި މީގެ އިތުރުން މި ޕްރޮގުރާމް ހުށަހެޅުމުގައި ބައިވެރިވާނީ ރާއްޖެޓީވީގައި މަސައްކަތްކުރާ އެހެންނަމަވެސް ޓީވީއަށް އައު މޫނެއް ކަމަށް ޒަރީރު ބުނިއެވެ.

މީގެ އިތުރުން މި ޕްރޮގުރާމްގެ މެހުމާން ބައިން ފެނިގެންދާނީ ރާއްޖެޓީވީގެ ކެމެރާމަނުންނާއި، ނޫސްވެރިން އަދި އެހެނިހެން މުވައްޒަފުންނާއި، ޓިކްޓޮކުން އަރަމުން އަންނަ ތަރިން ކަމަށް ޒަރީރު ބުންޏެވެ. އަދި މި ޕްރޮގުރާމް ފުރިހަމަކޮށް ގެނެސްދިނުމުގައި ރާއްޖެޓީވީގެ ޓެކްނިކަލް ޓީމާއި، ރާއްޖެޓީވީގެ ހުރިހާ ޑިޕާޓްމަންޓަކުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޒަރީރު ވަނީ ޝުކުރުއަދާކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ދަންބައިގެ ފުރަތަމަ އެޕިސޯޑް ދައްކާއިރު، މި އަހަރުގެ ދަންބައި ޕްރޮގުރާމުގައި ހަތަރު އެޕިސޯޑް ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް