ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 19:35
އެމްއެންޔޫއެސްޔޫއިން ބޭއްވި ދިގު ހިނގުމުގެ ހަރަކާތުގެ ތެރެއިން
އެމްއެންޔޫއެސްޔޫއިން ބޭއްވި ދިގު ހިނގުމުގެ ހަރަކާތުގެ ތެރެއިން
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ ރޯދަ ރަން
އެމްއެންޔޫއެސްޔޫ ރޯދަ ރަން ފަށައިފި
 
ދުވުމުގެ ޗެލެންޖު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނައިކް ރަން އެޕްލިކޭޝަން މެދުވެރިކޮށް
 
މި ޗެލެންޖު ކުރިއަށްދާނީ އޭޕްރީލް 16ން މެއި 20ށް

ރަމަޟާން މަހަށް ޚާއްސަކޮށްގެން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ކުރިޔަށް ގެންދާ 'އެމްއެންޔޫއެސްޔޫ ރޯދަ ރަން ޗެލެންޖް' ފަށައިފިއެވެ.

މި ޗެލެންޖު ފަށާފައިވަނީ ހުކުރު ދުވަހުއެވެ. އެމްއެންޔޫއެސްޔޫއިން ބުނީ މި ޗެލެންޖު ކުރިއަށްދާނީ އޭޕްރީލް 16ން މެއި 20ށް ކަމަށެވެ. މި ޗެލެންޖަކީ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ޗެލެންޖެއް ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެއެވެ.

މި ޗެލެންޖު ފުރިހަމަކުރާ ކޮންމެ ފަރާތަކަށް މެޑައްޔެއް ދިނުމަށް ހަމަޖެހިފައިވާއިރު، 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމެއް ދިނުމަށް އެމްއެންޔޫއެސްޔޫ އިން ވަނީ ކަނޑައަޅާފައެވެ.

މި ޗެލެންޖު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނައިކް ރަން އެޕްލިކޭޝަން މެދުވެރިކޮށެވެ.

މީގެ އިތުރުން ދުޅަހެޔޮ އެމްއެންޔޫ، ދުޅަހެޔޮ މުޖުތަމައު ޝިއާރުގެ ދަށުން ހިނގުމުގެ ހަރަކާތެއްވެސް ވަނީ ފަށައިފައެވެ. މި ހަރަކާތުގެ މަޤްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އާދަ ކުރުވާ އުފާވެރި އެކުވެރި މާހައުލެއް ގާއިމްކުރުމެވެ. މި ހަރަކާތަކީ އެމްއެންޔޫގެ ސްޓްރެޓީޖިކް ޕްލޭން 2020-2025 ގެ 8.7 ވަނަ މާއްދާގެ ދަށުން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިއެކެވެ.

އެމްއެންޔޫއެސްޔޫއަކީ އާންމުންނަށާއި، އެމްއެންޔޫގެ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. ކޮވިޑްގެ މި ހާލަތާއިއެކު އެ ޖަމިއްޔާއިން ހަރަކާތްތައް ބާއްވަމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް