ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 17:59
ބ. މާޅޮސް
ބ. މާޅޮސް
ކޯޕަރޭޓް މޯލްޑިވްސް
ކޮވިޑުގެ ކޭސްތައް ފެނުން
ބ. މާޅޮހުން ވެސް ކޮވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިން އަށް ލައިފި
 
އެ ރަށުން ޕޮޒިޓިވްވެފައިވަނީ ދެ ފަތުރުވެރިން

ބ. މާޅޮހުން ކޮވިޑް-19ގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިން އަށް ލައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ރަށް މޮނިޓަރިން އަށް ލާފައިވަނީ އެ ރަށު ގެސްޓް ހައުސްއެއްގައި ދިރިއުޅެމުން އައި ދެ ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.

އެ ސެންޓަރުން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 13 ރަށެއް ވަނީ މޮނިޓަރިން އަށް ލާފައެވެ.

މޮނިޓަރިން އަށް ލާފައިވާ ރަށްތަކާއި ދުވަސްތައް

  1. ކ. ހުރާ - 21.03.2021
  2. ކ. ދިއްފުށި - 23.03.2021
  3. ޅ. ނައިފަރު - 23.03.2021
  4. ޅ. ފެލިވަރު - 24.03.2021
  5. ޅ. ހިންނަވަރު - 27.03.2021
  6. ޅ. ކުރެންދޫ - 01.04.2021
  7. އދ. މާމިގިލި - 04.04.2021
  8. ތ. ވިލުފުށި - 05.04.2021
  9. ތ. ވޭމަންޑޫ - 09.04.2021
  10. ތ. ކިނބިދޫ - 11.04.2021
  11. ތ. އޮމަދޫ - 14.04.2021
  12. ތ. ގާދިއްފުށި - 14.04.2021
  13. ތ. މަޑިފުށި - 16.04.2021

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބާލައިރު މީގެ ކުރިން ފެންނަ ކޭސްތަކުގެ އަދަދު ގިނަވި ނަމަވެސް މިހާރު ފެންނަ ކޭސްތަކުގެ އަދަދު ވަނީ މަދުވެފައެވެ. ކޭސްތަކުގެ އަދަދު މަދުވިކަމުގައިވީނަަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅޭ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ.

ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު މަދުވެފައިވާއިރު ދަތުރުކުރެވޭނެ އުސޫލު އެޗްޕީއޭ އިން ވަނީ އާންމުކޮށްފައެވެ.

މި އުސޫލު ބުނާ ގޮތުން ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުން ކޮވިޑް-19 ވެކްސިން ގެ ދެ ޑޯޒް ފުރިހަމަކުރުމުން، ކަރަންޓީނުވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީންވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން އެ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަސް އިންސައްތައަށްވުރެ މަތި ރަށަކުން، އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށާއި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ފަތުރުވެރިން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހޭނެ ކަމަށާއި ކަރަންޓީންވާން ނުޖެހެނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެން ނަމަވެސް ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންޖެހެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ހަދަންޖެހެއެވެ.

އެޗްޕީއޭ އިން ބުނީ މި އެންގުމަށް ޢަމަލުކުރަން ފެށުމާއެކު، ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް އިންސައްތައަށްވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް ފަސް އިންސައްތައަށްވުރެ މަތި ރަށްރަށް، އެ އެޖެންސީން އާންމު ކުރަމުން ގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް