ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 13:20
ސްޕެއިންގެ ގައުމީ އެއަރލައިން އައިބީރިއަން އެއަރލައިން
ސްޕެއިންގެ ގައުމީ އެއަރލައިން އައިބީރިއަން އެއަރލައިން
ސޯޝަލް މީޑިއާ
އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުން
ހޫނު މުސުމާ ދިމާކޮށް ސްޕެއިނުގެ ގައުމީ އެއަރލައިނުގެ ދަތުރުތައް ރާއްޖެއަށް
 
މިހާރުވެސް ރާއްޖެއަށް 30 އެއަލައިނަކުން ދަނީ ދަތުރުތައް ބާއްވަމުން
 
އައިބީރިއާ އެއަރލައިނުން ރާއްޖޭގެ އިތުރުން 112 މަންޒިލަކަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައި
 
ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހުން ފެށިގެން އޮގަސްޓުމަހާއި ހަމައަށް

ސްޕެއިންގެ ގައުމީ އެއަރލައިން އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހު ހޫނު މޫސުމާ ދިމާކޮށެވެ. އައިބީރިއާ އެއަރލައިންސްއާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން އައިބީރިއާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހުން ފެށިގެން އޮގަސްޓުމަހުގެ ނިޔަލަށް ހަފުތާއަކު 2 ދަތުރެވެ.

އައިބީރިއާ އެއަރލައިނުން މިހާރުވަނީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ނަގަން ޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. މިކަމާއި ގުޅޭގޮތުން އައިބީރިއާ އެއަރލައިންގެ އެގްޒެކެޓިވް ޗެއަރމަން ހޭވިއަރ ސަންޗޭޒް ޕްރިއެޓޯ ވިދާޅުވެފައިވަނީ ރާއްޖެއަށް އެއަރލައިންގެ ދަތުރުތައް ފެށުމަށް ނިންމާ އިޢުލާންކުރުމުން ދައްކައިދެނީ މި ހާލަތާއިއެކުވެސް އައިބީރިއާއިން އާ މަރކެޓްތަކަށް ދަތުރުތައް ފަށައި ޓޫރިޒަމް ސެކްޓަރ ކުރިއަރުވަން ކުރާ މަސައްކަތް ކަމަށެވެ. އައިބީރިއާ އެއަރލައިންސްގެ ދަތުރުތައް ފެށުމުން ސްޕެއިންގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ. ކޮވިޑާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި އައިބީރިއާ އެއަރލައިނުން ރާއްޖޭގެ އިތުރުން 112 މަންޒިލަކަށް ހޫނު މޫސުމުގައި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓޫރިޒަމް ސްޓޭމްޕްވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުވެފައިވާއިރު، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަގްބޫލްކަން އިތުރުވެ ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 30 އެއަލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާ 23 އެއަރލައިންއަކާއި ޗާޓަރު ދަތުރުތައް ބާއްވާ 7 އެއަރލައިނެކެެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
ޑްރަގް އެތެރެކުރުމުގެ ތަހުމަތުގައި ހައްޔަރުކުރި ދެމަފިރިން: ލަގެޖުން 994 ގްރާމުގެ މަސްތުވާތަކެތި އަދި އަތްދަބަހުން 1751 ޑޮލަރު ފެނުނު
ފެނިގެންދަނީ ސިޔާސީ ބޭނުމަކަށް ފަތުރުވެރިކަން ނުރައްކަލަށް ވައްޓާލަމުންދާތަން: އަމީރު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި
ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަނަށް އިތުރުކުރުމަށް އަހަރަކު ފަސް މިލިއަން ފަތުރުވެރިން ގެންނަން ޖެހޭ: ސައީދު
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު
އޭވިއޭޝަން ދާއިރާ ކުރިއަރުވައި، މައްސަލަތައް ހައްލުކުރުމުގެ މަޝްވަރާއަށް އޭވިއޭޝަން ފޯރަމެއް ބާއްވަނީ