ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 12:32
އިންޑިއާއިން 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
އިންޑިއާއިން 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
އިންޑިއާ ޓައިމްސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އިންޑިޔާގައި 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރެކޯޑު އަދަދަކަށް މައްޗަށް
 
ބްރެޒިލް އަދިި އެމެރިކާ ގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކަށްވުރެ އިންޑިޔާގައި ފެންނަ ކޭސްތައް ދެގުނަ އިތުރު
 
އެނދުގެ ދަތިކަމާއި އޮކްސިޖަންގެ ދަތިކަމާ އެގައުމަށް މިހާރު ވަނީ ކުރިމަތިލާންޖެހިފައި

ފާއިތުވި 24 ގަޑިއިރުތެރޭގައި އިންޑިޔާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.  

އިންޑިޔާގެ ހެލްތް މިނިސްޓްރީން ބުނީ 234,692 މީހުންނަށް ކޮވިޑް ޖެހިގެން ހޮނިހިރު ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށާއި ފާއިތުވި ނުވަ ދުވަހު ހައިރާންވާ މިންވަރަށް ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާ ކަމަށެވެ. އެގައުމުގައި ހަލުވި ކަމާއިއެކު ބަލި ފެތުރި، ގިނަ އަދަދެއްގެ ބަޔަކު ޕޮޒިިޓިވްވަމުންދާތީ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އެގޮތުން އެނދުގެ ދަތިކަމާއި އޮކްސިޖަންގެ ދަތިކަމާ އެގައުމަށް މިހާރު ވަނީ ކުރިމަތިލާންޖެހިފައެވެ. އިންޑިޔާއިން 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 10،000ށް ވުރެ ދަށުގައެވެ. ނަމަވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިންޑިޔާގެ އެކި ހިސާބުތަކުގައި މި ބަލި ފެތުރިފައިވާއިރު މަހަރާޝްތްރާ، ކެރެލާ، ކަރްނަޓާކާ، އަދި ޓެމިލް ނާޑޫން ފެނިފައިވާ ކޭސްތަކުގެ އަދަދު ދަނީ ކޮންޓްރޯލް ނުކުރެވި އިތުރު ވަމުންނެވެ. 

ދުނިޔޭގައި މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އަނެއް ދެގައުމުކަމުގައިވާ ބްރެޒިލް އާއި އެމެރިކާ ގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކަށްވުރެ އިންޑިޔާގައި ފެންނަ ކޭސްތައް ދެގުނަ އިތުރެވެ. ނަމަވެސް މީހުން މަރުވާ ރޭޓް އަނެއް ދެގައުމާ އަޅާބަލާއިރު މަދެވެ.

ކޭސްތައް އިތުރުވަމުން އައި ނަމަވެސް އެގައުމުގައި ކުރިޔަށްގެންދާ ހިންދީ ދީނުގެ ބޮޑެތި ހަރަކާތްތަކަށް ހުއްޓުމެއްނާދެއެވެ. މިހަރަކާތްތަކުގައި 650،000ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަރަކާތްތަކުގައި ގައިދުރުކަމެއް ނޯންނައިރު މާސްކު އެޅުމެއް ވެސް ނޯވެއެވެ. އަނެއްކޮޅުން ހަތަރު ސްޓޭޓެއްގައި ބޭއްވި އިންތިޚާބުތަކުގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން ވެސް ކޭސްތައް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް