ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 09:40
ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު- އާދަމް ވަނީ ވެމްކޯގެ މުވައްޒަފުންގެ މަސައްކަތްތައްވެސް ފާހަގަ ކުރައްވާފައި
ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު- އާދަމް ވަނީ ވެމްކޯގެ މުވައްޒަފުންގެ މަސައްކަތްތައްވެސް ފާހަގަ ކުރައްވާފައި
ވެމްކޯއިން ދެމުންގެންދާ ޚިދުމަތްތައް
މަޖުބޫރުން ފީ ނަގަން ބޭނުމެއް ނޫން، ރައްޔިތުން އިހުލާސްތެރިވުމަށް އެދެން: ވެމްކޯގެ އެމްޑީ
 
ރަޖިސްޓްރީ ކޮށްގެން ޚިދުމަތް ދެނީ 19000 އެއްހާ ގޭބިސީއަށް
 
ވެކްމޯގެ ޚިދުމަތް ހޯއްދެވުމަށް ރަޖިސްޓްރީކޮށް، ދައްކަންޖެހޭ ފީ ދެއްކުމަށް އިލްތިމާސް ކުރެއްވި
 
ރޯދަ މަހު ވެމްކޯގެ މަސައްކަތްތައްވެސް 4 ގުނައަށް އިތުރުވެފައިވޭ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް ހޯދުމަށް ދައްކަންޖެހޭ ފީ ދައްކައި، ވެމްކޯގައި ރަޖިސްޓަރ ވެގެން ޚިދުމަތް ހޯދުމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު އެދިވަޑައިގެންފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދަމް މުޙައްމަދު ވިދާޅުވީ، ރޯދަ މަހު ވެމްކޯގެ މަސައްކަތްތައްވެސް 4 ގުނައަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ރޯދައަށް ތައްޔާރުވުމަށް ގޭގެއިން ސާމާނު ބަދަލު ކުރުމާއި، އެކި ބާވަތުގެ ތަކެތި ގަތުމުގެ ސަބަބުން އުފެދިފައިވާ ކުނީގެ ނިސްބަތްވެސް ގިނަކަން އާދަމް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، މާލެ ސަރަޙައްދުގެ ގިނަ ގެތައް ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓަރ ކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމަށް އުޖޫރަ ނުދޭ ގޭބިސީތައްވެސް ގިނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ބަރަކާތްތެރި ރަމަޟާން މަހު ހުރިހާ ބޭފުޅުން މި ތިއްބަވަނީ އަޅުކަމުގައި، މި އަޅުކަން އަދާކުރާއިރު، ސާފުތާހިރު ކަމަކީ އީމާންތެރިކަމުގެ ގޮތުންވެސް އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ އެއް ކަންތައް، އެހެންނަމަވެސް އަޅުގަނޑު ހިތާމަޔާއެކު ދަންނަވަން އެބަޖެހޭ ފަރުދީ ޒިންމާ ކޮންމެސް ވަރަކަށް ރައްޔިތުން އަދާކުރައްވަން، މާލޭގެ ބޮޑު ބައެއް މީ ރަޖިސްޓަރ ނުކޮށް ތިއްބަވާ ބޭފުޅުން
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު

އާދަމް ވަނީ ވެކްމޯގެ ޚިދުމަތް ހޯއްދެވުމަށް ރަޖިސްޓްރީކޮށް، ދައްކަންޖެހޭ ފީ ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ވެމްކޯގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި އާދަމް ވިދާޅުވީ، ރޯދަ މަސް ފެށުނު ފަހުން ހާރުކާ ގަޑިއާ ޖެހެންދެން މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި އުޅެންޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު ހާރުކައިގެން އަނބުރާ އަންނައިރު ބައެއް ގޭބިސީތަކުން ކުނި ނެރެފައި ހުންނަކަން ފާހަގަ ކުރައްވައި އޭނާ ވަނީ ކުނި ނެރުމަށް ޚާއްސަކޮށްފައިވާ ގަޑިތަކަށް ސަމާލުކަންދީ ފަރުދީ ޒިންމާވެސް އަދާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އާދަމް ވިދާޅުވީ، ކޮވިޑުގެ މި ޙާލަތަކީ ގެއްލުމާއެކުވެސް ކުންފުނިން ޚިދުމަތް ދިނުމަށް މަޖުބޫރުވެފައިވާ ޙާލަތެއް ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ކޮށްގެން ޚިދުމަތް ދެނީ 19000 އެއްހާ ގޭބިސީއަށްކަން ފާހަގަ ކުރައްވައި އާދަމް ވިދާޅުވީ، މާލެ ސަރަޙައްދުގެ 34،000 އެއްހާ ގޭބިސީން ރަޖިސްޓްރީކޮށްގެން ދައްކަން ޖެހޭ ފީއާއެކު ޚިދުމަތް ދޭނަމަ 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށެވެ. ނަމަވެސް ޤާނޫނުގެ އަތް ބޭނުންކޮށްގެން މަޖުބޫރުކޮށްގެން ފައިސާ ހޯދުމަކީ ކުންފުނިންވެސް ކުރަން ބޭނުންވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އާދަމް ވަނީ ހުރިހާ ރައްޔިތުންވެސް އިހުލާސްތެރިކަމާއެކު ކުންފުނީގެ ޚިދުމަތް ހޯއްދެވުމަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް