ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 07:43
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލަނީ
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލަނީ
ރާއްޖެ އެމްވީ
ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ
އެމްޑީޕީއަށް 11 އަތޮޅުގެ ރައީސްކަމާއި 3 ސިޓީގެ މޭޔަރުކަން، ޕީޕީއެމް އަށް 7 އަތޮޅުގެ ރައީސް ކަމާއި 1 ސިޓީގެ މޭޔަރުކަން
 
ޕީޕީއެމްއަށް ކާމިޔާބުކުރެވިފައިވާ 7 އަތޮޅަކީ ރ، ޅ، ކ، ފ، ތ، ގއ އަދި ގދ އަތޮޅު
 
އެމްޑީޕީއަށް ކާމިޔާބުކުރެވިފައިވާ 11 އަތޮޅަކީ ހއ، ހދ، ށ ،ނ، ބ ،އއ، އދ، ވ، މ، ދ އަދި ލ އަތޮޅު
 
ޕީޕީއެމް އަށް މޭޔަރުކަން ކާމިޔާބުކުރެވިފައިވަނީ މާލެ ސިޓީން
 
އެމްޑީޕީއަށް މޭޔަރުކަން ކާމިޔާބުކުރެވިފައިވާ ސިޓީތަކަކީ ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު އަދި އައްޑޫ ސިޓީ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް 3 ސިޓީއެއްގެ މޭޔަރުކަމާއި 11 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެވިފައިވާއިރު، ޕީޕީއެމް އަށް އެއް ސިޓީއެއްގެ މޭޔަރުގެ ގޮނޑި އަދި 7 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އެންމެ ފަހުން ގާނޫނަށް ގެނައި ބަދަލާއެކު ފުރަތަމަ ފަހަރަށް ސިޓީތަކުގެ މޭޔަރުން އިންތިޚާބުކުރުމަށާއި އަތޮޅު ކައުންސިލްގެ ރައީސުން އިންތިޚާބުކުރުމަށް ވަނީ ވޯޓުލާފައެވެ. އެގޮތުން 4 ސިޓީ އެއްގެ މޭޔަރުންނާއި 18 އަތޮޅެއްގެ ކައުންސިލްގެ ރައީސުން އިންތިޚާބުކުރުމަށް ވަނީ ވޯޓުލާފައެވެ.

މީގެތެރެއިން އެމްޑީޕީއަށް މޭޔަރުކަން ކާމިޔާބުކުރެވިފައިވާ ސިޓީތަކަކީ ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު އަދި އައްޑޫ ސިޓީއެވެ. ޕީޕީއެމް އަށް ކާމިޔާބުކުރެވިފައިވަނީ މާލެ ސިޓީގެ މޭޔަރުގެ ގޮނޑިއެވެ.

އީސީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އަތޮޅު ކައުންސިލްގެ ރައީސުންގެ ގޮނޑިއަށް ބަލާއިރު އެމްޑީޕީއަށް ކާމިޔާބުކުރެވިފައިވާ 11 އަތޮޅަކީ ހއ، ހދ، ށ ،ނ، ބ ،އއ، އދ، ވ، މ، ދ އަދި ލ އަތޮޅެވެ. ޕީޕީއެމްއަށް ކާމިޔާބުކުރެވިފައިވާ 7 އަތޮޅަކީ ރ، ޅ، ކ، ފ، ތ، ގއ އަދި ގދ އެވެ.

އިންތިޚާބުގައި މައި ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ކާމިޔާބުކުރެވިފައި ވީނަމަވެސް ކުރިން ބޮޑު ކާމިޔާބީއެއް އެމްޑީޕީން ހޯދަމުން އައި މާލެ ސިޓީ އާއި އައްޑޫ ސިޓީގެ މެޖޯރިޓީ އެޕާޓީއަށް ވަނީ ގެއްލިފައެވެ.

އެމްޑީޕީގެ އިސްވެރިން ހާމަކުރާގޮތުގައި މާލެ ސިޓީގެ މެޖޯރިޓީ ގެއްލުނުނަމަވެސް އިންތިޚާބު ކާމިޔާބުކުރެވިފައިވަނީ އެޕާޓީއަށެވެ. ޕީޕީއެމްގެ އިސްވެރިން ހާމަކުރަމުންދަނީ މާލެ ސިޓީން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އައްޑޫ ސިޓީގައި ހިފަހައްޓަމުން އައި މެޖޯރިޓީ ގެއްލިގެންދިޔުމުން އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާކަމަށެވެ.

އީސީން އަންނަނީ ވަގުތީ ނަތީޖާތައް އިއުލާންކުރަމުންނެވެ. އަދި ގާނޫނުން އީސީއަށް ލިބިދޭ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރާނެކަމަށް އީސީން ބުނެއެވެ. އަނެއްކޮޅުން ނަތީޖާ ކަށަވަރުކުރުމަށް ތިން ފޮއްޓެއްގެ ތިން ދާއިރާއެއްގެ ސެކިޔުރިޓީ އުރަ ކަނޑައިގެން ހުކުރު ދުވަހުގެ ރޭ ވަނީ ބަލާފައެވެ. އެކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުން ވަނީ އިހުތިޖާޖުކުރުމަށް ނިކުމެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
17 އޭޕްރިލް 2021 | ހޮނިހިރު 19:58
ދެރަވޭތަ
ޕޕއެމް އަށް އެލިބު 1މޭޔަރުކަން އެހެނ ކުރިބާމޭޔަރުކަމާ ގޮނޑި ތަކާ ނުބައްދަލު.
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުން - އެމްޑީޕީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
ކެމްޕެއިންގައި އަރާ ކޮންމެ ރަށަކުން ފެންނަނީ ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރު: ފައިސަލް
21 ވަނަ ދުވަހުލާ ވޯޓަކީ ދިވެހިންގެ ހައްގުތައް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ ވޯޓެއް - ފައްޔާޒް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
މަޖިލީހަށް އިންތިޚާބުވެއްޖެނަމަ ކުރާ ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން މަޖިލީހަށް ގޮވާލާނަން: އަލީ ވަހީދު