ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 07:46
ތ. މަޑިފުށި، ކޮވިޑްގެ ކޭހެއް ފެނިގެންވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައި
ތ. މަޑިފުށި، ކޮވިޑްގެ ކޭހެއް ފެނިގެންވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައި
ރާއްޖެއެމްވީ
ކޮވިޑް-19 ތ އަތޮޅުގެ ހާލަތު
މަޑިފުށިން ކޮވިޑްގެ ކޭހެއް ފެނި މޮނިޓަރިންގ އަށް، ތ އަތޮޅުގެ 6 ރަށެއް މޮނިޓަރިންގ ގައި
 
ވޭމަންޑޫ ކްލަސްޓަރ އާ ގުޅުންހުރި 60 މީހަކު ޕޮޒިޓިވްވެފައިވޭ
 
ތ އަތޮޅުގެ ހަ ރަށެއް ވަނީ މޮނިޓަރިންގ ގެ ހާލަތުގައި

ތ. މަޑިފުށިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ތ. ވޭމަންޑޫއަށް ދަތުރުކޮށްފައިވާ މީހަކު މަޑިފުށިން ހުކުރު ދުވަހު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު އެރަށަށް މީހުން އަރާފޭބުން ވަނީ މަނާކޮށްފައެވެ.

ވޭމަންޑޫ ކްލަސްޓަރ އާ ގުޅިގެން ތ އަތޮޅުގެ ހަ ރަށެއް ވަނީ މިހާތަނަށް އައިއިރު މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. އެއީ ވޭމަންޑޫ، ވިލުފުށި، ކިނބިދޫ، އޮމަދޫ، މަޑިފުށި އަދި ގާދިއްފުއްޓެވެ.

ވޭމަންޑޫން މާލެ ގެނައި ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ. އެ ދެމީހުންނަކީ ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ބަލިވެގެން ދެއްކި ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކު މާލެ ފޮނުވާލާފައިވަނީ ހޮސްޕިޓަލުންނެވެ. އެއީ 65 އަހަރުން މަތީގެ އަންހެނެކެވެ. ދެވަނަ މީހާއަށް އާސަންދަ ހަމަނުޖެހުމުން އޭނާ މާލެ އައިސްފައިވަނީ އަމިއްލައަށެވެ. އެއީ 22 އަހަރުގެ ފިރިހެނެކެވެ.

ވޭމަންޑޫން މިހާތަނަށް ވަނީ 43 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ކިނބިދޫން 12 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިހާތަނަށް މި ކްލަސްޓާއާ ގުޅުން ހުރި 60 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ތ. ވޭމަންޑޫން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު ވޭމަންޑޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން، 15 މާޗް ގެ ފަހުން އެރަށުގައި އުޅުމަށްފަހު އެހެން ރަށަކަށް  ގޮސްފައިވާ މީހެއްނަމަ، އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި އެ ދުވަހުގެ ފަހުން ވޭމަންޑޫން އައި މީހުން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.

މިވަގުތު އަތޮޅުތަކުގައި އެންމެ ހަލުވި މިނުގައި ކޮވިޑް ފެތުރެމުންދަނީ ޅ އަތޮޅާއި ތ އަތޮޅުގައެވެ. ކޮވިޑްގެ ހާލަތު ގޯސްވެގެން މިވަގުތުވެސް ރާއްޖޭގެ 13 ރަށެއް ވަނީ މޮނިޓަރިންގ ގެ ހާލަތުގައެވެ. އޭގެތެރޭގައި ޅ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނެއެވެ. އަދި ކ އަތޮޅު ހުރާ އާއި ދިއްފުށި ހިމެނޭއިރު ތ އަތޮޅުގެ ހަރަށެއް އަދި އދ. މާމިގިލިވެސް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް