ކ. މާލެ
|
16 އޭޕްރިލް 2021 | ހުކުރު 23:35
ހޮންގކޮންގ ގެ ބިލިއަނަރ ޖިމީ ލައި-  ލައިގެ އިތުރުންވެސް މުޒާހަރާތަކާއި ގުޅިގެން ތުހުމަތު ކުރި އިތުރު ބަޔަކު ޖަލަށް ލާން ހުކުމް ކޮށްފައިވޭ
ހޮންގކޮންގ ގެ ބިލިއަނަރ ޖިމީ ލައި- ލައިގެ އިތުރުންވެސް މުޒާހަރާތަކާއި ގުޅިގެން ތުހުމަތު ކުރި އިތުރު ބަޔަކު ޖަލަށް ލާން ހުކުމް ކޮށްފައިވޭ
ބީބީސީ
ހޮންގ ކޮންގ ގެ ޕްރޯ ޑިމޮކްރަސީ މުޒާހަރާތައް
ހޮންކޮންގ ގެ ބިލިއަނަރ ޖިމީ ލައި 14 މަހަށް ޖަލަށް
 
ލައިގެ އިތުރުންވެސް މުޒާހަރާ ތަކާއި ގުޅިގެން ތުހުމަތު ކުރި އިތުރު ބަޔަކު ޖަލަށް ލާން ހުކުމް ކޮށްފައިވޭ
 
އިންސާފު ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައިގެން ނުވާނެކަމަށް ލައި ވަނީ ބުނެފައި
 
ހޮންގ ކޮންގއަކީ ޗައިނާގެ ޚާއްސަ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ތަނެއް

ހޮންގްކޮންގ ގައި 2019 ވަނަ އަހަރު ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ބައިވެރިވިކަމުގެ ތުހުމަތު ކޮށްފައިވާ ބިލިއަނަރ ޖިމީ ލައި 14 މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އުމުރުން 73 އަހަރުގެ ލައި އަކީ "އެޕަލް ޑެއިލީ" ނޫހުގެ ފައުންޑަރެވެ. މިއީ ބެއިޖިންގ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ލިއުންތައް އާންމުކުރާ ނޫހެކެވެ. ލައިގެ އިތުރުންވެސް މުޒާހަރާ ތަކާއި ގުޅިގެން ތުހުމަތު ކުރި އިތުރު ބަޔަކު ޖަލަށް ލާން ހުކުމް ކޮށްފައިވެއެވެ. އޭގެ ތެރޭގައި މުޒާހަރާގައި ބައިވެރިވި ވަކީލުންވެސް ހިމެނެއެވެ.

ލައިއާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އޭނާ ވަނީ ނޫސްވެރިންގެ ހައިސިއްޔަތުން އިންސާފު ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައިގެން ނުވާނެކަމަށް ބުނެފައެވެ. އަދި އަދާ ކުރަންޖެހޭ ޒިންމާއެއް އަދާކުރުމަށް އެއްވެސް ރައްޔިތަކު ފަސްނުޖެހުމަށް ލައި ވަނީ ގޮވާލާފައެވެ.

"ޕްރޯ ޑިމޮކްރަސީ" ނަމުގައި 2019 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތަކުގައި މިލިއަނެއްހާ މީހުން އަންނަނީ މަގުތަކަށް ނިކުމެ ހުއްޓުމެއްނެތި ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި އޮންނަ ހޮންގކޮންގގެ މައްސަލައިގައި ޗައިނާއިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އެގައުމުގެ ސިފައިން ވަނީސަރަ ހައްދީ ރޮނގު ކައިރިއަށް ޖަމާވެފައެވެ.

ހޮންގކޮންގގައި މުޒާހަރާކުރަން ފެށުނީ، އެތާގެ ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި ޗައިނާއަށް ފޮނުވޭ ގޮތަށް ގާނޫނަށް ގެންނަން އުޅުނު ބަދަލަކާއި ގުޅިގެންނެވެ.

ހޮންގ ކޮންގއަކީ ޗައިނާގެ ޚާއްސަ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ތަނެކެވެ.

އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު, ސަތޭކަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެ މީހުންގެ ދަށުގައި އޮތުމަށް ފަހު، އެ ސަރަހައްދު އަނބުރާ ޗައިނާއާ ހަވާލުކުރެވުނީ 1997 ވަނަ އަހަރުގެ ތެރޭގައެވެ.

ޗައިނާގެ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތަސް ހޮންގ ކޮންގއަށް ވަނީ އަމިއްލަ ސަރުކާރު ހިންގުމުގެ ނިޒާމަކާއި އިގްތިސާދެއް ހިންގުމުގެ މިނިވަންކަން ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް