ކ. މާލެ
|
16 އޭޕްރިލް 2021 | ހުކުރު 13:51
މެލޭޝިޔާ - ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ގައުމުގެ ތެރޭގައި މެލޭޝިއާ ހިމެނޭ
މެލޭޝިޔާ - ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ގައުމުގެ ތެރޭގައި މެލޭޝިއާ ހިމެނޭ
ރޮއިޓަރސް
ެެެެެެެެެެެެެެެެެދެކުނުއިރުމަތީ އޭޝިއާގެ ހާލަތު
ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގައި ކޭސްތައް އިތުރުވަނީ
 
ބައެއް ގައުމުތަކުގައި ވަނީ ކާފިއު އިއުލާންކޮށް ދަތުރުފަތުރުކުރުން ވެސް މަނާކޮށްފައި

ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބައިނަލް އަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވެ، ބައެއް ގައުމުތަކުން ލޮކްޑައުންގެ ފިޔަވަޅު އެޅުމަށާއި، ދަތުރުފަތުރުކުރުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފިޔަވަޅު އަޅާފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި ކެމްބޯޑިއާ ހިމެނެއެވެ. އެގައުމުގައި ހުކުރު ދުވަހު 344 ކޭސް ރިޕޯޓްކޮށްފައިވެއެވެ. ކޮވިޑްގެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ވެރިރަށް ނޯމް ޕެނުންނެވެ. އަދި މިއާއެކު ވެރިރަށުގައި 14 ދުވަހަށް ލޮކްޑައުންގެ ފިޔަވަޅު އަޅާފައިވާއިރު، ވަޒީފާއަށް ދިއުމާއި، ވިޔަފާރިކުރުމަށާއި، އަދި ސިއްހީ ކަމެއްގައި ބޭރަށް ދިއުން ފިޔަވައި އެހެން އެއްވެސް ކަމެއްގައި ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ.

ފިލިޕީންސްގައި ދުވާލެއްގެ މައްޗަށް 11،429 ކޭސް ރިޕޯޓްކުރަމުން އަންނަ އިރު، 148 މީހަކު ބުރާސްފަތި ދުވަހު ވަނީ މަރުވެފައެވެ. އެގައުމުގައި ކޭސްތައް އިތުރުވާން ފަށާފައި މިެވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެންނެވެ. މިއާއެކު އެގައުމުގެ ސަރުކާރުން ވަނީ ވެރިރަށް މެނީލާގެ އިތުރުން ކައިރި ޕްރޮވިންސްތަކުގައި ވެސް ކާފިއު ހިންގަން ނިންމާފައެވެ.

މެލޭޝިއާގައި ބުރާސްފަތި ދުވަހު 2148 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއީ މާޗްގެ ފަހުން އެގައުމުން އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ޕޮޒިޓިވްވި ދުވަހެވެ. އަދި ރޯދަ މަހުގެ ތެރޭގައި އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުރުން ވެސް އެގައުމުގައި ވަނީ މަނާކޮށްފައެވެ.

އިންޑޮނޭޝިއާގައި ޕޮޒިޓިވްވި މީހުންގެ އަދަދު 1.6 މިލިއަނާ ގާތްކޮށްފައިވެއެވެ. އަދި އެ ގައުމުން މަރުވި މީހުންގެ އަދަދު ބުރާސްފަތި ދުވަހު ވަނީ 43،000ށް އަރާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް