ކ. މާލެ
|
16 އޭޕްރިލް 2021 | ހުކުރު 13:34
އަފްޣާނިސްތާނުގައި ހަރަކާތްތެރި ވަމުން އަންނަ އެމެރިކާގެ ސިފައިން
އަފްޣާނިސްތާނުގައި ހަރަކާތްތެރި ވަމުން އަންނަ އެމެރިކާގެ ސިފައިން
ރޮއިޓަރސް
އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުން ފަސްކޮށްފި
 
އަފްޣާން ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭކަން ބައިޑެން ގަބޫލު ކުރައްވާ

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ބޭލުން ފަސްކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެގައުމުގެ އޮފިޝަލަކު ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން އަވަސް އަރުވާލާއިގެން ބޭލުމަކީ ސިފައިން ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަކަށްވާތީ، ރައީސް ޖޯ ބައިޑެން ވަނީ ސިފައިން އެގައުމުން ބޭލުން ފަސް ކުރަން ނިންމާފައި ކަމަށެވެ. އެހެންނަމަވެސް މިއީ 20 އަހަރުވީ އަފްޣާން ހަނގުރާމަ ނިމުމަކަށް ގެންނަންވީ ވަގުތުކަން ބައިޑެން ގަބޫލުކުރައްވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމެރިކާ އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތާލިބާނާ އެކު ހެދި އެއްބަސްވުމެއްގައި ވަނީ އަފްޣާނިސްތާނުގައި ތިބި އެގައުމުގެ ސިފައިން މެއި އެކެއްގެ ކުރިން އަނބުރާ ގައުމަށް ގެންދާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު އެ ތާރީހު ވަނީ ސެޕްޓެމްބަރު 11އަށް ބަދަލުކޮށްފައެވެ. އެއީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަންއަށް އަމާޒުކޮށް 2001 ވަނަ އަހަރު ދިން ހަމަލާއަށް 20 އަހަރު ފުރޭ ދުވަހެވެ.

ތާލިބާނުންނާއި އަފްޣާން ސަރުކާރާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސުލްހައިގެ މަޝްވަރާތައް ފެށުނު ނަމަވެސް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި މެއި މަހުގެ ކުރިން އެގައުމުން އެމެރިކާ ސިފައިން ނުބާލައިފި ނަމަ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ތާލިބާނުން ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް