ކ. މާލެ
|
16 އޭޕްރިލް 2021 | ހުކުރު 17:21
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
 
މާލޭގެ ވޯޓުލެވޭ އާބާދީ ނުވަތަ ކަންކަން ނިންމުމުގައި ބަސް ބުނަން ތިބި ރައްޔިތުންގެ އެންމެ 24.07 އިންސައްތަ ވޯޓު

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާތަނަށް މާލޭގައި އެންމެ މަދުން ވޯޓުލާން މީހުން ނުކުތް އިންތިޚާބެވެ. ވާދަވެރި އިންތިޚާބެއް ކަމަށް ގިނަ ބަޔަކަށް ފެނުނު ނަމަވެސް، އިންތިޚާބު ނިމިގެން ދިޔަ އިރު އުއްމީދުކުރިވަރާ ގާތަށް ވެސް ވޯޓުލާން މީހުން ނުނުކުމެއެވެ. ގިނަ ސަބަބުތަކެއް ހުރެގެންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިރު، މާލެ ސިޓީގެ މޭޔަރުކަން ކަށަވަރު ކުރި ކެންޑިޑޭޓް، އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒަށް މާލެ ރައްޔިތުންގެ އަޣުލަބިއްޔަތުން އާނއެކޭ ނުބުނެއެވެ.

އަޅުގަނޑު މިހެން މި ދަންނަވަނީ ސަބަބުތަކެއް ހުރެގެންނެވެ. މިފަހަރު މާލެ ސިޓީން ވޯޓުލުމުގެ ހައްގު 51،702 މީހަކަށް ލިބެއެވެ. ނަމަވެސް ވޯޓުލާފައިވަނީ 21125 މީހުންނެވެ. އެއީ މާލޭގެ ވޯޓުލެވޭ އާބާދީގެ 40.8 އިންސައްތައެވެ. މިއީ އަދި ޑރ މުއިއްޒަށް ލިބުނު ވޯޓުގެ އަދަދެއް ނޫނެވެ. އަދި އިންސައްތައެއް ވެސް ނޫނެވެ. ތަފާސް ހިސާބުތަކަށް ބަލާލާނަމެވެ. 21،125 މީހުންގެ ތެރެއިން ސައްހަ ވޯޓު ދީފައިވަނީ 20،140 މީހުންނެވެ. އެއީ މާލޭގެ ވޯޓުލެވޭ އާބާދީގެ 38.95 އިންސައްތައެވެ.

ސައްހަ ވޯޓު ދިން މީހުންގެ ތެރެއިން ވެސް ޑރ. މުއިއްޒަށް ވޯޓު ދިނީ 12،449 މީހުންނެވެ. އެއީ ވޯޓުގެ 61.81 އިންސައްތައެވެ. މިހިސާބުން އަދި މާލޭގެ ރައްޔިތުން ޑރ މުއިއްޒަށް އަޣުލަބިއްޔަތު ދިން ކަމަށް ބުނެވޭކަށް ނެތެވެ. އަދިވެސް ތަފާސްހިސާބުތައް ހުޅުވާލާނަމެވެ. އެމްޑީޕީގެ ސަޕޯޓަރުން ޑރ މުއިއްޒަށް ވޯޓު ދިން ކަމަށް ބުނެ ދައްކާ ވާހަކައަކީ ވެސް ފޮލާއެކެވެ. އެވާހަކަވެސް އަދި ތަފްސީލުކޮށްލާނަމެވެ. ޑރ މުއިއްޒުގެ އަސްލު ސައިޒް ހާމަކޮށްލަން ބޭނުމެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ވޯޓުލުމުގެ ހައްގު ލިބިގެންވާ 51،702 މީހުން ތިބި އިރު، މި މީހުންގެ ތެރެއިން ޑރ މުއިއްޒަށް ލިބުނީ މާލޭގެ ވޯޓުލެވޭ އާބާދީ ނުވަތަ ކަންކަން ނިންމުމުގައި ބަސް ބުނަން ތިބި ރައްޔިތުންގެ އެންމެ 24.07 އިންސައްތަ ވޯޓެވެ. އާބާދީގެ 4 ބައިކުޅަ 1 ބައި ވެސް ނުލިބެއެވެ. މި އަދަދަށް ބަލާއިރު، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި މާލެ ސިޓީން ޕީޕީއެމަށް ލިބުނު ވޯޓަށް ވުރެ ވެސް ޑރ މުއިއްޒަށް ލިބުނު ވޯޓުގެ އަދަދު ދެބައިކުޅަ އެއްބަޔާ އެއްވަރަށް މަދެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެއިރު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދު ﷲ ޔާމީނަށް ލިބިވަޑައިގެންނެވީ މާލޭގެ ވޯޓުލެވޭ އާބާދީގެ 40.5 އިންސައްތައެވެ. އެހެންކަމުން ކުރިން އަޅުގަނޑު މި ރިޕޯޓުގައި ފާހަގަކުރި ގޮތަށް އެމްޑީޕީގެ ސަޕޯޓަރުން ޑރ މުއިއްޒަށް ވޯޓެއް ނުދެއެވެ. އެއިރުވެސް ޕީޕީއެމަށް ލިބުނީ 12 ހާހެއްހާ ވޯޓެވެ. މިފަހަރު ވެސް ލިބުނީ ހަމަ އެ އަދަދެވެ. އެހެންކަމުން އަމިއްލަ ޚިޔާލީ ފޮލާއެއްގެ މައްޗަށް ބުރަވެ ހުރެ ތިމަންނާއަށް އެމްޑީޕީގެ ސަޕޯޓަރުން އަދި މާލޭގެ ރައްޔިތުން ތާއީދު ކުރި ކަމަށް ބުނެވޭކަށް ނެތެވެ. މާލެއިން ލިބުނީ އެންމެ 12،000 އެއްހާ ވޯޓެވެ. އެންމެ 24 އިންސައްތައެވެ.

މިކަމުން ދައްކައިދެނީ 7 އަހަރު ދުވަހު މިނިސްޓަރުކަމުގައި ހުރެގެން އެކުވެރިންނާއި އާއިލާ މީހުންނާއި ތިމާގެ މީހުންނާއި ޕާޓީގެ ކުދިންކޮޅަށާއި ޕީޕީއެމް އޮފީހުން ނެރޭ ލިސްޓްތަކަށް ފުލެޓް ބަހާލުން ރައްޔިތުންނަށް އޯކޭ ނޫންކަމެވެ. މިއިން ދައްކުވައިދެނީ އެއިރުވެސް ޚުދުމުޚުތާރުކަމަށް ބާރުދިން 12 ހާހެއްހާ މީހުން ޑރ މުއިއްޒަށް ބާރުދީ 7 އަހަރު މާލޭގެ ރައްޔިތުންނަށް ކުރި ޖެއްސުން އަލުން ތަކުރާރު ކުރުމަށް ފުރުސަތު ދިން މަންޒަރެވެ. މާލޭގެ ރައްޔިތުންގެ އަޣުލަބިއްޔަތެއް ނެތްތާގައި މާލޭގައި ފިޔާތޮށި ބެނާތަނުން ވި ވައުދުތައް އިންތިޚާބު ކާމިޔާބުވިކަން ޔަގީންވި ދުވަހު ދައްކާކަށް މުއިއްޒަކަށް ނުވެސް އެނގުނެވެ. ދެއްކީ ރައްޔިތުންގެ ލާރިން ވައްކަން ކޮށްގެން ޖަލުގައި އޮތް ކުށްވެރިއަކު މިނިވަން ކުރުމުގެ ވާހަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
100%
0%
0%
0%
ކޮމެންޓް
23 އޭޕްރިލް 2021 | ހުކުރު 01:23
ހަޖަމު
ހަމަ ކޮސްވެއްޖެ ޕާޓީ ސޮރައް ލިބުނުވަރު ކޮބާ ދެން އެއްޗެކޭ ކިޔަނީދޯތި މިގޮތައް ހަބަރު ލިޔުނީމަ ކަލެއައް ތިޕާޓީ މީހުން ވަރައް ތައުރީފު ކުރާނެ އަޅޭ ތިޕާޓީގަ ހަމަޖެހޭ އެކަތިވެސް ނެތީތަ؟ ހަޖަމުކުރަން ދަސްކޮއްބަލަ ފުރަތަމަ ހަމާގަ ހުރެގެން ލިޔެފަ އޮތް އެއްޗެއްތަމީ😂😂😂😂
20 އޭޕްރިލް 2021 | އަންގާރަ 20:36
އަހަންމާ
ބަލިވީމަ ބަލި ގަބޫލު ކުރަން ދަސްކުރޭ،މާތްﷲ ގެ ރަހްމަތް ފުޅާއިއެކު ރިޔާސީ އިންތިޚާބުން މާބޮޑުތަނުން މި ވަގު ސަރުކާރު ބަލި ކުރާނަން.
19 އޭޕްރިލް 2021 | ހޯމަ 23:02
ފަރިޔާލު
ދެން އެހެންވީއިރު އަގަފުޅާކޮށްފަ ކައުންސިލް އިންތިހާބު ކާމިޔާބު ކުރީ ތިމަންނަމެންނޭ ކިޔައިގެން ފުމޭއިރު، ރަށްރަށުން ވޯޓުލާން ނނިކުތީ 15%.. ދައުކަތުގެ ހުރިހާ ބާތުތައް މުށުތެރެއަށް ލައިގެން ބިރު ދެއްކި ދެއްކުން ގަބޫލު ނުޖުރަންވެގެބް ރައްޔުތުން ނުނިކުތީ. އެއީވެސް ރީދޫ ބައިގަޑާ ދެކޮޅުވުން.
19 އޭޕްރިލް 2021 | ހޯމަ 04:38
އަޒީ
މިލިއުމުގަިވަނީ ލިއުނތެރިޔަަގެ ހިތުގައި އުފެދހިފައިވާ ނަފުރަތހުގެ ޖަޒްބާތެވެ އަދި އެޖަޒުބާތާހެދި ލިޔެވުނު އެއްޗެއވެސް ލިއު.ތެރިޔާއަށް ނޭގޭކަނ ހާމަވެއެވެ
18 އޭޕްރިލް 2021 | އާދީއްތަ 14:20
ކޮޅު ފިލާ
ސަންދޯކޭ ނުކިޔާ ތިބިއްޔާ މާ ތާހިރު ވާނެ. އެމްޑީޕީ މީހުން ހަޤީގަތާ ކުރިމަތި ލާނީ ކޮން ދުވަހަކުން ބާ؟
18 އޭޕްރިލް 2021 | އާދީއްތަ 02:24
Abdul Rauf
ޢެމް.ޑީ.ޕީ އަށް މާލޭ ލިބުނު އިރު ދަފްތަރާއި ވޯޓް ދިން މީހުން އޯކޭ..މިހާރު ކަމެއް ނުވެ ވެރިކަމައި މަޖުލީސް އޮވެމެ ކަމެއް ނުވެ ނަކަސް ތަޅަން ފެށީމަ ރައްޔިތުން ވޯޓް ނުދިނުމުން ކަޑަ..ކޮންތާކު ޖެހޭ ކަމެއް
17 އޭޕްރިލް 2021 | ހޮނިހިރު 22:48
އޭ ބީ
ރާއްޖެ އެމް ވީ . ދެން ލަ ލަ ލާ
17 އޭޕްރިލް 2021 | ހޮނިހިރު 19:40
ސާަކިރު
ބަލަ ވޯޓުލާން ނިކުތީ ހުސްޕީޕީއެމު މީހުންއެކަނިތަ ހަޖަމުނުވިޔަސް އެމްޑީޕީ މީހުން މާލޭގަ ގިނަނަމަ ނިކުންނަންވީ ހަމައެކަނި ޕީޕީއެމް އެކަނިތަ...
17 އޭޕްރިލް 2021 | ހޮނިހިރު 19:12
ހޮޅިބަންދު
ސިޓީ ކައުންސިލް އިންތިޚާބާ އަޅައިކިޔަން ޖެހޭނީ ކުރީގެ ސިޓީ ކައުންސިލް އިންތިޚާބުގައި މީހުން ވޯޓު ދިން ނިސްބަތާއި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އިންސައްތަ.
17 އޭޕްރިލް 2021 | ހޮނިހިރު 16:57
ރާއްޖެ
މޮޅެތި ވާހަކަ ނުދައްކާ.
17 އޭޕްރިލް 2021 | ހޮނިހިރު 16:57
ރާއްޖެ
ދެރަނުވޭ ދެން. ދަފްތަރޭ ކިޔާ އިރު އަންނިވެސް މަޖިލީސް އަށް ހޮވުނީ ދަފްތަރުން
17 އޭޕްރިލް 2021 | ހޮނިހިރު 16:56
ރާއްޖެ
ހަޖަމް ކުރަން ދަސްކުރަމާތޯ.
17 އޭޕްރިލް 2021 | ހޮނިހިރު 16:15
ރަޝީދު
އަނަސް ބަލިވި ވާހަކަ ނަމަނަމަ ނުދައްކާތި.
17 އޭޕްރިލް 2021 | ހޮނިހިރު 15:19
ރާއްޖެ
ކޮމެންޓް ޝާއިރު ކުރަން ނުކެރުނީތޯ؟
17 އޭޕްރިލް 2021 | ހޮނިހިރު 13:53
ރާއްޖެ
ހަޖަމް ނުކުރެވިގެން ތިޔުއުޅުއްވަނީ ކީއްވެގެންތޯ؟. 24% އަކުން ކާމިޔާބު ކުރީމައި އެނުވޭތޯ ކާމިޔާބަކަށް.
17 އޭޕްރިލް 2021 | ހޮނިހިރު 13:48
ރާއްޖެ
ބަލި ވާނި ބައްޔަށް. ނުރޮއެ މިފަހަރު ދެން ހަޖަމް ކޮށްލައްވާ. 1-0 އިން ބަލިވިޔަސް ކިޔާނީ ބަލިވިޔޭ. 😂
17 އޭޕްރިލް 2021 | ހޮނިހިރު 12:05
މުއިޒު
ދެން ފިއްތާލަ މިފަހަރު
17 އޭޕްރިލް 2021 | ހޮނިހިރު 11:19
ސޮޑުބެ
ޙެެހެ. ދެން ތިބުނީ ގޭގައި ނުނިކުމެ ތިބި މީހުންނަކީ ހުސް ސަރުކާރުގެ ސަޕޯޓަރުންނޭތަ
17 އޭޕްރިލް 2021 | ހޮނިހިރު 07:43
Ibrahim waheed
ޙަޖަމްނުވެގެން ތިއުޅެނީ ކޫސަނި ވާހަކަ ގިނަކުރުމަކުން އެމް ޱީ ޕީ އަކަށް އިތުރު ގޮނޱިއެއް ނުލިބޭނެ.
17 އޭޕްރިލް 2021 | ހޮނިހިރު 04:32
ގާފަރު ހަސަނު
އެއް ވެސް ވޯޓް ެއެއް ެއޭނަ ައަކަށް ނުލިބޭ. ހުރިހާ ކަމެއްވެސް ވީ ރީނދޫ ކުލައިގެ ޕާޓީގެ މީހުނަށް. ހިތަށް އަރާ ދޯ ލައްކަ ެއެކޭ.
17 އޭޕްރިލް 2021 | ހޮނިހިރު 03:07
އަހ ހްމަދު
މަ ހޭބުނަން ވާ ހަކަޔެއް މަވެސް ތީތެދުކަން ގަބޫލުކުރަން މޑޕ މީ ހުން ވޯޓް ލާކަށް ނުދޭ ދެންވެސް ނަޝީދު ހުރި ހާ ދުވަ ހަކު ނުދާނަން
17 އޭޕްރިލް 2021 | ހޮނިހިރު 01:05
އެކަމަކުވެސް
އެކަމަކުވެސް މުއިއްޒު އެއޮތީ ހޮވިފައި. ބަޔަކު ވޯޓު ނުލުމާ، ބާތިލުކޮށް ލުމާ، މިހުރިހާ ވާހަކައަކީ ދެބޯގެރި ދުއްވުން. ރީތި ގޮތަކަށް ވާނީ މުއިއްޒު އެއޮތީ ހޮވިފައިކަމަށް ބުނުމާއި އެއީ މާލެ ރައްޔިތުންގެ މެޖޯރިޓީ ބޭނުންވި ގޮތްކަން ބުނުން.
16 އޭޕްރިލް 2021 | ހުކުރު 23:24
ކަމަނަ
ދެން ކޮންމެވެސް އެއްޗެއް ކިޔާނެތާ ދެރަނުވާންވެސް ހަހަހަހާ.
16 އޭޕްރިލް 2021 | ހުކުރު 22:48
ގުއިފަތިސް
ދެން އަތްޖަހާ ބާރަށް ރާއްޖެޓީވީ މީހުން
16 އޭޕްރިލް 2021 | ހުކުރު 20:53
ޝ
ހުސެއިން މެންނަކީ ހަގީގީނޫސްވެރިން ނޫން ކަން ހާމަވާ ލިޔުމެއްމީ ...
16 އޭޕްރިލް 2021 | ހުކުރު 19:30
ނިމްހަތު
ކަލޯ ގަޔަ. މިރިޕޯޓް ލިޔުން ސޮރަށް ސަބަސް
16 އޭޕްރިލް 2021 | ހުކުރު 19:18
ޙަބީބު
ހަޖަމުކުރަންދަސްކުރޭ ދެންމިފަހަރު ހިއްޕަވާ ސާފުތެދޭމީ ބަނގުރާ
16 އޭޕްރިލް 2021 | ހުކުރު 18:08
ޢަހްމަދު
ޙުސައިން މަހްތޫމް 😭
16 އޭޕްރިލް 2021 | ހުކުރު 18:01
މުޙައްމަދު
ހަޖަމްކޮށްލާ.. މުޢިއްޒު ގަދަކޮށްފި އަނަސްއަށްވުރެ.. މަވެސްމީ އެމްޑީޕީ ސަޕޯޓަރެއް. ޙަޤީގަތާކުރިމަތިލާ..
16 އޭޕްރިލް 2021 | ހުކުރު 17:55
ޒާތީ
ތިއީ ވަރަށް ޒާތީ ރިޕޯޓެއް. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވޯޓުން ބަލަނީ ވޯޓް ލާ އިންސައްތަ އަށް
ގުޅުންހުރި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި
އައިކޮމްގެ ބޭނުމެއް ނެތް، މައުލޫމާތު ނުދީ ހިފަހައްޓައި ޤާނޫނު މުގުރަނީ ދައުލަތުގެ އެންމެ މަތިން
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
އިންތިޚާބާއި ދިމާކޮށް ކައުންސިލްތަކަށް ފަޅުރަށްްތައް ބައްސަވަނީ ގޮތް ހުސްވެގެންތޯ؟
މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން އެމްޑީޕީން އިދާރާތަކަށް ގޮވާލައިފި