ކ. މާލެ
|
14 އޭޕްރިލް 2021 | ބުދަ 16:30
އިރާނުން ހަމަލާދިންކަމަށް ބުނާ އިސްރާއީލުގެ އާގު ބޯޓު
އިރާނުން ހަމަލާދިންކަމަށް ބުނާ އިސްރާއީލުގެ އާގު ބޯޓު
ރޮއިޓަރސް
އިސްރާއީލުގެ އާގު ބޯޓަށް މިސައިލް ހަމަލާއެއް ދިނުނ
އިސްރާއީލުގެ އާގުބޯޓަށް ހަމަލާ ދިނީ އިރާނުންކަމަށް ތުހުމަތުކޮށްފި
 
މި ހަމަލާގެ ސަބަބުން މީހަކަށް ގެއްލުމެއް ވެފައެއްނުވޭ
 
ބޯޓަށް ލިބިފައިވާ ގެއްލުންތަކާއިއެކު ބޯޓު މިސްރާބު ޖަހާފައިވަނީ ޔޫއޭއީގެ ބަނދަރަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އިސްރާއީލުގެ އާގުބޯޓަށް ހަމަލާދިނީ އީރާނުންކަމަށް އިސްރާއީލުން ތުހުމަތު ކޮށްފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ގައުމުގެ ޕީސީސީ ކުންފުންޏަށް ނިސްބަތްވާ 'ހައިފޭރިއަން ރޭ' ކާގޯ ބޯޓަށް ހަމަލާ ދީފައިވަނީ ގަލްފުގެ މަތިން އުދުހެމުންދިޔަ އީރާނުގެ ޑްރޯންއަކުންނެވެ.

ޕީސީސީ ކުންފުންޏާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ހައިފޭރިއަން ރޭއަށް އަރާފައިވަނީ މިސައިލު ހަމަލާއެކެވެ. އެހެންނަމަވެސް މި ހަމަލާގެ ސަބަބުން މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށް ޕީސީސީ ކުންފުނިން ބުނެއެވެ. އެކަމަކު މި ހަމަލާއާ ގުޅިގެން ބޯޓަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

މި ގެއްލުންތަކާއިއެކު ބޯޓު މިހާރު މިސްރާބު ޖަހާފައިވަނީ ޔޫއޭއީގެ ބަނދަރަކަށްކަމަށް ޕީސީސީ ކުންފުނިން ބުނެއެވެ.

ހައިޕޭރިއަން ރޭ ނަމަކަށްކިޔާ އިސްރާއީލުގެ މި އާގުބޯޓަށް ހަމަލާ ދީފައި މިވަނީ މިދިޔަ ހަފްތާގައި ރަތްކަނޑުގައި ދަތުރުކުރަމުން ދިޔަ އިރާނުގެ އާގު ބޯޓެއްކަމަށްވާ ސާވައިޒްއަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެފައި ވަނިކޮށެވެ. ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ ނިޔުޔޯކް ޓައިމްސްގައި ބުނި ގޮތުގައި ރަތްކަނޑުގައި ދަތުރު ކުރަމުން ދިޔަ އިރާނުގެ ސާވައިޒް ބޯޓުގައި މިދިޔަ ހަފްތާގައި ޖެހިފައިވާ މައިންއަކީ އިސްރާއީލުން އެ ބޯޓަށް އަމާޒުކޮށް ފޮނުވާލި މައިނެއްކަން އިސްރާއީލުން އެމެރިކާއަށް އަންގާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް