ކ. މާލެ
|
14 އޭޕްރިލް 2021 | ބުދަ 13:13
މޮޑާނާ ވެކްސިން
މޮޑާނާ ވެކްސިން
އޭޕީ
މޮޑާނާ ވެކްސިނުން ކުރާ އަސަރު
މޮޑާނާ ވެކްސިންގެ ދެ ޑޯޒް ޖަހާތާ ހަ މަސްފަހުން ވެސް ވެކްސިންގެ އަސަރު ރަނގަޅަށްކުރޭ
 
މޮޑާނާގެ ވެކްސިން މިވަގުތު ދުނިޔޭގެ 40ށް ވުރެ ގިނަ ގައުމުގައި އަންނަނީ ބޭނުންކުރަމުން
 
މޮޑާނާއިން އަންނަނީ އެ ވެކްސިން ކޮވިޑްގެ ވޭރިއަންޓްތަކާ ދެކޮޅަށް މަސައްކަތްކުރޭތޯ ޓެސްޓްކުރަމުން
 
ދެ ވަނަ ޑޯޒް ޖަހާތާ ހަމަސް ދުވަސްފަހުން ވެކްސިން ކޮވިޑާއި ދެކޮޅަށް 90 އިންސައްތައަށްވުރެ ބޮޑަށް މަސައްކަތްކުރޭ

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން އުފައްދާފައިވާ މޮޑާނާ ވެކްސިންގެ ދެ ޑޯޒް ޖަހާތާ ހަމަސް ދުވަސްފަހުން ވެސް އެވެކްސިންގެ އަސަރު ރަނގަޅަށްކުރާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އަންގާރަ ދުވަހު އެ ކުންފުނިން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން މޮޑާނާ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ހަމަސް ދުވަސްފަހުން ވެސް ކޮވިޑްގެ ކޮންމެ ހާލަތެއް ތަޖުރިބާ ކުރާ މީހަކަށް ވެސް 90 އިންސައްތައަށްވުރެ ރަނގަޅަށް ކޮވިޑާ ދެކޮޅަށް އެ ވެކްސިން މަސައްކަތްކުރާ ކަމަށެވެ. އަދި ކޮވިޑްގެ އެންމެ ހާލަތު ގޯސް މީހުންނަށް 95 އިންސައްތައަށްވުރެ ރަނގަޅަށް މި ވެކްސިން ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް މޮޑާނާއިން ބުނެއެވެ.

އެ ކުންފުނިން ބުނީ ވެކްސިނުން ކުރާ އަސަރު ދެނެގަތުމަށް ކުރަމުންދާ ދިރާސާތަކަށް ބަލާއިރު މީގެ ހަމަސްދުވަސް ކުރިން ހެދި ދިރާސާތަކާ އަޅާބަލާއިރު މިހާރު ވެސް އެއްވެސް ތަފާތެއް ނެތްކަމަށެވެ. މޮޑާނާއިން ވަނީ ކޮވިޑްގެ އެކި ވޭރިއަންޓްތަކާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ދެނެގަތުމަށް ޓެސްޓްތައް ހަދަން ފަށާފައެވެ.

މަރޗް މަހު މޮޑާނާއިން ވަނީ އައު ވޭރިއަންޓްތަކާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ބެލުމަށް ޓެސްޓްތައް ހަދަން ފަށާފައެވެ.

މޮޑާނާގެ ވެކްސިން މިވަގުތު ދުނިޔޭގެ 40ށް ވުރެ ގިނަ ގައުމުގައި އަންނަނީ ބޭނުންކުރަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު ދުނިޔޭގެ އެކި ހިސާބުތަކަށް އެވެކްސިންގެ 132 މިލިއަން ޑޯޒް ބަހާފައިވާކަމަށް އެކުންފުނިން ބުނެއެވެ. މޮޑާނާއިން އެންމެ ގިނަ އަދަދަކަށް ވެކްސިން ފޯރުކޮށްދެމުން އަންނަނީ އެމެރިކާއަށެވެ. އެމެރިކާއަށް އެކަނި 117 މިލިއަން ޑޯޒް މިހާތަނަށް އައިއިރު ވަނީ ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް