ކ. މާލެ
|
13 އޭޕްރިލް 2021 | އަންގާރަ 17:06
ރަޝިއާއިން އުފެއްދި ސްޕަޓްނިކް ކޮވިޑް ވެކްސިން
ރަޝިއާއިން އުފެއްދި ސްޕަޓްނިކް ކޮވިޑް ވެކްސިން
ރޮއިޓަރސް
ކޮވިޑް-19، އިންޑިއާ
ރަޝިއާގެ ސްޕަޓްނިކް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިންޑިއާއިން ދީފި
 
އިންޑިއާއިން މިހާތަނަށް 3 ވެކްސިނެއް ޖެހުމަށް ހުއްދަ ދީފައިވޭ

ރަޝިއާއިން ކޮވިޑް-19 އަށް އުފައްދައިފައިވާ ސްޕަޓްނިކް ވެކްސިން އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަ އެގައުމުން ދީފިއެވެ.

ރަޝިއާގެ ގަމަލެޔާ އިންސްޓިޓިއުޓުން އުފައްދާފައިވާ ސްޕަޓްނިކް ފަހެއް ވެކްސިން އަކީ އިންޑިއާގައި ބޭނުން ކުރަން ހުއްދަ ދިން ތިންވަނަ ކޮވިޑް ވެކްސިނެވެ. މީގެ ކުރިން އެގައުމުން ވަނީ އެގައުމުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނާއި، ކޮވެކްސިން ބޭނުން ކުރަން ހުއްދަ ދީފައެވެ.

އިންޑިއާއިން ވަނީ އެގައުމުގައި މިހާތަނަށް ކޮވިޝީލްޑް އާއި ކޮވެކްސިންގެ 100 މިލިއަން ޑޯޒް ޖަހާފައެވެ. އެގައުމުން ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ޖެނުއަރީ މަހުއެވެ.

ރަޝިއާގެ ސްޕަޓްނިކް ފަހެއް ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުގެ ނަތީޖާ ނުލިބެނީސް އެ ވެކްސިން މީހުންގެ ގަޔަށް ޖަހަން ފެށުމުން އެގައުމަށް ފާޑު ކިޔުންތައް އަމާޒުވިއެވެ. އެކަމަކު މިދިޔަ ފެބްރުއަރީ މަހު އެ ވެކްސިންގެ ފަހު ފިޔަވަހީގެ ޓެސްޓުތަކުގެ ވަގުތީ ނަތީޖާ މެޑިކަލް ޖާނަލް ލާންސެޓުގައި ވަނީ ޝާއިއުކޮށްފައެވެ. އަދި ކޮވިޑުން ރައްކާތެރިކުރުމުގައި އެ ވެކްސިން 91.6 ޕަސެންޓު ކާމިޔާބު ކަމަށް ޓެސްޓުތަކުން ވަނީ ދައްކާފައެވެ.

އިންޑިއާއަކީ އެމެރިކާއަށް ފަހު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 13.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 170،000 ށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް