ކ. މާލެ
|
12 އޭޕްރިލް 2021 | ހޯމަ 20:30
ބަނގްލަދޭޝްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވަނިކޮށް އާންމުން އެއްތަންވެގެން
ބަނގްލަދޭޝްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވަނިކޮށް އާންމުން އެއްތަންވެގެން
ރޮއިޓަރސް
ކޮވިޑް-19، ބަނގްލަދޭޝްގެ ހާލަތު
ކޮވިޑްގެ ނުރައްކާ ބޮޑުވެ ބަނގްލަދޭޝްއިން ހަފުތާއަކަށް ވައިގެ ދަތުރުތައް ހުއްޓާލަނީ
 
އިންސާނީ އެހީ ފޯރުކޮށްދޭ ބޯޓުތަކާއި ކާގޯ ފްލައިޓުތަކުގެ ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެ
 
500 އަށްވުރެ ގިނަ ފްލައިޓް މިހާތަނަށް ކެންސަލް ކޮށްފައިވޭ

ބަނގްލަދޭޝްގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، ބުދަ ދުވަހުން ފެށިގެން ހަފުތާއަކަށް ވައިގެ ދަތުރުތައް ހުއްޓާލަނީކަން އިއުލާން ކޮށްފިއެވެ.

ބަނގްލަދޭޝްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ބުދަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހާއި ހަމައަށް އެތެރޭގެ އުދުހުންތަކާއި ބޭރުގެ އުދުހުންތަކުގެ 500 އަށްވުރެ ގިނަ ދަތުރުތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ކެންސަލް ކުރި ވައިގެ ދަތުރުތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކާއި، ޗާޓަރު ހެލިކޮޕްޓަރުތައް ވެސް ހިމެނެއެވެ. އެކަމަކު މެޑިކަލް ސަބަބުތަކަށްޓަކައި މީހުން ގެންދިއުމާއި އިންސާނީ އެހީ ފޯރުކޮށްދޭ ބޯޓުތަކާއި ކާގޯ ފްލައިޓުތަކުގެ ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް ކުރިޔަށްދާނެ ކަމަށް ސީއޭއޭބީން ބުނެއެވެ.

ބަނގުލަދޭޝްގައި މިދިޔަ މަހުން ފެށިގެން ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެގައުމުން ވަނީ މިދިޔަ ހޯމަ ދުވަހު ހަފުތާއަކަށް ގައުމު ފުރަބަންދުވެސް ކޮށްފައެވެ.

ބަނގްލަދޭޝްގައި މިހާތަނަށް 685،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، މި ބަލީގައި 9،739 މީހަކު މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް