ކ. މާލެ
|
12 އޭޕްރިލް 2021 | ހޯމަ 07:58
ނިއު ނޯމަލްގައި މީރާއިން ޚިދުމަތް ފޯރުކޮށްދެނީ
ނިއު ނޯމަލްގައި މީރާއިން ޚިދުމަތް ފޯރުކޮށްދެނީ
ރާއްޖެއެމްވީ
މީރާއަށް ލިބުނު އާމްދަނީ
މާރޗު މަހު މީރާއިން 1.33 ބިލިއަން ރުފިޔާ ބަލައިގެންފި
 
އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

މާރޗު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.33 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި، މާރޗު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.4 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. މާރޗު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މާރޗު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް ވެސް މީރާއިން ބުންޏެވެ.

މީގެ އިތުރުން މާރޗު 2020 ގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖެ ލޮކްޑައުންކޮށްފައިވާތީ، ޓޫރިޒަމް މިނިސްޓްރީން ވަނީ 2020 ވަނަ އަހަރުގެ ދެ ކުއާޓަރެއްގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފައެވެ. އެހެންކަމުން، މާރޗު 2020 ގައި މި ފައިސާ ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، މާރޗު 2021 ގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރި އިތުރުވެފައިވާތީ، މި ދާއިރާއިން ލިބިފައިވާ ޓީ.ޖީ.އެސް.ޓީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މާރިޗު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 51.0 އިންސައްތަ ނުވަތަ 676.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 25.3 އިންސައްތަ ނުވަތަ 335.39 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ (5.3 އިންސައްތަ)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ (5.3 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 32.41 މިލިއަން ރުފިޔާ (2.4 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ (10.8 އިންސައްތަ) ހިމެނެއެވެ.

މާރޗު 2021 ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް