ކ. މާލެ
|
12 އޭޕްރިލް 2021 | ހޯމަ 07:04
ނިއު ޑައިމަންޓް ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް
ނިއު ޑައިމަންޓް ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް
ރޮއިޓަރސް
ނިއު ޑައިމަންޑްގެ ވެރިފަރާތް ޖޫރިމަނާ ކުރުން
ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
 
މީގެ ކުރިން އެ ބޯޓުގެ ކެޕްޓަން 65،000 ޑޮލަރުން ޖޫރިމަނާ ކޮށްފައިވޭ
 
ނިއު ޑައިމަންޑްގައި ރޯވި އަލިފާން ނިއްވާލުމުގައި ލަންކާގެ އިތުރުން އިންޑިއާގެ ކޯސްޓް ގާޑުން އެހީތެރިވެފައިވޭ

ސްރީލަންކާގެ އިރުމަތިން 270،000 ޓަނުގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ޓޭންކަރުގައި ރޯވެ ކަނޑަށް ތެޔޮ އެޅުމުން އެ ބޯޓުގެ ވެރިފަރާތުގެ އަތުން 17.38 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ލަންކާގެ ސަރުކާރުން ދައުވާ ކޮށްފިއެވެ.  

ނިއު ޑައިމަންޓް ބޯޓުގައި މިދިޔަ ސެޕްޓެމްބަރު މަހު އަލިފާން ރޯވީ ކުވޭތުން އިންޑިއާއަށް ކްރޫޑް ތެޔޮ ހިފައިގެން ދަތުރު ކުރަމުން ދަނިކޮށެވެ. އަލިފާން ރޯވެ އެ ބޯޓުން ބޭރުވި ތެޔޮ 40 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ބޯޓުން 480 ޓަނުގެ ތެޔޮ ކަނޑަށް ބޭރުވެފައިވާނެ ކަމަށެވެ.

ލަންކާގެ ސަރުކާރުން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށް ދައުވާ ކޮށްފައިވާއިރު، މީގެ ކުރިން އެ ބޯޓުގެ ކެޕްޓަން 65،000 ޑޮލަރުން ޖޫރިމަނާ ކޮށްފައިވެއެވެ. އެއީ ކަނޑަށް ތެޔޮ ލީކުވުމާއި، ލީކުވި ތެލުން ތިމާވެއްޓަށް ލިބުނު ގެއްލުން ރިޕޯޓްކޮށްފައި ނުވާ ކަމަށް ބުނެއެވެ.

ޕެނަމާގައި ރަޖިސްޓަރ ކޮށްފައިވާ 330 މީޓަރު ދިގު ނިއު ޑައިމަންޑްގައި ރޯވި އަލިފާން ނިއްވާލުމުގައި ލަންކާގެ އިތުރުން އިންޑިއާގެ ކޯސްޓް ގާޑުން އެހީތެރިވެފައިވެއެވެ. އަލިފާން ނިއްވާލުމަށް ލަންކާއިން ކުރި މަސައްކަތުގެ ބަދަލުގައި ޕޯޓޯ އެމްޕޯރިއޮސް އިން ވަނީ ލަންކާއަށް 2.8 މިލިއަން ޑޮލަރު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
17%
0%
33%
33%
17%
ކޮމެންޓް