ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 17:40
ތެޔޮ ބޯޓު އަޑިއަށްދިޔަ ސަރަހައްދު
ތެޔޮ ބޯޓު އަޑިއަށްދިޔަ ސަރަހައްދު
ރާއްޖެއެމްވީ
ތެޔޮ ބޯޓު އަޑިއަށް ދިއުން
ތެޔޮބޯޓު އަޑިއަށްދިޔަ ސަރަހައްދުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް - ކޯސްޓްގާޑް
 
ބޯޓު އަޑިއަށް ދިޔަ ސަރަހައްދު މޮނިޓަރ ކުރަމުން ދަނީ
 
ދިމާވެދާނެ ކަމަކަށް ކޯސްޓްގާޑު އޮތީ ތައްޔާރަށް
 
އެ ސަރަހައްދުގައި ތެޔޮ ލީކެއް ނުވޭ

ތެޔޮ ބޯޓު އަޑިއަށްދިޔަ ސަރަހައްދުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ކޯސްޓްގާޑާއި އީޕީއޭއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ލ އަތޮޅަށް ދަތުރުކުރަނިކޮށް އެނބޫދޫ ފިނޮޅު ކައިރިއަށް އަޑިއަށްދިޔަ ތެޔޮބޯޓުން ތެޔޮ ލީކް ވެފައިނުވާ ކަމަށާއި، މިކަމުގައި ކަންބޮޑުވާންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ.

ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމު ވިދާޅުވީ، އެ ސަރަހައްދު މޮނިޓަރކުރަމުން އަންނަ ކަމަށާއި، އެސަރަހައްދަށް ބޯޓު އަޑިއަށް ގޮސްފައިވާތީ އާދިއްތަދުވަހު އީޕީއޭގެ ޓީމަކާއެކުގޮސް ބަލާފައިވާ ކަމަށެވެ. ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެ ސަރަހައްދަށް އޭރު ލީކުވެފައި ހުރި ތެލުގެ އަސަރު މިހާރު އެއްވެސް ވަރަކަށް ނެތްވެސް ވިދާޅުވިއެވެ.

ރޯވި ބޯޓު މިހާރު ވަނީ ކަނޑުގެ 1000 މީޓަރު އަޑީގައެވެ. ބޯޓު ނެގުމަށް މަސައްކަތް ކުރުމަށް ވިސްނާފައިނުވާ ކަމަށާއި، އެހާ އަޑިން ތެޔޮ ލީކުވިނަމަވެސް އެ ބޯޓުގައި ހުރި ތެލުން ތިމާވެއްޓަށް ގެއްލުުވާނެކަމަށް ނުބެލެވޭނެކަމަށް ވިދާޅުވިއެވެ. ބޯޓުގައި ހުރީ ޑީސެލްކަމުން ތެޔޮ ލޮނުގަނޑު މައްޗަށް އެރުމުން އެވަޕަރޭޓް ވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ.

ތެޔޮ ބޯޓު އަޑިއަށްދިޔަ ސަރަހައްދު - ރާއްޖެއެމްވީ

60،000 ލީޓަރު ޑީސަލާއެކު ރޯވި ބޯޓު އަޑިއަށް ގޮސްފައިވަނީ އިއްޔެ އިރުއޮއްސި 18:30 ހާއިރުގަ އެވެ. ބޯޓު އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި ހަތަރު މީހުން ވަނީ މާލެ ގެނެސްފައިކަމަށް އެމްއެންޑީފުން ވަނީ ބުނެފައެވެ.

އަޑިއަށް ދިޔަ ތެޔޮ ބޯޓަކީ، ބްރޯ ފިއުލް ޕްރައިވެޓް ލިމިޓެޑްގެ ސީ ސްޓަރ ނަމަކަށް ކިޔާ ބޯޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް