ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 17:21
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ލޯކަލް ކައުންސިލް އިންތިޚާބު
ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ބަލައިގަންނަން: ސަރުކާރު
 
ހޮވިވަޑައިގެންނެވި ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރޭ
 
އިންތިޚާބުވި ބޭފުޅުންނަށް ރައީސް ތަހުނިޔާ ވިދާޅުވި
 
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެ

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ބަލައިގަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

އިންތިޚާބާއި ގުޅިގެން ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ޑަބްލިއުޑީސީގެ ގޮނޑިތަކަށް ވާދަކުރައްވައި ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަހުނިޔާ ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި، އިންތިޚާބުން ހޮވިވަޑައިގެންނެވި ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް ރައީސް އުންމީދު ކުރައްވާކަމަށް ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން ބުނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ސާލިހު ދެއްވާ ކަމަށެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އަތޮޅުތެރޭގެ ގިނަ ގޮނޑިތަކެއް ވެރިކަން ކުރާ އެމްޑީޕީން ކާމިޔާބުކޮށްފައި ވާއިރު އިންތިޚާބުގައި މާލޭގައި ބޮޑު ކާމިޔާބީއެއް ހޯދީ އިދިކޮޅު ޕީޕީއެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
14%
14%
0%
14%
29%
29%
ކޮމެންޓް
ގުޅުންހުރި