ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 15:00
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
އިންޓަގްރޭޓޭޑް ފެރީ ނެޓްވޯކް
އިންޓަގްރޭޓޭޑް ފެރީ ނެޓްވޯކަށް ބޭނުންވާ އުޅަނދު ބަނުން ގަލްފް ކްރާފްޓަށް
 
މިއީ 50 މީހުންގެ ޖާގައިގެ އަދި ގަޑިޔަކު 30 މޭލު ބާރުމިނުގައި ދުވާ ފެރީތަކެއް

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަށްް ބޭނުންވާ އުޅަނދުތައް ބަނުން ގަލްފް ކްރާފްޓް މޯލްޑިވްސްއާ އާދީއްތަ ދުވަހު ހަވާލުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އާދަމް އާޒިމެވެ. ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ޗެއަރމަން މުހައްމަދު ހުސައިން އަލްޝާލީއެވެ. މިއީ ޖުމްލަ 107 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އާޒިމް ވިދާޅުވީ މިފަހަރު ފެރީތައް ބަންނާނީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މިއިން ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ކަމަށެވެ. އެމްޓީސީސީން ބުނީ މިއިން ކޮންމެ ފެރީއަކީ 50 މީހުންގެ ޖާގައިގެ އަދި 30 މޭލުގެ ބާރުމިނުގައި ދުވާ ފެރީއެއް ކަމަށެވެ. މިހާރު ބޭނުންކުރާ ފެރީތަކުގެ ސްޕީޑަށްވުރެ މީގެ ސްޕީޑް ތިން ގުނަ އަވަސްވާނެއެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ހއ. ހޯރަފުށީގައި ފެރީ ޓާރމިނަލެއްގެ މަސައްކަތް މިހާާރު ފަށައި އެހެން ޓާމިނަލްތަކާއި ސްޓޮޕްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޕީޑް ފެރީގެ ޚިދުމަތް މިއަހަރުގެ ނޮވެމްބަރު މަހު ފެށުމަށްޓަކައި ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް މި އޭޕްރިލް މަހު އިއުލާން ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި