ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 11:29
ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރ މުހައްމަދު އާތިފް
ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރ މުހައްމަދު އާތިފް
ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށީގެ މޭޔަރަކަށް އާތިފް
ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރަކަށް އާތިފް
 
ވަގުތީ ނަތީޖާ ދައްކާ ގޮތުން އާތިފަށް 55 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި

ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރުކަން އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު އާތިފް ކަށަވަރު ކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އާތިފަށް ވަނީ 55 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ އިގުބާލަށެވެ. މިއީ ކުޅުދުއްފުށި ސިޓީއަށް މޭޔަރަކު އިންތިޚާބު ކުރެވޭ ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށި ސިޓީގެ މި ތާރީޚީ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ވެސް އެމްޑީޕީންނެވެ.

އާބާދީގައި ދިހަހާސް ހަމަވެ، ސިޓީއެއްގެ ދަރަޖަ ނުދީގެން ރައްޔިތުން މީސްމީޑިއާގައި އަޑު އުފުލަމުންދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވަން ނިންމެވިކަން އިއުލާން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގެ 31 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
25%
75%
0%
0%
0%
0%
ކޮމެންޓް