ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 06:10
ސްޓްރަސްބޯގާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 4-1 ން
ސްޓްރަސްބޯގާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 4-1 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ސްޓްރަސްބޯގް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް
 
ސްޓްރަސްބޯގް އަތުން ޕީއެސްޖީ މޮޅުވީ 4-1 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި ޕީއެސްޖީ އޮތީ 66 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސްޓްރަސްބޯގް އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޕީއެސްޖީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ޒުވާން ތަރި ކީލިއަން އެމްބާޕޭ ޕީއެސްޖީއަށް ލީޑު ނަގައިދިންއިރު، މެޗުގެ 27 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މި ހާފުގައި ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ލަނޑު، މި ހާފުގެ ފަހު މިނެޓުގައި ޖަހައިދިނީ މޮއިސް ކީނެވެ.

މި މެޗުގައި ސްޓްރަސްބޯގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، 63 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޮން ސާހީއެވެ. އެކަމަކު މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް ލެއާންޑްރޯ ޕަރެޑެސް ވަނީ މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 32 މެޗުން 66 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިލްއަށް 32 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ އަތުން ބަލިވި ސްޓްރަސްބޯގް އޮތީ ތާވަލުގެ 14 ވަނައިގައި 32 މެޗުން 36 ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް