ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 06:52
ލޯކަލް ކައުންސިލް އިންތިޚާބު 2020
ލޯކަލް ކައުންސިލް އިންތިޚާބު 2020
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް އިންތިޚާބު
ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރުގެ ގޮނޑިއާއެކު ތިން ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީއަށް
 
ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު ކަމަށް މުހައްމަދު އާތިފް
 
ފުވައްމުލަކުން ކުރި ހޯއްދެވީ އިސްމާއީލް ރަފީގު
 
އައްޑޫގެ މޭޔަރުކަން ކާމިޔާބު ކުރެއްވީ އަލީ ނިޒާރު

ކުޅުދުއްފުށި ސިޓީ ފުރަތަމަ މޭޔަރުގެ ގޮނޑި ހިމެނޭނެހެން ތިން ސިޓީއެއްގެ މޭޔަރުކަން ވެރިކަންކުރާ އެމްޑީޕީން ކަށަވަރުކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ކުޅުދުއްފުށީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފަށް 1841 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ އިގްބާލަށް ލިބިވަޑައިގެންނެވީ 1222 ވޯޓެވެ.

ހަމައެހެންމެ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އާދަމް ޝަރީފް މުހައްމަދަށް 129 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ދެން އެ ދާއިރާއަށް ވާދަކުރެއްވި އަހުމަދު ސައީދަށް ލިބިވަޑައިގެންނެވީ 109 ވޯޓެވެ.

ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރުކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަން ވެސް ނަގާފައިވަނީ އެމްޑީޕީންނެވެ. އެގޮތުން އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު ކާމިޔާބު ކުރެއްވިއިރު ފުވައްމުލައް ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވީ އިސްމާއީލް ރަފީގެވެ. ހަމަ އެއާއެކު ފުވައްމުލައް ސިޓީގެ ފަސް ގޮނޑިއެއް ކާމިޔާބުކޮށް، ކައުންސިލުގެ މެޖޯރިޓީ ވެސް އެމްޑީޕީން ހޯދާފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
75%
0%
0%
25%
0%
ކޮމެންޓް